15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

އިހަވަންދޫޖަލްސާގުޅިފައިވާ ސިޔ

އަޖަލު ޖެހުނީމަ ޖެހޭނީ ފައިބަން، އަޖަލު ޖެހޭނެ: އަލީ ހުސެއިން

  • އިންތިހާބް ކުރާތާ 24 ގަނޑީ އިރު ތެރޭގައި ވެސް ވެރިކަން ބަދަލުކުރެވޭނެ
  • ފަނޑިޔާރުން ވެސް މަގާމުން ވަކިކުރެވޭނެ
މުހަންމަދު ވިސާމް | sampathmasiw

| 6 އޭޕުރިލް 2018 | ހުކުރު 23:03 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން -- ފޮޓޯ : ރާއްޖެ އެމްވީ

ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމުން ފެއިބަން އަޖަލު ޖެހުމުން، ޖެހޭނީ ވެރިކަން ދޫކުރައްވާ ވަޑައިގަންނަންވަން ކަމަށް ކެންދޫ ދާއިރާއިގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ގުޅިގައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ދިވެހި ރައްޔިތުން ރައީސަކު އިންތިހާބްކުރަނީ، އިންތިހާބް ކުރާތާ 24 ގަޑީ އިރު ތެރޭގައި ވެސް ރައްޔިތުން ބޭނުންވެއްޖެ ނަމަ ބަދަލުކުރޭ ގޮތަށް ކަމަށެވެ. އެކަން ގާނޫނީ އަސާސީގައި ވަރަށް ސާފްކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވަމުން އަލީ ހުސެއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކު ދިވެހި ރައްޔިތުން އިންތިހާބް ކުރަނީ ކޮންމެހެން ފަސް އަހަރު ވެރިކަމުގައި ބަހައްޓަން ނޫން ކަމަށެވެ. 

"ރައީސަކާއި، އާދައިގެ ފަނިފަކްސައަކާއި އެއްވެސް ތަފާތެއް ނޯންނާނެ، އަޖަލު ޖެހުމުން ވެއްޓޭނެ، އަޖަލު ޖެހުމުން ޖެހޭނީ ފައިބަން، އަޅުގަނޑުމެން މި ވެރިކަން ގާނޫނީ އިމުގެ ތެރެއިން ބަދަލުކުރާނަން" އަލީ ހުސެއިން ވިދާޅުވިއެވެ.  

ފަނޑިޔާރުންވެސް މަގާމުގައި ތިއްބަވަނީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިތުބާރު ނެތްކަން ފާސްކޮށްފި ނަމަ މާގާމުން ދުރުކުރެވޭ ގޮތަށް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވަނީ ތަފާތު ގޮތަކަށް ކަމަށް އަލީ ހުސެއިން ފާހަގަކުރިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަމްސީލް ކުރައްވަނީ، ދިވެހި ރައްޔިތުން ކަމަށާއި، އެހެންކަމުން ރައްޔިތުން ބޭނުންވެއްޖެނަމަ ގާނޫނީ އިމުގެ ތެރެއިން ވެރިކަން ބަދަލުކުރެވޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް