19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

އިހަވަންދޫ ޖަލްސާ

ރައީސް ޔާމީންގެ ނަން ބޯޑުގައި މިހާރު އަޅުވާފައިވަނީ 'އެކްސްޕަޔާޑް': ޝާހިދު

  • އިސްލާހީ މަސައްކަތް ހުއްޓާލާނީ ރައީސް އަބްދުﷲ ޔާމީންގެ ނަމުގެ ކުރިޔަށް އޮތް ރައީސްކަން ކަނޑާލުމަށްފަހު
  • އްޔިތުންގެ އަޑެއް ނެރެން ހުރި ކޮންމެ ދިމާލެއްގައި ރައީސް ޔާމީން އަތްޕުޅު އަޅުއްވަމުންދާ ކަމަށް ވެސް ޝާހިދު
  • ދިވެހިންގެ ހިތްތަކުގައިވާ ދިދައިގައި އަތް ނޭޅޭނެ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 6 އޭޕުރިލް 2018 | ހުކުރު 22:33 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު -- ފޮޓޯ : ރާއްޖެ އެމްވީ

ރައީސް އަބްދުﷲ ޔާމީންގެ ނަން ބޯޑުގައި މިހާރު އަޅުވާފައިވަނީ "އެކްސްޕަޔާޑް" ބޯޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހއ.އިހަވަންދޫގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިސްލާހީ މަސައްކަތް ހުއްޓާލާނީ ރައީސް އަބްދުﷲ ޔާމީންގެ ނަމުގެ ކުރިޔަށް އޮތް ރައީސްކަން ކަނޑާލުމަށްފަހު ކަމަށާއި ރައީސް ޔާމީންގެ ނަންބޯޑުގައި މިހާރު އަޅުވާފައިވަނީ "އެކްސްޕަޔާޑް"  ކަމަށެވެ. ޝާހީދު ވިދާޅުވީ ކަނޑާ ވައްޓާލާ ކޮންމެ ރުކަކަށް ދެ ރުކުގައި ދިދަ ނަގާނެ ކަމަށާއި ނަގާ ކޮންމެ ދިދަޔަކާއެކު ރާއްޖޭގެ ރައްޔިތުންގެ ހިތުގައި މިހާރު ޖަހަމުންދާ އިސްލާހުގެ ވިންދު ބާރުވަމުންދާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިސްލާމީ ދައުލަތެއްގެ ވެރިޔެއްގެ ނަމުގައި ރައީސް ޔާމީން މިހާރު ހިންގަވަމުންދަނީ ކަނޑައެޅިގެން އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ޖަރީމާތަކެއް ކަމަށެވެ. ރައީސް ޔާމީން މިހާރު ހިންގަވަމުންދާ އަނިޔާވެރި ޖަރީމާތަކަކީ މާތް ﷲ ގެ ޒާތުފުޅަށް ވެސް އެރަސްކަލާނގެ މަނާކުރައްވާފައިވާ ކަންކަން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އަނިޔާވެރިކަމުގެ ކުރިމަތީގައި ދިވެހި ރައްޔިތުން ބޯނުލަނބާނެކަން ރައީސް ޔާމީން ދަންނަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ އަޑެއް ނެރެން ހުރި ކޮންމެ ދިމާލެއްގައި ރައީސް ޔާމީން އަތްޕުޅު އަޅުއްވަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އަދި ފުލުހުން އެމްޑީޕީގެ ދިދަތައް ނަގަމުންދާ ވާހަކަ އަށް އިޝާރަތް ކުރައްވައި ޝާހިދު ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި ނަގާފައިވާ އެމްޑީޕީގެ ދިދައިގައި މި ސަރުކާރަށް އަތް ނޭޅޭނެ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް