16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

މައުމޫން

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 7 ޖެނުއަރީ 2017 | ހޮނިހިރު 01:37 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް އާންމުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އިބްރާހިމް ޝަރީފް ވާހަކަދައްކަވަނީ: ފައިލް ފޮޓޯ: ރައްޔިތުންގެ މަޖިލީސް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރާއްވާފައިނުވާއިރު، ނިމިގެންދިޔަ 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ސިފަކުރެވިގެންދިޔައީ ޤައުމުގައި ބައިބައިވުންތައް އުފެއްދި ބޭފުޅެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، 2016 ވަނަ އަހަރުގައި ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ހިނގައިގޮސްފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ، ސަރުކާރެއްގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކޮށް، އެ ރައްޔިތުންނަށް އަމާން ވެއްޓެއް ޤާއިމްކޮށްދިނުން ކަމަށެވެ. އަދި ޤައުމުގެ އެއްބައިވަންތަކާއި އެއްބައެއްވަންތަކަށް ދެމެހެއްޓުމަކީވެސް ސަރުކާރުން ކުރަންޖެހޭ ވަރަށް މުހިން ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

 

ޝަރީފް ވިދާޅުވީ، ދުނިޔޭގެ ޤައުމުތައްވެސް އަމާންކޮށް އޮންނަނީ އެ ޤައުމުތަކުގެ ވެރިން، އިދިކޮޅު ފަރާތްތަކާއި މަޝްވަރާކޮށްގެން މައްސަލަތައް ހައްލުކުރައްވާތީ ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން އިދިކޮޅު ފަރާތްތަކާއި މަޝްވަރާކޮށް މައްސަލަތައް ހައްލުކުރާ މަންޒަރު ނުފެންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ކޮންމެ ސިޔާސީ ޕާޓީއަކުން ވެރިކަމަށް ބޭފުޅަކު ވަޑައިގެންނެވިނަމަވެސް ރައްޔިތުންނާއި މެދު ކަންކަން ކުރަންސޖެހޭނީ ހަމަހަމަ އުސޫލުތަކުގެ މަތިން ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގައި އެމަންޒަރު ނުފެންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

 

"އަޅުގަނޑަށް ފެންނަނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިފަހު ވަރަށް ޑިވައިސިވް ބޭފުޅެއްގެ ގޮތުގައި. ވަރަށް ބައިބައިވުން އުފައްދާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑަށް ސިފަކުރެވުނީ. އެއްވެސް ގޮތަކަށް އިދިކޮޅު މީހުން އެއްބައިކުރައްވައިގެން، އިދިކޮޅު މީހުންނާއި މަޝްވަރާކުރައްވައިގެން، ސުލްހަވެގެން، ސުލްހަވެރިކަމާއެކު ޤައުމުގެ ކަންކަން ހިންގަވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑަކަށް ނުފެނޭ." ޝަރީފް ވިދާޅުވި އެވެ.

 

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ޤާނުނުތަކާއި އެއްގޮތަށް އިންތިހާބުތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންނޫން ކަމަށްވާނަމަ އިންތިހާބުތަކަކީ ކުޅޭކުޅޭ ކަމަކަށްވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އިންތިހާބުގެ ތާރީހުތައް ބަދަލުކުރާނަމަ އެ އިންތިހާބުތަކަކީ ރައްޔިތުން ގަބޫލުކުރާ އިންތިހާބުތަކަކަށްވެސް ނުވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް