22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:53
ފަތިސް 04:37

މެރީބްރައުން

މެރީބްރައުންގެ އެޕްރިސިއޭޝަން ޑޭ ފާހަގަކޮށްފި

  • ރާއްޖޭގައި މެރީބްރައުންގެ އައުޓްލެޓެއް ހުޅުވީ 2011 ވަނަ އަހަރު
  • މެރީބްރައުންއިން ވަނީ ޑެލްމަޔަރ ބްރޭންޑްގެ ކޮފީ އާއި ސައި ރާއްޖެއަށް ތަޢާރުފުކޮށްފަ
  • މެރީބްރައުންއަކީ އެ ފްރެންޗައިޒްގެ ހުރިހާ އައުޓްލެޓެއްގައި ހަލާލު އުފެއްދުންތައް ވިއްކަންފެށި ފުރަތަމަ ބައިނަލްއަޤުވާމީ ފްރެންޗައިޒް
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 6 އޭޕުރިލް 2018 | ހުކުރު 19:21 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. އިލްހާމް ޕީޕީއެމަށް ދިޔައީ އަޅުގަނޑު ކުރެން އަހައި، ހުއްދަ ހޯދައިގެން: ގާސިމް
  4. ތިން އަހަރު ވަންދެން ލަހިރު މަދުޝަންކާ ހުރީ ޝޮކެއްގައި: ލަންކާގެ މިނިސްޓަރ ފައިޒަރު މުސްތަފާ
  5. ސުމިތު މިނިވަން ކުރުމަށް މިނިސްޓަރު މަހުލޫފު ގޮވާލައްވައިފި
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
  8. މަހަނަކޯން ޓަވަރގެ ބިއްލޫރި ޕްލެޓްފޯމް ހުޅުވައިފި


މެރީބްރައުންގެ އެޕްރިސިއޭޝަން ޑޭ ފާހަގަކުރުމުގެ ތެރެއިން -- ފޮޓޯ : މުހައްމަދު ޝަރުހާން

ރާއްޖެއަށް ތަޢާރުފުކޮށް ޚިދުމަތްދޭންފެށި ބައިނަލްއަޤުވާމީ ފުރަތަމަ ފްރެންޗައިޒް، މެރީބްރައުންގެ އެޕްރިސިއޭޝަން ޑޭ ފާހަގަކޮށްފިއެވެ.

މެރީބްރައުންއިން ރާއްޖޭގައި ޚިދުމަތް ދެމުންދާތާ 7 އަހަރު ފާހަގަކުރުމުގެ ގޮތުން ފާހަގަކުރި މި ދުވަހާއި ގުޅުވައިގެން މެރީބްރައުންއިން ހުކުރު ދުވަހުގެ ހަވީރު އެ ރެސްޓޯރަންޓްގައި ވަނީ ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން އެ ރެސްޓޯރަންޓުން ވަނީ ދެ ވައްތަރެއްގެ އައިސްކްރީމް އާއި ކޮފީގެ އައު ބްރޭންޑެއް ރާއްޖެއަށް ތަޢާރުފުކޮށްފައެވެ. އަދި މި ދުވަހަކާއި ގުޅުވައިގެން މި މަހު އައު ވައްތަރެއްގެ ބަރގަރއެއްވެސް ތަޢާރަފު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މެރީބްރައުންގެ ޗީފް އޮޕްރޭޓިންގ މެނޭޖަރ، އެފްއެންބީ އޮޕަރޭޝަންސް، ޔްވޯން ސޯ ވިދާޅުވީ، އެޕްރިސިއޭޝަން ޑޭ އާއި ގުޅުވައިގެން މި އޭޕްރީލް މަހުގެ 5 ން 7 ށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. މި ހަރަކާތްތަކުގެ ތެރެއިން، މި މުއްދަތުގައި ކޮންމެ ދުވަހަކުވެސް އެ ރެސްޓޯރަންޓަށް ޒިޔާރާތްކޮށް، ކޮމްބޯ މީލެއް ގަންނަ ފުރަތަމަ 100 ކަސްޓަމަރުންނަށް ޚާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެން ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އެކިއެކި އިނާމުތަކާއި، ހިލޭ އައިސްކްރީމް ފަދަ ހަދިޔާތަށް ދިނުމަށް ވަނީ ނިންމާފައެވެ.

 މެރީ ބްރައުންއިން ހުކުރުދުވަހު ރާއްޖެއަށް އައު ވައްތަރެއްގެ ކޮފީއެއްވެސް ވަނީ ތަޢާރުފުކޮށްފައެވެ. އެގޮތުން އެ ރެސްޓޯރަންޓުން ތަޢާރުފުކޮށްފައިވަނީ ޚާއްސަކޮށް މެދުއިރުމަތީގައި ބޮޑު މަޤުލޫބުކަމެއް ހޯދާފައިވާ ޑެލްމަޔަރ ބްރޭންޑްގެ ކޮފީއެވެ. މި ބްރޭންޑްގެ ކޮފީގެ އިތުރުން މި ބްރޭންޑްގެ އެކި ރަހަތަކުގެ ސައިވެސް މެރީބްރައުންއިން ވަނީ ތަޢާރުފުކޮށްފައެވެ.

ވޭތުވެދިޔަ 36 އަހަރު ދުނިޔޭގެ އެކި ހިސާބުތަކުގައި އައުޓްލެޓްތައް ހުޅުވައި ހިންގަމުންދާ މެލޭޝިއާއަށް ނިސްބަތްވާ މެރީބްރައުންއަކީ އެ ފްރެއިންޗައިޒްގެ ހުރިހާ އައުޓްލެޓްތަކުގައި ހަލާލު ބާވަތްތައް ވިއްކަންފެށި ފުރަތަމަ ބައިނަލްއަޤުވާމީ ފްރެންޗައިޒްއެވެ. 2011 ވަނަ އަހަރު ރާއްޖޭގައި މެރީބްރައުން ހުޅުވީއްސުރެ އެ ރެސްޓޯރަންޓަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު، މެރީބްރައުން އިން ދަނީ ހުޅުމާލޭގައިވެސް އެ ފްރެންޗައިޒްގެ އައުޓްލެޓެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުންނެވެ.

މެރީބްރައުންއިން ހާމަކުރާ ގޮތުގައި މިހާރު މަހެއްގެ މައްޗަށް ދިހަ ހާސް ކަސްޓަމަރުން އެ ރެސްޓޯރަންޓްގެ ޚިދުމަތް ހޯދައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް