14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ލެކިއުޓް

ލެކިއުޓުން ސްމާޓް ފޯނު އެޕްލިކޭޝަނެއް ތައާރަފްކޮށްފި

  • ލެކިއުޓްގެ ނަމުގައި ތައާރަފްކުރުވެނު މިއެޕްލިކޭޝަން އެޕަލް އެޕްސްޓޯ އަދި އެންރޮއިޑް ޕްލޭސްޓޯރ އިން ޑައުންލޯޑްކުރެވޭނެ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 6 އޭޕުރިލް 2018 | ހުކުރު 10:49 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ލެކިއުޓް މޮބައިލް އެޕްލިކޭޝަން ތައާރަފް ކުރުން -- ފޭސްބުކް

ދުނިޔޭގެ މަޝްހޫރު ބިއުޓީ ބްރޭންޑްތައް ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުން ގެންދާ "ލެކިއުޓް" ފިހާރައިގެ ސްމާޓް ފޯނު އެޕްލިކޭޝަން ބާޒާރަށް ތައާރަފްކޮށްފިއެވެ.

ލެކިއުޓުން ބުނި ގޮތުގައި ލެކިއުޓްގެ ނަމުގައި ތައާރަފްކުރުވެނު މިއެޕްލިކޭޝަން އެޕަލް އެޕްސްޓޯ އަދި ގޫގުލް ޕްލޭސްޓޯރ އިން ޑައުންލޯޑްކުރެވޭނެއެވެ.

ލެކިއުޓުން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ކަސްޓަމަރުންނަށް ޒަމާނާ ގުޅޭ  ތަފާތު ޝޮޕިންގ އެކްސްޕީރިއެންސްއެއް ދިނުމަށެވެ. އެގޮތުން ޒަމާނާއި، އަންނަމުންދާ ބަދަލާ އެކު، ކަސްްޓަމަރުންނަށް ކޮންމެ ތަނަކު ހުރެ ވެސް ލެކިއުޓް އިން ވިޔަފާރި ކުރެވޭނެ މަގު ފަހިކުރުމަށްޓަކައި 2015 ވަނަ އަހަރު lecute.com ގެ ނަމުގައި އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ މަގު ތަނަވަސްކުރެވިފައިވާ ކަމަށް ލެކިއުޓުން ބުނެއެވެ. މި އެޕްގެ މަޤްސަދަކީ، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތަކަށް ލެކިއުޓް އަދި ލެކިއުޓް ލައިފްސްޓައިލް އިލެކްޓްރޯނިކްސް އިން ވިއްކާ މުދާ ކޮންމެ ވަޤުތަކު ވެސް ގަނެވޭނެ މަގު ފަހިކޮށްދިނުމެވެ. " ލެކިއުޓް " އެޕްއަކީ ކަސްޓަމަރުންގެ އަތަށް ލެކިއުޓްގެ ފިހާރަތައް ގެނެސްދިނުމަށް އެޅުނު ވަރަށް ބޮޑު ލިންކެކެވެ.

ލެކިއުޓް އެޕް އިން ގަންނަ މުދަލަށް ބެންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިތުރުން ކޭޝް އޮން ޑެލިވަރީ (ފައިސާ އަދި ކާޑް މެޝިން ބޭނުންކޮށްގެން) އަދި އިންޓަނެޓް ބޭންކް ޓްރާންސްފަރ ބޭނުންކޮށްގެން ވެސް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި އެޕް ބޭނުންކޮށްގެން ގަނެވޭ ހުރިހާ މުދަލަކީ ވެސް ރައްކާތެރިކަމާ އެކު ބަންދު ކުރެވި ލެކިއުޓުން ގަނެވުނު މުދަލެއްކަން ޔަޤީންވާ ގޮތަށް ލެކިއުޓްގެ ސީލްކުރެވިފައިވާ މުދަލަށް ވުމަކީ ވެސް ގަނެވޭ މުދަލާ މެދު ކަސްޓަމަރުންނަށް ޔަޤީންކަން އިތުރުވާނެ ކަމެއް ކަމަށް ލެކިއުޓުން ބުނެއެވެ. 

މި އެޕް އިން ރާއްޖޭގެ ކޮންމެ ތާކު ހުރެގެން ވެސް ވިޔަފާރި ކޮށްލެވޭ އަދި ގަންނަ ތަކެތި އެތަނަކަށް ފޮނުވައިދެވޭނެ ކަމަށާއި ގެސްޓް ހައުސް އަދި ރިސޯޓްތަކުގައި އުޅޭ ކަސްޓަމަރުންނަށް ވެސް ކޮންމެ ވަގުތެއްގައި ވެސް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު މުދާ ގަނެވޭނެ ކަމަށް އެތަނުން ބުންޏެވެ.

ލެކިއުޓަކީ 1990 ވަނަ އަހަރުން ފެށިގެން، ދުނިޔޭގެ މަޝްހޫރު ބިއުޓީ ބްރޭންޑްތައް ރާއްޖެ އަށް ތަޢާރަފްކޮށް، ކަސްޓަމަރުންނަށް ޚިދުމަތް ދެމުން އަންނަ ފިހާރައެކެވެ. ލެކިއުޓް ހިންގަމުން އަންނަނީ ލިންޓެލް އިންވެސްޓްމަންޓްސް އެންޑް މެނޭޖްމަންޓް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުންނެވެ. ފާއިތުވެ ދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި ލެކިއުޓުން ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ސެންޓް، މޭކްއަޕް އަދި ސްކިންކެއަރ ބްރޭންޑްތައް، އެބްރޭންޑެއް އުފައްދާ ކުންފުނިތަކުން ގެނެސް، ކަސްޓަމަރުންނާ ހަމަޔަށް އޮރިޖިނަލް މުދާ ފޯރުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް