17 އޯގަސްޓު 2018 | ހުކުރު | 08 މާ
06 ޛުލްޙިއްޖާ 1439
އިޝާ 19:33
މަޣްރިބް 18:19
އަސްރު 15:28
މެންދުރު 12:14
އިރުއަރާ 06:01
ފަތިސް 04:48

އެލްޖީއޭގެ ނިންމުން

އެލްޖީއޭ އިން އިތުރު ކައުންސިލް މެންބަރުންތަކެއް ސަސްޕެންޑްކޮށްފި!

  • ގއ. ދެއްވަދޫ ކައުންސިލްގެ ދެ މެންބަރުން ވަނީ ސަސްޕެންޑްކޮށްފައި
  • ޅ. އަތޮޅުގެ ކައުންސިލްގެ ދެ މެންބަރުން ވަނީ ސަސްޕެންޑްކޮށްފައި
  • ސަސްޕެންޑްކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލުމުން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 6 އޭޕުރިލް 2018 | ހުކުރު 01:16 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. ވިލުފުށީގައި އިތުރުފުޅު ހައްދަވާފައިވާތީ ރިޔާޒް ރަޝީދު ސިޔާސީ ދާއިރާއިން އެއްފަރާތްވެ، މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
  3. އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!
  4. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  5. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  6. މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ
  7. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  8. ޑރ އިޔާޒަށް ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި


ލޯކަލް ގަވަރމެންޓް އޮތޯރިޓީ -- ޓްވިޓަރ

އެލްޖީއޭ އިން އިތުރު ކައުންސިލް މެންބަރުންތަކެއް ސަސްޕެންޑްކޮށްފިއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގއ. ދެއްވަދޫ ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން  ކައުންސިލްތަކަށް ލިބިފައިވާ  ބާރުގެ  ބޭރުން ގއ. ދެއްވަދޫ ކައުންސިލުން ނޫސްބަޔާން ނެރެފައިވާ މައްސަލައާ ގުޅިގެން އެ އޮތޮތޯރިޓީން މައްސަލަ ބަލާފައިވާ ކަމަށެވެ. އެގޮތުން ލިބިފައިވާ މައުލޫމާތާއި  ލިޔެކިޔެމުން ބެލިބެލުމުން ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިފައިވާ ބާރާއި އިހްތިޔާރުގެ ބޭރުން ގއ. ދެއްވަދޫ ކައުންސިލުން ނޫސްބަޔާން ނެރެފައިވާކަން, މައްސަލައާ ގުޅިގެން އެ އޮތޯރިޓީއަށް ލިބިފައިވާ ލިޔެކިޔުންތަކުން ކަށަވަރުވާ ކަމަށް ކައުންސިލްގެ ލިޔުމުން އެނގޭ ކަމަށް އެލްޖީއޭ އިން ބުނެއެވެ.

ދެއްވަދޫ ކައުންސިލުން ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ވަނަ ދުވަހު ނެރުނު ހުކުމް ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލާ ބަޔާނެއް ނެރެފައެވެ.

މި ބަޔާނާ ގުޅިގެން އެލްޖީއޭ އިން ބެލި މައްސަލައިގައި ވަނީ ހަތަރު ކަމެއް ފާހަގަކޮށްފަ އެވެ. އެގޮތުން ދެއްވަދޫ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ސޮއިކޮށްފައިވާ ކައުންސިލްގެ ރައީސް އަހުމަދު ނަޒްމީން އާއި ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ތައުފީގް އޭޕްރީލް 08 ވަނަ ދުވަހުން ފެށިގެން މުސާރަ އާއި އިނާއަތްތައް ނުލިބޭނެ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑް ކުރާ ކަމަށެވެ.

އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން  ލިބިގަންނަ ހިދުމަތެއް ހޯދުމަށް ނޫން ގޮތެއްގައި ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައިސިއްޔަތުން ކައުންސިލް ތަމްސީލު ކުރުން މަނާ ވާނެ ކަމަށް ވެސް އެލްޖީއޭ އިން ބުނެއެވެ.

ކައުންސިލްގެ ސަސްޕެންޝަންގެ މުއްދަތުގައި ކައުންސިލް ހިންގުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ދެއްވަދޫ ކައުންސިލްގެ މެންބަރު މައުމޫން އިބްރާހިމްއާއެވެ.

މި ދަރަޖައިގެ ކުށެއް ތަކުރާރުކޮށްފި ނަމަ ދެއްވަދޫ ކައުންސިލް ރޫޅާލުމަށް ރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭނެކަމުގެ އިންޒާރު ވެސް އެލްޖީއޭއިން ވަނީ ދީފައެވެ.

ދެއްވަދޫ ކައުންސިލްގެ ދެ މެންބަރުން ސަސްޕެންޑްކޮށްފައިވާ އިރު ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލި ގިނަ ކައުންސިލްތަކެއްގެ މެންބަރުން އެލްޖީއޭ އިން ވަނީ ސަސްޕެންޑްކޮށްފައެވެ.

މީގެ އިތުރަށް ޅ. އަތޮޅު ކައުންސިލްގެ ދެ މެންބަރުން ކަމަށްވާ ކައުންސިލްގެ ރައީސް މުހައްމަދު ހުސައިނާއި ނާއިބު ރައީސް އިބްރާހީމް ސިމާއު ވެސް ވަނީ މުސާރަ ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އަދި ކައުންސިލް ހިންގުން ވަނީ މެންބަރު އިބްރާހީމް އާތިފްއާ ހަވާލުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް