22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

މަގޭ ރިޕޯޓް

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

  • އެމްޑީޕީގެ އާންމު މީހުން ގަބޫލު ކުރަނީ މައުމޫނަށް އެ އަނިޔާ ދީގެން ނުވާނެ ކަމަށް
  • ގައްސާނާއި ދުންޔާގެ ސަބަބުން ރައީސް މައުމޫނަށް ވެސް މަލާމަތް ރައްދުވޭ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 6 އޭޕުރިލް 2018 | ހުކުރު 00:21 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


އެމްޑީޕީގެ އާން،މު މެމްބަރުންނާއި އިދިކޮޅު ކޯލިޝަނަށް ތާއިދުކުރާ ބައެއް މީހުން މައުމޫނު ދުކޮށްލަން ގޮވާލަނީ -- ފޮޓޯ : މުރުޝިދް އަބްދުލް ހަކީީމް

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި އެންމެ ގިނަ އަނިޔާ ލިބިފައި ތިބި މީހުން ތިބި ޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީ އުފެދުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމަށޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. އެހެން ނަމަވެސް ރައީސް މައުމޫނަށް އޭރު އެމްޑީޕީން ފާޑުކީ ޒާތީ ކަމެއް އޮވެގެން ނޫން ކަމާއި އޭރު ކަމުނުދިޔައީ ސަރުކާރުގެ ސިޔާސަތުކަން އެނގެނީ އޭރު ރައީސް މައުމޫނުގެ ފިކުރާ އެންމެ ދެކޮޅު ހެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސްވެރިން މިއަދު އެ ކަން ކުރައްވާ ގޮތުންނެވެ.

މިއަދު އުމުރުން 80 އަހަރުން މައްޗަށް ގޮސްފައިވާ ޝަރީއަތަކާ ނުލައި ރައީސް މައުމޫނު ބަންދުކޮށްގެން ގެންގުޅޭއިރު އެކަމާ ދެކޮޅަށް އަޑުއުފުލާ މީހުންނަކީ ރައީސް މައުމޫނުގެ ވެރިކަމާ އެންމެ ރުހުނު މީހުނެއް ނޫނެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ވަޒީރުކަމާއި ސަރުކާރުގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާފައިވާ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލީ މެމްބަރުންނެއް ވެސް ނޫނެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް މީހުންނަކީ އެމަނިކުފާނުގެ ވެރިކަމުގެ ކޮންމެ ވެސް ހިސާބެއްގައި އަނިޔާއަކާ ނުވަތަ ބޭ އިންސާފަކާ ކުރިމަތިލާން ޖެހިފައި ތިބި މީހުންނެވެ. ނަމަވެސް ދައްކަން މި އުޅެނީ އެދުވަހުގެ ވާހަކައެވެ. މިއަދު އެމީހުން އެ ތިބީ މަގުމަތީގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމު ދޫކޮށްލަން ގޮވާލަން ނިކުމެއެވެ. ބައެއް ފަހަރު ރައީސް ނަޝީދަށް ވުރެ ގިނައިން ރައީސް މައުމޫނު ދޫކޮށްލަން ވެސް ގޮވާހެން ހީވާ ފަހަރުތައް ދެއެވެ. މަންޒަރު ދުށް މީހަކު ނޫނިއްޔާ ގަބޫލު ނުކުރާނެ ފަދަ މަންޒަރުތައް ވެސް ވަނީ ފެނިގެން ގޮސްފައެވެ. އޭގެ ތެރެއިން އެއް މަންޒަރަކީ ރައީސް ނަޝީދުގެ މަންމާފުޅު ވެސް މަގު މައްޗަށް ނިކުންނަވައި ފާރިސް ދޫކޮށްލަން ގޮވާލެއްވުމެވެ. މިއަދު އެމްޑީޕީން ސާބިތުކޮށްދޭން ބޭނުން ވަނީ ރައީސް މައުމޫނަކަސް އެހެން މީހަކަސް އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކަށް ނޭދޭ ކަމެވެ. ނުހައްގުން އަދަބެއް ލިބެން އެމްޑީޕީ ނޭދޭ ކަމެވެ.

އެމްޑީޕީގެ އިސްބޭފުޅުންނާއި އިދިކޮޅު ކޯލިޝަނުން ރައީސް މައުމޫނާ އެހެން ބޭފުޅުން ދޫކޮށްލަން ގޮވާލައި މުޒާހަރައި ކުރަނީ 

އިދިކޮޅު މީހުންގެ ބައެއް އެއްވުންތަކާއި މުޒާހަރާތަކަށް ދާ އާންމު ބައެއް މީހުން މަޑު މަޑުން ތިބެ ދައްކާ ބައެއް ވާހަކަތައް ވެސް އިވިފައި އެބަ ހުއްޓެވެ. މައިކް ހިފައިގެން ތިބެ ބޮޑެތިން ދައްކާ ވާހަކަތަކާ މެދު އެންމެ އާދައިގެ މީހުންގެ ވިސްނުން ހުންނަނީ ކިހިނެތްތޯ ބަލާލުމުގެ ބޭނުމުގައި އެމީހުންގެ ވާހަކަތަކަށް ވެސް ބައެއް ފަހަރު ކަންފަތްދެމެވެ. އެމީހުން ވެސް ބުނަނީ އެންމެ ވާހަކަ އެކެވެ. ރައީސް މައުމޫނު އެ އުމުރުގައި ހައްޔަރުކޮށްގެން ގެންގުޅުމަކީ އެމީހުން ވެސް ރުހޭ ކަމެއް ނޫނެވެ. ހޮޓާތަކާއި ބާޒުމަތީގައި މީހުން ދައްކާ ވާހަކައިން އެނގޭ އެއް ހަގީގަތަކީ ރައީސް މައުމޫނަށް އެ ހާލު ޖެއްސުމުން އެމްޑީޕީ މީހުން ވެސް ރައީސް އަބްދުﷲ ޔާމިން ދެކެ ހަގީގަތުގައި ވެސް އިތުރަށް ނަފުރަތުކުރާ ކަމެވެ. ހަގީގަތުގައި ވެސް އެމީހުން އެކަމާ ރުޅިއާދެއެވެ.  

ރައީސް މައުމޫނު 1978 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ އެތައް ލުއި ފަސޭހަތަކެއް ވަނީ ހޯދައިދީފައެވެ. ކޮންމެ ދާއިރާއަކުން ފާހަގަ ކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯދައި ދެއްވައި، އުނދަގޫ އަދި ބުރަ މައްސޫލިއްޔަތު 30 އަހަރު ވަންދެން އުފުއްލެވި ރައީސަކީ ވެސް އެއީއެވެ. ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވުމަށް ގެންގުޅުއްވި ހަރުދަނާ ހާރިޖީ ސިޔާސަތާއި ރާއްޖޭގެ އެންމެނަކީ ލިޔަންކިޔަން ދަންނަ ބަޔަކަށް ހެދުމަށް ފެއްޓެވި ގައުމީ މަޝްރޫއު އާއި ސިއްހީ ދާއިރާގައި އާންމުން ހޭލުންތެރިކޮށް ގައުމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީއަކީ ރައީސް މައުމޫނު ވެރިކަމުގައި ހޯދާފައިވާ އަގު ނުކުރެވޭނެ އަދި ޝުކުރު ހައްގު ކާމިޔާބީތަކެކެވެ.

ރައީސް މައުމޫނުގެ އާއިލާ އެކު- އެމަނިކުފާނުގެ ދެ ދަރިކަލުން ހިމޭނުން މި ވަގުތު ތިއްބަވާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

ނަމަވެސް ސުވާލަކީ ރައީސް މައުމޫނުގެ މިނިވަންކަމަށް ގޮވާލައި މާ ދުރުހިލޭ ބަޔަކު ރަތްގަދަ އަވީގައި މުޒާހަރާކުރަމުންދާއިރު އެމަނިކުފާނުގެ ދަރިކަލުންގެ ތެރެއިން ދުންޔާ މައުމޫނާއި ގައްސާން މައުމޫނު ގޭގައި ތިއްބަވަނީ ކީއްވެގެންބާއެވެ. އެމީހުނަށް ހަމަ ނިދި މިއަދު ނިދޭ ހެއްޔެއެވެ؟ ރައީސް މައުމޫނު އެމަނިކުފާނުގެ ހަތަރު ދަރިކަލުން ބަލާ ބޮޑުކުރެއްވީ ކޮންފަދަ ލޯތްބެއް ދީގެން އިތުރަކަށް ބުނެދޭކަށް ނުޖެހޭނެއެވެ. ދުންޔާ އާއި ގައްސާން ލަދު ގަންނަނީ އެމްޑީޕީ މީހުންގެ ތެރެއަށް ގޮސް މުޒާހަރާ ކުރަން ހެއްޔެއެވެ؟ ރައީސް މައުމޫނު މިނިވަންކުރަން ގޮވާލައި އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެމަނިކުފާނުގެ ޒައާމަތުގައި އަނިޔާތައް ތަހައްމަލުކުރި މީހުންނަށް ކެރޭ އިރު އެ ދެ ބޭފުޅުން އެތަނަށް ވަޑައިގަންނަވަން ލަދު ގަންނަންވީ ސަބަބެއް ނެތެވެ. ރައީސް މައުމޫނު ހައްޔަރުކޮށްގެން ގެންގުޅެނީ ހަމަ ގެންގުޅެން ޖެހޭތީ ކަމަށް ގައްސާނާއި ދުންޔާ ގަބޫލު ކުރައްވަނީ ހެއްޔެއެވެ؟ ރައީސް މައުމޫނު ދޫކޮށްލަން ޓްވީޓެއް ކޮށްލުމަކީ އެމަނިކުފާނަށް މިއަދު ދަރިކަނބަލުންގެ ފަރާތުން ލިބެންވީ މިންވަރު ކަމަށް އެކަކު ވެސް ގަބޫލު ނުކުރާނެއެވެ. މީހުންގެ ފާޑުކިޔުންތަކާ ހުރެ ކެތް ނުވެގެން އެތައް ދުވަހެއް ފަހުން މަގާމުން ދުންޔާ އިސްތިއުފާ ދެއްވިޔަސް އެއީ ބައްޕާފުޅު ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އެޅުއްވި ފިޔަވަޅެއް ކަމަށް ގަބޫލުކުރަން ދަތިވާ ސަބަބުތައް ގިނައެވެ.

ގައްސާން އަދިވެސް ސިޔާސީ މަގާމުގައި ހުންނަވާއިރު ބައްޕާފުޅަށް ދެމުންދާ އަނިޔާގެ ބަދަލުގައި އެންމެ ދުވަކަށް އޮފީހަށް ނުނިކުންނަވައި ހުރުން ވެސް ހައްގު ނޫންތޯއެވެ. ރައީސް މައުމޫނު ހައްޔަރުކޮށްގެން ލިބޭ އަނިޔާގެ އިތުރުން ގައްސާނާއި ދުންޔާ އުޅުއްވާ ގޮތުން އެމަނިކުފާނުގެ އަބުރުފުޅަށް ލިބޭ ހުތުރުކަން ވަކި ކުޑައެއް ނޫނެވެ. އެކަމާ ގުޅިގެން ރައީސް މައުމޫނުގެ ތަރުބިއްޔަތާ މެދު ސުވާލު އުފައްދާ މިންވަރު ވެސް ވަކި ކުޑައެއް ނޫނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކާމިނީ

11 މަސް ކުރިން

ބައްޕާފުޅުގެ ފިކުރާއި ގުޅުމަކީ ކޮންމެހެނަކުން މުހިއްމު ކަމެއް ނޫން! ޣައްސާންވެސް ދުންޔާވެސް އެއީ ވަކި ފަރުދުން. ރަނގަޅު، މިއުމުރުގައި ބައްޕާފުޅު ޖަލުގައި ހުންނެވުމަކީ އެކަކުވެސް ދެކެން ބޭނުުންވާ މަންޒަރެއް ނޫން! އެކަމަކު ވިސްނާ.. ރައީސް މައުމޫނަށް، މެމްބަރު ފާރިސްއަށް ސަރުކާރާއެކު ޑީލް ކަނޑައަޅަން ފަސޭހަވާނެ. އެކަން ނުކޮށް އެ ހުންނަނީ ކަމަކު. ދުންޔާ، ޣައްސާން ސީދާ ބައްޕާފުޅާއި ގުޅިވަޑައިނުގަންނަވާ ތިއްބެވީވެސް ވަކި ސަބަބުތަކެއް އޮވެގެން. ދެން އެމްޑީޕީގެ ވާހަކަ. ރައީސް މައުމޫނާއި ރައީސް މައުމޫނުގެ ބޭފުޅުންނަށް މިހާރު ތާއީދުކޮށްފާނެ. އެކަމަކު ހަގީގަތަކީ އެމްޑީޕީ ގިނަ މީހުންނަކީ ރައީސް މައުމޫނަށް ނަފްރަތުކުރާ ބައެއް. އެމީހުން އެންމެ ބޮޑަށް ދެކެން ބޭނުންވާނީވެސް ރައީސް މައުމޫން ޖަލުގައި އޮންނަވާތަން. އެހެންނޫންނަމަ، ރައީސް ނަޝީދު މިނިވަންކުރަން ބައިނަލްއަގްވާމީ ފަރާތްތަކާއި މަޝްވަރާކުރި ގޮތަށް، ރައީސް މައުމޫން މިނިވަން ކުރަންވެސް މަސައްކަތް ކުރާނެ. ހަގީގަތަކީ މިހާރު އެމްޑީޕީއަކަށް ބާގެއިނިންގ ޗިޕެއް ނެތްކަން. އޮތް ކުޅިބައެއް އޮތީ، ކާމިނީ/ އެންދެރި އާއިލާގެ ކުޅިބައި. އެމްޑީޕީ ކުދިން ފަހަތަށް ޖެހިލާ. ތިމީހުން ހަރުގޭގައި ޖަލްސާ ބޭއްވުން ފިޔަވައި އިތުރު ދައުރެއް ނެތް މިހާރު.

3
8
އެޑަމް

11 މަސް ކުރިން

އެމް.ޑީ.ޕީ މީހުން މައުމޫން ދެކެ ކިތައްމެ ރުޅި އަޔަސް . މައުމޫނަށްވެސް ޔާމީނަށްވެސް ހައްޤުނޫން އަދަބެއް ލިބޭނަމަ އެކަން ހުއްޓުވަން ފޮޓޯ ހިފައިގެން ނިކުންނާނީ ހަމަ އެމްޡޑީޕީ މީހުން. ތެދެއް ކޮންމެ މީހަކަށްވެސް އެމީހަކު ކުރި ކުށަކަށް އިންސާފުވެރި ޝަރީޢަތެއް ހިންގާ އަދަބު ދޭންޖެހޭނެ. އެކަމް މިހާރު މިފެންނަނީ މުޅިން އެހެން މަންޒަރެއް. ޤާނޫނާ ޤަވާއިދުތައް ހިތަށް އެރިގޮތަކަށް މާނަކޮށް ބަދަލުކޮށް ބޭނުންކަމެއް ބޭނުންގޮތކަށް ކުރަމުން މިދަނީ ..