26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ސައުދީ - އިޒްރޭލް

އިޒްރޭލާއެކު ސައުދީން ބާއްވަމުން ދިޔަ ސިއްރު ގުޅުން ގޯނިން ބޭރުވަނީ!

  • ޔަހޫދީންނަށް އަމިއްލަ ވަޒަނެއް ލިބެން ޖެހޭނެ ކަމަށް ވަލީ އަހުދު މުހައްމަދު ވަނީ ވިދާޅުވެފައި
ރާއްޖެ އެމްވީ | raajjemv

| 5 އޭޕުރިލް 2018 | ބުރާސްފަތި 23:12 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  5. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު
  6. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
  7. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
  8. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި


އިޒްރޭލްގެ ބޮޑުވަޒީރާއި ފަލަސްތީނުގެ ވަލީ އަހުދު މުހައްމަދު -- ޑެއިލީސަން

އިޒްރޭލާ އެކު ސައުދީ އަރަބިއްޔާ އިން ސިއްރު ގުޅުން ތައް ބާއްވަމުން އަންނަ ވާހަކަ އެކި ގޮތް ގޮތުން ދެކެވުން ދަނިކޮށް ދާދި ފަހުން ސައުދީ ކްރައުން ޕްރިންސް މުހައްމަދު އިޒްރޭލަށް ތާއީދު ކުރައްވާ އާއްމު މީޑިއާ ގައި ދެއްކެވި ވާހަކަފުޅާ އެކު އެއީ މިހާރު ސިއްރު ގުޅުމެއް ނޫންކަން ދޭހަވާ މިންވަރަށް ކަންކަން ހާމަ ވެއްޖެއެވެ.

ވަލީ އަހުދަށް ދެންނެވި ސުވާލަކީ ޔަހޫދީންނަށް އެމީހުންގެ ވަޒަނުގެ ގޮތުގައި ދެކެމުން އައި ބިމުގައި އަމިއްލަ ދައުލަތެއް ގާއިމް ކުރުމުގެ ހައްގު އޮތް ކަމަށް ދެކެވަޑައިގަންނަވަންތޯއެވެ؟

ވަލީ އަހުދު މުހައްމަދު އެ ސުވާލުގެ ޖަވާބުގައި ވިދާޅުވީ، "އަހަރެން ގަބޫލު ކުރާ ގޮތުގައި ކޮންމެ ތަނެއްގެ ކޮންމެ ބަޔަކަށް ވިޔަސް އެމީހުންގެ އަމިއްލަ ގައުމުގައި ސުލްހަވެރިކަމާ އެކު ދިރި އުޅެވެން ޖެހޭނެ، އަހަރެން ދެކޭ ގޮތުގައި ފަލަސްތީން ރައްޔިތުންނަށް ވެސް އިޒްރޭލު ރައްޔިތުންނަށްވެސް އެމީހުންނަށް އަމިއްލަ ބިމެއް ލިބުމުގެ ހައްގު އޮންނަންވާނެ" ކަމަށެވެ.

މިވަރުން ނިންމާލެއްވީ އެއް ނޫނެވެ.

މުހައްމަދު ވިދާޅުވީ "އެންމެންގެ ހަމަޖެހުމާއި ސުލްހަ އަށް އެފަރާތްތަކާއެކު ސުލްހައިގެ އެއްބަސްވުންތަކާއި އާއްމު ގުޅުން ތައް ވެސް އަހަރެމެން ގާއިމް ކުރަން ޖެހޭނެ" ކަމަށެވެ.

ހަރުކަށި ސިޔާސަތުތަކާ އެކު ފަލަސްތީނުގެ މިނިވަންކަމަށް ފައިން އަރައިގެން އޮތް އިޒްރޭލުގެ ދިފާއުގައި އަރަބި ގައުމެއްގެ ލީޑަރެއްގެ ދޫފުޅުން އިވޭނެ ކަމަށް މިއީ ހީވެސް ކުރެވިފައިވާ ފަދަ ވާހަކަ ތަކެއް ނޫނެވެ. މިއީ އަރަބި ގައުމެއްގެ އިސް ވެރިޔަކު އިޒްރޭލުން އެމީހުންގެ ވަޒަން ކަމަށް ދައުވާ ކުރާ ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ދައުލަތެއް ގާއިމް ކުރުމުގެ ހައްގު އެމީހުންނަށް ލިބިގެންވާ ކަމަށް މުޅި ދުނިޔޭގެ ކުރިމަތީގައި އިއުތިރާފްވެ ވަޑައިގަތުން ކަމަށް ގިނަ ފަރާތްތަކަކުން ސިފަ ކުރެއެވެ.

ބައެއް ފަރާތްތަކުން ސިފަ ކުރި ގޮތުގައި މުހައްމަދުގެ މި ވާހަކަފުޅަކީ ފަލަސްތީންގެ ރައްޔިތުންގެ އަތުން ފޭރިގަނެފައިވައިވާ ބިންތައް އަނބުރާ ހޯދުމަށް ކުރަމުންދާ ޖިހާދަށް ސައުދީ އަރަބިއްޔާ އިން ކުރި މަލާމާތެކެވެ. މިއީ މުސްލިމް އަޚަކު ފަލަސްތީނުގެ ބުރަކަށްޓަށް ޚަންޖަރެއް ހަރާލުން ފަދަ ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ސިފަ ކޮށްފައި ވެއެވެ.

ސައުދީ އަރަބިއްޔާގެ އެންމެ ބާރުގަދަ ފަރާތުގެ ގޮތުގައި މީޑިއާ އިން ސިފަ ކުރާ ވަލީ އަހުދު މުހައްމަދު މި މޭރުމުން ވާހަކަފުޅު ދެއްކެވި ދަނޑިވަޅަކީ އިޒްރޭލުގެ އުދުވާނުތައް ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނަށް އަމާޒުވެފައިވާ ދަނޑިވަޅެއް ކަން ވެސް ފާހަގަ ކުރެވެއެވެ. ވަލީ އަހުދު މުހައްމަދުގެ މި ވާހަކަފުޅު އާއްމުވި ވަގުތަކީ އިޒްރޭލުން ހިފައިފައިވާ ބިންތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ކޮންމެ އަހަރަކު ފަލަސްތީނުގެ ރައްޔިތުން ފާހަގަ ކުރާ ލޭންޑް ޑޭ ފާހަގަ ކުރުމަށް ނުކުތް އެތައް ބައެއްގެ ގަޔަށް ޔަހޫދީ ސިފައިން ބަޑިޖަހާ ޝަހީދު ކޮށްލި ދަނޑިވަޅެވެ. އިޒްރޭލަށް ހިތްވަރު ލިބޭ ގޮތައް ވަލީ އަހުދު މުހައްމަދު ވާހަކަފުޅު ދެއްކެވި އިރު އިޒްރޭލް ސިފައިން ގާޒާ ގައި ހިންގި މި އުދުވާނުގެ ވާހަކަ ފާހަގަ ކުރައްވާފައެއް ނުވެއެވެ.

މުހައްމަދުގެ މި ވާހަކަފުޅާ އެކު މުހައްމަދުގެ ބައްޕާފުޅު އަދި ސައުދީ ރަސްކަމުގައި ހުންނެވި ސަލްމާން އަށް ޖެހިވަޑައިގަތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އަށް ފޯނުން ގުޅުއްވާ ފަލަސްތީނުގެ މައްސަލައިގައި ސައުދީ އަރަބިއްޔާގެ ސިޔާސަތު ވިދާޅުވާށެވެ. ފަލަސްތީނު ރައްޔިތުންގެ މިނިވަން ކަމަށް ކުރަމުންދާ މަސައްކަތައް ސައުދީ އަރަބިއްޔާ އިން ތާއިދު ކުރައްވާ ކަމަށް ވިދާޅުވުމުގެ އިތުރުން ޖެރޫސަލަމް އަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ސައުދީ އިން ތާއީދު ކުރައްވާ ކަމަށްވެސް ސަލްމާން ވިދާޅުވިއެވެ. ރަސްގެފާނުގެ މި ވާހަކަފުޅުގައި ވަލީ އަހުދު މުހައްމަދު ދެއްކެވި ވާހަކަފުޅު ނަފީ ވާނެ އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ސައުދީ އަރަބިއްޔާ އާއި އިޒްރޭލުގެ ސިއްރު ގުޅުން ބަދަހި ވަމުން ދިއުމުގެ އެއް ސަބަބު ކަމަށް ފާހަގަ ކުރެވެނީ އީރާނުގެ ނުފޫޒް ސަރަހައްދުގައި ގަދަވަމުން ދިއުމެވެ. ސައުދީ އަރަބިއްޔާ އާއި އިޒްރޭލަކީ ވެސް އީރާނުގެ ކުރި އެރުމަށް ކަން ބޮޑުވާ ދެ ގައުމެވެ. ސައުދީ އަރަބިއްޔާ އިންވެސް އިޒްރޭލުންވެސް ވެސް ބޭނުން ވަނީ އީރާނަށް އިތުރު ފިއްތުންތައް ކުރިމަތި ކުރުވުމަށެވެ. އީރާނަށް ސައުދީ އަރަބިއްޔާ އިން ކުރާ ނަފްރަތުގެ ނަތީޖާ އެއްގެ ގޮތުން އިޒްރޭލު ރުއްސައިގެން އީރާނު ބަލިކަށި ކުރުމާއެކު ސައުދީގެ ފައިތިލަ މެދު އިރުމަތީގައި އިތުރަށް ގަދަ ކުރެވޭނެ ގޮތްތައް ހޯދަނީ ކަމަށް ވުމީވެސް އެކަށީގެންވާ ކަމެކެވެ.

އިޒްރޭލާ އެކު ބަދަހިވަމުންދާ ގުޅުމުގެ ވާހަކަތައް ސައުދީން ސިއްރު ކުރަމުން ގެންދިޔަ ނަމަވެސް އިޒްރޭލަށް ތަނަވަސްވާ ކޮންމެ ދަނޑިވަޅެއްގައި މި ގުޅުމުގެ ވާހަކަ ހާމަ ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. ސައުދީން މި ގުޅުން ސިއްރު ކުރަމުން ދިޔަ ނަމަވެސް، ވަލީއަހުދު އިޒްރޭލަށް ހިތްވަރު ލިބޭ ގޮތައް ދާދި ފަހުން މި ދެއްކެވި ވާހަކަފުޅާއި، އިޒްރޭލުގެ ވެރިރަށް ތެލްއަވީވަށް އެއަރ އިންޑިއާ އިން ދާދިފަހުން ފެށި ދަތުރު ތަކުގައި ސައުދީގެ ވައިގެ މަގު ބޭނުން ކުރުމަށް ސައުދީ ސަރުކާރުން ހުއްދަ ދިނުން ފަދަ ކަންކަމުން އިޒްރޭލާ އެކު ސައުދީން ބާއްވާ ގުޅުން ދަނީ ބަދަހިވަމުން ކަމާއި އެއީ މިހާރު ސިއްރަކަށް ވުރެ ބޮޑަށް ގޯނިން ބޭރުވެފައިވާ ގުޅުމެއް ކަމާ މެދު ޝައްކެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް