19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

އުރީދޫ

އުރީދޫ ނެކްސްޓު މިހާރު ވައިބަރ އަށް

  • މި ހިދުމަތް މެދުވެރިކޮށް އުރީދޫގެ ހުރިހާ ޚިދުމަތްތަކުގެ ތަފްސީލު ލިބިގެންދާނެ
ސިމާހާ ނަސީމް | sim_kamana

| 4 އޭޕުރިލް 2018 | ބުދަ 21:51 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


އުރީދޫ ނެކްސްޓު ވައިބަރ އަށް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ރާއްޖެއެމްވީ

ސޯޝަލް މީޑިއާގެ ޚިދުމަތް ފޯރުކޮށްދޭ އުރީދޫގެ ޑިޖިޓަލް މަދަދުގާރު ކަމަށްވާ އުރީދޫ ނެކްސްޓް، ވައިބަރގައި މިއަދު ތައާރަފްކޮށްފިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމްއެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް ޑިވަލޮޕްކޮށްފައިވަނީ، 4 ބިލިއަން ކަސްޓަމަރުންގެ ޕްރީޕެއިޑް މޮބައިލް މާކެޓްގައި ކުރެވޭ މުއާމަލާތްތަކަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މަސައްކަތްކުރަމުންދާ ސިލިކަން ވެލީގެ ޓެކްނޮލޮޖީ ކުންފުނި، ފާސްޓްފޯވާޑްއޭއައި އާއި ގުޅިގެންނެވެ.

އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖަރ އަދި ވައިބަރގައި އުރީދޫއާ ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ޚިދުމަތް ހޯދޭނެ އެވެ.

"އުރީދޫ ނެކްސްޓްއާއެކު، އުރީދޫ އިން ވަނީ ސުމޭކީ (ޑިޖިޓަލް) އިންގިލާބެއް ގެނެސް، މި ތަފާތު ޚިދުމަތް ރާއްޖޭގެ އެންމެހާ މޮބައިލް ކަސްޓަމަރުންނާއި ހަމައަށް ގެނުވަދީފައި. މި ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުން އެއްދުވަހުން އަނެއް ދުވަހަށް ގިނަވެގެންދާއިރު، އެންމެ ފަސް މަސްދުވަހުގެ ތެރޭގައި އުރީދޫ ނެކްސްޓް ވަނީ އަޅުގަނޑުމެންނާއި ކަސްޓަމަރުން އިތުރަށް ގާތްކޮށްދީފައި. އެހެންކަމުން، މިއަދު އުރީދޫ އިން ވަނީ ވައިބަރުގައި އުރީދޫ ނެކްސްޓް ތައާރަފްކޮށް، ރާއްޖޭގައި ވައިބަރ ބޭނުންކުރާ ގިނަގުނަ ބޭފުޅުންނަށް މި ފަސޭހަ ފޯރުކޮށްދީފައި." އުރީދޫ ގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ އިން ޑިޖިޓަލް ދިވެހިރާއްޖެއަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުފެއްދުންތެރި ހައްލުތައް މެދުވެރިކޮށް، ތަފާތު ތަޖުރިބާތަކާއި ގުޅުވާލަދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް