26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

މިސްޓަރ ރޮށި

މިސްޓަރ ރޮށި: ގަޑިއަކު ތިންހާސް ރޮށި ފިހެވޭ!

  • ތިން ވައްތަރުގެ ރޮށި ތައްޔާރުކުރޭ
  • އެއް ޕެކެޓަށްވުރެން ގިނައިން ގަންނަ ކަމުގައިވާނަމަ ހިލޭ ޑެލިވަރ ކޮށްދޭނެ
ސިމާހާ ނަސީމް | sim_kamana

| 4 އޭޕުރިލް 2018 | ބުދަ 13:39 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


ރޮށި ތައްޔާރުކުރަނީ -- ފޮޓޯ : ސިމާހާ ނަސީމް

ރަނގަޅު ފެންވަރުގައި ތިން ވައްތަރެއްގެ ރޮށި އުފައްދާ، މިސްޓަރ ރޮށި މެދުވެރިކޮށް ވިއްކަން ފަށައިފިއެވެ.

އެ ކުންފުނިން ވިއްކަން ފަށާފައިވާ ތިން ވައްތަރުގެ ރޮށީގެ ތެރޭގައި ހިމެނެނީ އާދައިގެ ރޮއްޓާއި އޮލިވް އޮއިލް ރޮށީގެ އިތުރުން އާޓާ ރޮއްޓެވެ. އާދައިގެ ރޮށި ވެޖިޓަބަލް އޮއިލްގައި ތައްޔާރުކޮށްފައިވާއިރު އޮލިވް އޮއިލް ރޮއްޓާއި އާޓާ ރޮށި ތައްޔާރުކޮށްފައިވަނީ އޮލިވް އޮއިލްގައެވެ.    

މިސްޓަރ ރޮށީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނަޖްމީ ވިދާޅުވީ ކޮންމެ ވައްތަރެއްގެ ޕެކެޓެއްގައި ދިހަ ރޮށި ހިމެނޭ ކަމަށާއި އެ ރޮށިތައް ޕެކް ކުރަނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށެވެ.

މިސްޓަރ ރޮށި ކުންފުނިން މެޝިން ބޭނުންކޮށްގެން ރޮށި ތައްޔާރު ކުރާއިރު މި މެޝިން މެދުވެރިކޮށް ގަޑިއަކު ތިންހާސް ރޮށި ފިހެވެއެވެ. މިސްޓަރ ރޮށި އައުޓްލެޓް މެދުވެރިކޮށް އާދައިގެ ރޮށި ޕެކެޓެއް 15 ރުފިޔާއަށް ވިއްކާއިރު އޮލިވް އޮއިލް ރޮށި ޕެކެޓެއް ވިއްކަނީ 20 ރުފިޔާއަށެވެ. އަދި އާޓާ ރޮށި ޕެކެޓެއް ވިއްކަނީ 22 ރުފިޔާއަށެވެ. އެ ކުންފުނިން ބުނީ، އެއް ޕެކެޓަށް ވުރެ ގިނައިން ގަންނަ ކަމުގައިވާނަމަ ހިލޭ ޑެލިވަރ ކޮށްދޭނެ ކަމަށެވެ. އެ ކުންފުނިން ރޮށި ޑެލިވަރ ކޮށްދިނުމަށް ނިންމާފައިވަނީ ހެނދުނު 8 އާއި ރޭގަނޑު 12 އާއި ދެމެދުއެވެ.

މީގެ އިތުރުން މާލޭގެ ގިނަ ފިހާރަތަކުން މިސްޓަރ ރޮށި ލިބެން ހުންނާނެ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ. މި އުފެއްދުމުގެ މުއްދަތު ހަމަވާނީ އުފައްދާތާ ތިން ދުވަސް ފަހުންނެވެ. 

ޑަޒަނުން ރޮށި ގަންނަކަމުގައިވާނަމަ ހާއްސަ ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށްވެސް މިސްޓަރ ރޮށި ކުންފުނިން ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް