18 ޑިސެންބަރު 2018 | އަންގާރަ | 09 މުލަ
11 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:01
އަސްރު 15:27
މެންދުރު 12:06
އިރުއަރާ 06:04
ފަތިސް 04:47

ފޭސްބުކް - އެޕަލް

ފޭސްބުކް އަދި އެޕަލްގެ ވެރިން ބަހުގެ ހޫނު ޙަަމަލާތަކެއް ބަދަލުކޮށްފި

  • ޓިމް ކުކް ވަނީ މިހާރު 23 ފަހަރެއްގެ މަތިން ފޭސްބުކަށް ފާޑު ވިދާޅުވެފައި
މިއުވާން މުހައްމަދު | Miuvaan

| 4 އޭޕުރިލް 2018 | ބުދަ 04:55 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  3. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  4. ފެނަކަ އެމްޑީއަކަށް ސައީދު
  5. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  6. ޓްރީޓޮޕް ހޮސްޕިޓަލުން މާބަނޑު ދުވަސްވަރު ވިހެއުމަށް ތައްޔާރު ވުމުގެ ޕްރޮގްރާމެއް ތައާރަފް ކޮށްފި
  7. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  8. އިމާރަތްކުރި ކުންފުނިން ހުއްދަ ވެސް ނަގާފަ އެއް ނެތް، ބޯޑް ވެސް ނަގާފައި ވަނީ އެހެންކަމަކަށް: ސިޓީ ކައުންސިލް


ކޭމްބްރިކް އެނަލިޓިކާ މައްސަލައިގެ ފަހުން ހުރިހާ އެންމެންގެ ލޯތައްވަނީ ފޭސްބުކަށް އަމާޒުވެފައި -- ގެޓީ އިމޭޖާސް

މޮބައިލް ފޯނާއި ކޮމްޕިއުޓަރ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ އެޕަލްގެ ސީއީއޯ އާއި ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް ނެޓްވޯކް ފޭސްބުކްގެ ސީއީއޯއާ ދެމެދު ވަރުގަދަ ބަހުގެ ޙަމަލާތަކެއް ބަދަލުކުރެވިއްޖެއެވެ.

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބަރގް އާއި އެޕަލްގެ ސީއީއޯ ޓިމް ކުކްއާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރެވުނީ މިހާރު ފެންމަތިވެފައިވާ ކެމްބްރިޖް އެނަލިޓިކާ މައްސަލައިގައެވެ. ކޭމްބްރިޖް އެނަލިޓިކާއިން ފޭސްބުކް ބޭނުންކުރަމުންދިޔަ އެމެރިކާގެ 50 މިލިއަން ރައްޔިތުންގެ މައުލޫމާތު ނަހަމަ ގޮތުގައި ހޯދައި، އެ މައުލޫމާތުގެ ބޭނުން ކޮށްގެން ޑޮނަލްޑް ޓްރަމްޕަށް 2016ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިން މައްސަލަ ފެންމަތިވެ، ފޭސްބުކް ވަނީ ހޫނު ފެނަށް ވެއްޓިފައެވެ.

މިމައްސަލައިގައި އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ މިއީ ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުންކަމަށާއި، މިއީ ބޮޑު މައްސަލައެއްކަމަށެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ ކުކް ހައްދަވާނީ ކިހިނެއްތޯ ސުވާލުކުރުމުން ކުކް ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް އޭނާ އެފަަދަ ޙާލަތަށް ވަޑައިނުގަންނަވާނެކަމަށެވެ. އަދި ހިލޭ ޚިދުމަތެއް ފޯރުކޮށްދިންނަމަވެސް، އެޚިދުމަތް ބޭނުންކުރާ މީހުންގެ ޒާތީ ދިރިއުޅުމަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެކަމަށް ކުކް ވިދާޅުވިއެވެ. 

އެޕަލްގެ ސީއީއޯ ޓިމް ކުކް

ކެބްމްރިޖް އެނަލިޓިކާގެ މައްސަލަ ފެންމަތިވިފަހުން ޓިމް ކުކް އާއްމު ތަނެއްގައި ވާހަކަ ދެއްކެވީ ދެ ފަހަރެވެ. އެ ދެފަހަރުވެސް އޭނާ ވަނީ ފޭސްބުކް އަށް ބަހުގެ ޙަމަލާ ދެއްވާފައެވެ. 

އެޕަލްގެ ސީއީއޯގެ ވާހަކަކަށް ރައްދު ދެއްވަމުން ފޭސްބުކްގެ ސީއީއޯ މާކް ޒަކަބަރގް ވިދާޅުވީ ފޭސްބުކްއިން އާއްމު ކަސްޓަމަރުން އަތުން ފައިސާ ނުނަގާތީ އެކަސްޓަމަރުންގެ ޒާތީ މައުލޫމާތަށް ފޭސްބުކްއިން އަޅާނުލާނެކަމަށް ބަޔަކު ބުނުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި، ފޭސްބުކްއިން އެފަދަ ކަމެއް ނުކުރާނެކަމަށެވެ. އެހެން ނަމަވެސް އޭނާ ސީދާ އެޕަލް ކުންފުނީގެ ނުވަތަ އެޕަލްގެ ސީއީއޯ ޓިމް ކުކްގެ ނަމެއް ވިދާޅެއް ނުވެއެވެ. 

މީގެ އިތުރުން ޒަކަބަރގް ފޭސްބުކް ހިންގަވާ ގޮތާއި ގުޅޭ ގޮތުން ފަހަކަށް އައިސް ބައެއް ފަރާތްތަކުން ފާޑުކިޔާތީ، އޭނާ ކުންފުނި ހިންގަވާ ގޮތް އަމިއްލައަށް ދިފާޢުކުރައްވައި ވަނީ ވާހަކަ ދައްކަވާފައެވެ.

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބަރގް

ކެމްބްރިޖް އެނަލިޓިކާއިން ފޭސްބުކް ބޭނުންކުރާ 50 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ނެގި މައްސަލައިގެ ފަހުން އެކުންފުނީގެ ހިއްސާގެ އަގު ވަނީ މިއިން ދުވަަހަކު ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް