18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އަތްފައި ދާހިތްލުން

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

  • މިއީ ހަށިގަނޑުގައި އުފެދޭ ހޫނު ކުޑަ ކުރުމަށް ހަށިގަނޑުން އަމިއްލައަށް ބޭރުވާ ދަލެއް
އަމިނަތް ނުޒުހާ | nuzu8121

| 3 އޭޕުރިލް 2018 | އަންގާރަ 13:28 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ފިކުރުބޮޑުވެ ދެރަވާ ވަގުތުތަކުގައި ދާ ހިތްލުން އިތުރުވޭ -- ގޫގުލް

އަތްފައި ދާ ހިތްލުމަކީ ދެރަވެ އެކަމާ ކަންބޮޑުވާން ޖެހޭ މައްސަލައެއް ނޫނެވެ. އެއީ ހަށިގަނޑުގައި އުފެދޭ ހޫނު ކުޑަ ކުރުމަށް ހަށިގަނޑުން ބޭރުވާ ދަލެވެ. އެކި މީހުންގެ ހަށިގަނޑުން މި ދާތައް ބޭރުވަނީ އެކި ކަހަލަ ގޮތްގޮތަށެވެ. އެގޮތުން އަތްފައިން ދާ ހިތްލުމަކީ އެތަނުން އެއްގޮތެވެ. އެހެން އެކަން ހިނގަން ފެށުމުން ބައެއް މީހުން އެކަމާއި ދެރަވެ ކަންބޮޑުވެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ކުޑަވާތަން ފެނެއެވެ. އެކަމަކު އެއީ ގުދުރަތީ ކަމެކެވެ. އަދި އެކަން ކުޑަ ކުރުމަށް ހައްލެއް ހޯދުމަކީ ގޯހެއް ނޫނެވެ. މި ގޮތަށް ދާ ހިތްލާ ހިތްލުމަށް ކިޔައި އުޅެނީ "ހައިޕާހިޑްރޮސިސް" އެވެ.

"ހައިޕާހިޑްރޮސިސް" ނުވަތަ އަތާއި ފައި ދާ ހިތްލަން ބޮޑަށް މި ދިމާވަނީ، ކަސްރަތު ކުރާއިރު، ނުވަތަ މަސައްކަތެއް ކުރާ ގަޑީގައި ނުވަތަ ކަމަކާއި ފިކުރުބޮޑުވެ ދެރަވާ ވަގުތުތަކުގައެވެ. އެ ވަގުތުތަކުގައި ނޫނަސް ވެސް ދާ ހިތްލަފާނެއެވެ.

ފައިން ދާހިތްލުމުން ބައެއް ފަހަރު ނުބައިވަހެއް އުފެދެއެވެ. އެކަމާއި ހުރެ ބައެއް މީހުންނަށް ބޫޓަށް އަރައި އުޅޭއިރު، ބޫޓް ބާލައިގެން ވަންނަން ޖެހޭ ތަންތަނަށް ވަނުމަށް ޖެހިލުންވެއެވެ. އަތްފައި ދާހިތްލުމުން ސަލާމަތް ވުމަށް އަމިއްލައަށް ގޭގައިވެސް ހައްލެއް ހޯދިދާނެއެވެ.

ފައި ގަވާއިދުން ދޮވުން

ފައިން ދާހިތްލާ ވަސް ދުވާނަމަ އެންޓި-ބެކްޓީރިއަލް ސައިބޯންޏެއް ބޭނުންކޮށްގެން ފައި ދޮވުން ރަނގަޅެވެ. އަދި ދޮވުމަށް ފަހު ފައި ރަނގަޅަށް ހިތްކަންވާނެއެވެ. ޚާއްސަކޮށް އިނގިލިތަކުގެ ދޭތެރެތައް ހިއްކާށެވެ. އެހެނީ ބެކްޓީރިއާ އުފެދި އާލާވާނީ ދަތި ދޭތެރެ ތަކުގައިކަމަށް ވާތީއެވެ.

ޑިއޮޑްރަންޓެއް ބޭނުން ކުރުން

އިސްޓާކީނަށް އެރުމުގެ ކުރިން ބޮޑީ ޑިއޯގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ސްޕްރޭ ބޭނުންކުރެވިދާނެއެވެ. އަދި އަބަދުވެސް ކޮޓަން ފޮތީގެ އިސްޓާކީނު ބޭނުން ކުރާށެވެ. ފައިން ދާ ހިތްލާ ނަމަ އަބަދުވެސް 3-4 އިސްޓާކީނު ޖޯޑު ގެންގުޅެން ވާނެއެވެ.  

ބޫޓު ބަދަލުކުރުން

އަބަދު އެއް ބޫޓަކަށް އަރައި ނޫޅޭށެވެ. ފައިން ހިތްލާ ދަލުގެ ތެތްކަން ބޫޓްގައި އަބަދު ވެސް ހުރެދާނެތީ، އަބަދުވެސް މަދުވެގެން ދެ ބޫޓެއް ވަރު ގެންގުޅޭށެވެ.

ސައިފަތު ފެނުން ފޯ ކުރުން

ސައިފަތު ފެނުގައި އަތްފައި ފޯކުރުމުން ބެކްޓީރިއާ މަރާލައެވެ. ތިންޖޯޑެއް ހުންނަހާ ފެނަށް ދެ ޕެކެޓް ސައިފަތްލާށެވެ. އޭގެ ތެރެއަށް ފެންބާލިދީއެއް ހުންނަހާ ފެންއަޅައި ފައި އެ ފެނަށްލާ ފޯ ކުރާށެވެ. އަދި އަތްވެސް ލައިގެން 15-20 އިންނާށެވެ. ހަފްތާއެއް ވަންދެން މި ގޮތަށް ކުރިއަށް ގެންދާށެވެ.

ވިނިގަރ އިން ފޯ ކުރުން

އަތްފައިން ދާ ހިތްލުން ދުރުވުމަށް ބައި ޖޯޑު ވިނިގާ ގެ ތެރެއަށް 8 ތަށި ފެން އަޅާށެވެ. އަދި 10-15 މިނެޓެއްހާއިރު އަތް ނުވަތަ ފައި އެ ފެންގަނޑަށް ލައި ފޯ ކުރާށެވެ. އަދި އަލުން ރީތި ފެނުން ނުދޮވެ، ރީއްޗަށް ފެން ހިއްކާށެވެ.                   

 

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Husenq

8 މަސް ކުރިން

Bootah Bai rufiyaa leemaves vas kendeyne

0
0