16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޖީއެމް ފޯރަމް

މިފަހަރު ޖީއެމް ފޯރަމްގައި ސާޅީހަށްވުރެ ގިނަ ކުންފުނިން ބައިވެރިވާން ނިންމައިފި

  • ޖީއެމް ފޯރަމް އޮންނާނީ މި މަހު
  • މިއީ މިގޮތަށް ބާއްވާ ތިން ވަނަ ޖީއެމް ފޯރަމް
ސިމާހާ ނަސީމް | sim_kamana

| 3 އޭޕުރިލް 2018 | އަންގާރަ 12:41 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


މިދިޔަ އަހަރުގެ ޖީއެމް ފޯރަމްގެ ތެރެއިން -- ހޮޓެލިއަރ މޯލްޑިވްސް

ހޮޓެލިއާ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ޖެނެރަލް މެނޭޖަރުންނަށް ހާއްސަ ޖީއެމް ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާގެ 40 އަށް ވުރެ ގިނަ ކުންފުނިން 150 އަށް ވުރެ ގިނަ ޑެލިގޭޓުން ބައިވެރިވާން ނިންމައިފިއެވެ.

ފޯރަމްގައި ބައިވެރިވެފައިވާ ރާއްޖެ އާއި ރާއްޖޭ އިން ބޭރުގެ ނަން މަޝްހޫރު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަކީ ކޮކޯ ކަލެޝަން، ޝަންގރިލާ ހޮޓެލްސް، ސޮނޭވާ، ވަން އެންޑް އޮންލީ، ލިލީ ހޮޓެލްސް، ޖުމެއިރާ، އަދާރަން، ޗަމްޕާ ރިޒޯޓްސްއެވެ.

މި އަހަރުގެ ޖީއެމް ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް 18 ވަނަ ދުވަހުއެވެ.

ހޮޓެލިއާ މޯލްޑިވްސް އިން ބުނީ ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުން ހުރި މައުޟޫތަކަށް ބައިވެރިން ވާހަކަދައްކާ، ޕްރެޒެންޓޭޝަންތައް ހުށަހަޅައި ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެ ކަމަށެވެ. އަދި މީގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގެ މިހާރުގެ ހާލަތާއި ކުރިމަގުގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ހިއްސާކޮށް މަޝްވަރާކުރުމެވެ.

މީގެ އިތުރުން ފޯރަމް ވާހަކަ ދެއްވުމަށް ހަމަޖެހިފައިވާ ބައެއް ފަރާތްތަކަކީ ސޮލެރަލް އިންޝުއަރެންސްގެ ޗެއަރމަން އިބްރާހީމް ސަލީމް (ބަންދު ސަލީމް) އާއި ހިލްޓަން އޭޝިއާ ޕެސިފިކް، ލަގްޒަރީ އެންޑް ލައިފް ސްޓައިލްގެ ވައިސް ޕްރެސިޑެންޓް ޑެނިއަލް ވެލްކްއެވެ.

މި އަހަރުގެ ފޯރަމްގެ ޓައިލް ސްޕޮންސަރަކީ ދިރާގެވެ. ސިލްވަރ ސްޕޮންސަރަކަށް ޕްރިކޮރ އިންކް ހަޖައްސާފައިވާއިރު ޕްލެޓިނަމް ސްޕޮންސަރުންނަކީ އެޗް.އާރް.އެސް ، ކޯހްލާ، އެސް.އެން.އެސް، އެމް.ޑަބްލިޔު.އެސްސޯގެ އިތުރު އެލައިޑް އިންޝުއަރެންސްއެވެ.

ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޖީއެމް ފޯރަމަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އެދާއިރާގެ ތަޖުރިބާކާރު އިސްވެރިންނާއި އެކު ކުރިއަށްގެންދާ ފޯރަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް