
| 7 ޖެނުއަރީ 2017 | ހޮނިހިރު 00:29 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ރާއްޖޭގެ ރަށެއް ޗައިނާގެ ކުންފުންޏަކަށް ވިއްކާލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ރަށްތައް ބޭރުގެ ކުންފުނިތަކަށް ވިއްކާ މައްސަލައިގައި އިންޑިއާ އިން ކަންބޮޑުވުން ފާޅުކޮށް، އެކަމާ ބެހޭ މަޝްވަރާތައް ރާއްޖެއާއެކު ކުރުން އެކަށީގެންވާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.
އިންޑިއާގެ "ދަ އިކޮނޮމިކް ޓައިމްސް" ނޫހުން ބުނީ ފޭދޫފިނޮޅު ޗައިނާގެ ކުންފުންޏަކަށް ހަތަރު މިލިއަން ޑޮލަރަށް ވިއްކާލާފައިވާ މައްސަލާގައި އިންޑިއާ އިން ކަންބޮޑުވެފައިވާ ކަމަށާއި، އެކަމުގެ މަޝްވަރާތައް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެގޮތުން އަންނަ ޖެނުއަރީ މަހު ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގައި މިކަމާ ބެހޭ މަޝްވަރާތައް ކުރުން އެކަށީގެންވާ ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.
އެ ނޫހުން އިތުރަށް ބުނެފައި ވަނީ ރާއްޖޭގެ މައި އެއާޕޯޓާ ކައިރީގައިވާ ފޭދޫފިނޮޅު ޗައިނާގެ ކުންފުންޏަކަށް ވިއްކާލުމަކީ އިންޑިއާ ކަނޑުގައި އިންޑިއާ އަށް ގެއްލުންތަކެއްވުން އެކަށީގެންވާ ކަމެއް ކަމަށެވެ.
އޭގެ އިތުރުން އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަ ކުރުމަށް އެކި ފުރުސަތުތައް ހޯދުމަށް އެގައުމުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެހެންކަމުން ރާއްޖޭގެ ރަށްތައް ބޭރުގެ ކުންފުނިތަކަށް ވިއްކުމަކީ އިންޑިއާ އިން ކަންބޮޑުވާނެ ކަމެއް ކަމަށް ބުނެފައި ވެއެވެ.
ދިވެހި ފުލުހުންގެ އެކި ބޭނުންތަކަށް ދޫކޮށްފައި އޮތް ފޭދޫފިނޮޅު ޗައިނާގެ ކުންފުންޏަކަށް ހަތަރު މިލިއަން ޑޮލަރަށް ވިއްކާލާފައިވާއިރު، އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި އައްޑޫއަށް ނިސްބަތްވާ ދިވެހި ވިޔަފާރިވެރިއަކު ހިމެނޭކަން ރާއްޖެ ޓީވީ އަށް ވަނީ އެނގިފަ އެވެ.
ބިޑު ކުރުމެއް ނެތި ރާއްޖޭގެ ރަށްތައް ވިއްކާލެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއެކު ޓޫރިޒަމް މިނިސްޓްރީން ވަނީ ބިޑު ކުރުމެއް ނެތި 11 ރަށަކާއި، ދެ ފަޅެއް ވިއްކާލުމަށް އިއުލާންކޮށްފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް