18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރަސްފަންނު ފަވީލާ

ރަސްފަންނު ޕެވިލިއަން މިރޭ ހުޅުވަނީ

  • އެތަނުގެ ގްރައުންޑް ފްލޯގައި ފެންވެރޭ ގޮތަށް ފާހާނާތަކަކާއި ކާއެއްޗެތި ވިއްކާ ހާއްސަ ފިހާރައެއް ހިމެނޭ
  • ރާއްޖޭގައި ގްލޯރިއާ ޖީންސް ކޮފީސް ބްރޭންޑްގެ އައުޓްލެޓެއް ހުޅުވާ މިއީ ފުރަތަަމަ ފަހަރު
އަމިނަތް ނުޒުހާ | nuzu8121

| 2 އޭޕުރިލް 2018 | ހޯމަ 11:30 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ރަސްފަންނުގައި ތަރައްގީ ކޮށްފައިވާ ޕެވިލިއަން -- ފޮޓޯ : މުހައްމަދު ޝަރުހާން

"ރަސްފަންނު" ބީޗްގައިގައި ހަދާފައިވާ ޕެވިލިއަންގެ މަސައްކަތް ނިމި ހޯމަ ދުވަހުގެ ރޭ ހުޅުވާ ގޮތަށް ނިންމައިފިއެވެ.

ހޯމަ ދުވަހުގެރޭ 20:00 ގައި ހުޅުވުމަށް ނިންމާފައިވާ ޕެވިލިއަންގައި ގާއިމްކޮށްފައި ވަނީ އޮސްޓްރޭލިއާގެ މަޝްހޫރު ފްރެންޗައިޒް ކޮފީ ހައުސްއެއް ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީސް" ގެ އައުޓްލެޓެކެވެ. މިއީ ރާއްޖޭގައި ގްލޯރިއާ ޖީންސް ކޮފީސް ބްރޭންޑްގެ އައުޓްލެޓެއް ހުޅުވާ ފުރަތަަމަ ފަހަރެވެ.
ރަސްފަންނު ޕެވިލިއަން ތަރައްގީކުރަނީ އެތަނުގެ ފުރަތަމަ ފަންގިފިލާގައި ކެފޭ އޭރިއާ ހެދުމަށް ފަހު އެތަނުގެ ގްރައުންޑް ފްލޯގައި ފެންވެރޭ ގޮތަށް ފާހާނާތަކަކާއި ކާއެއްޗެތި ވިއްކާ ހާއްސަ ފިހާރައެއް ހިމެނޭ ގޮތަށެވެ. މީގެ އިތުރުން މަގުގެ އަނެއް ފަރާތުން ޕެވިލިއަންގެ ފަސްޓް ފްލޯއަށް ދެވޭ ގޮތަށް އޯވަހެޑް ބުރިޖަކުން ވަނީ ގުޅާލާފައެވެ.

 މި ޕެވިލިއަންގައި ރެސްޓޯރަންޓް އަދި ކެފޭތައް ހުންނާނީ މަތީ ދެ ބުރީގައެވެ. 

ޕެވިލިއަންގައި ފްރެންޗައިޒްއެއް އައުޓްލެޓެއް ހުޅުވާ އިރު އިތުރު އެހެން ބައެއް ބްރޭންޑްތައް ވެސް ދަނީ ހުޅުވަމުންނެވެ. އެގޮތުން ފާއިތުވި ހަފުތާގައި އަމީނީ މަގުގައި ހުންނަ ގާކޮށި ފްލެޓްގެ ތިރީގައި ޕިއްޒާ ހަޓްގެ އައުޓްލެޓެއް ހުޅުވާފައިވާ އިރު އެ ތަނުގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ހުޅުމާލެ ޓީމިނަލްގައި ދަ ކޮފީ ކްލަބާއި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް