15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

މައުމޫން

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

ސަހުބާން ފަހުމީ | sahubaan

| 7 ޖެނުއަރީ 2017 | ހޮނިހިރު 00:23 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ކްރިމިނަލް ކޯޓް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ކުރިމިނަލް ކޯޓަށް 2015 ވަނަ އަހަރުގައި ހުށަހެޅި މައްސަލަތަކަށް ވުރެ 2016 ވަނަ އަހަރުގައި ހުށަހެޅި މައްސަލަތައް ވަރަށް ބޮޑުތަން އިތުރުވެގެން ހިނގައްޖެއެވެ.

 

ކްރިމިނަލް ކޯޓުގެ ތަފާސްހިސާބްތަކުން ދައްކާ ގޮތުގައި ޕްރެސިކިޔުޓަރ ޖެނެރަލްގެ އޮފީހުން މިއަހަރު މިހާތަނަށް 1563 މައްސަލަ ހުށަހަޅާފައިވެއެވެ،

މިއީ 2015 ވަނަ އަހަރު  ކްރިމިނަލް ކޯޓަށް ހުށަހެޅުނު ޖުމްލަ 806 މައްސަލައާ އަޅާ ބަލާއިރު، 757 އިތުރު އަދަދެކެވެ. 

މީގެ ތެރެއިން ގިނަ މައްސަލަތަކަކީ މުޅިން އަލަށް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކެކެވެ. މަދުންނަމަވެސް މިމައްސަލަތަކުގެ ތެރޭގައި ތަފާތު ސަބަބުތަކާހުރެ ކުރިން ހުށަހަޅައި އަނބުރާ ގެންގޮސްފައިވާ މައްސަލަތައްވެސް ހިމެނެއެވެ.

މީގެ ތެރެއިން ގިނަ މައްސަލަތަަކަކީ މިއަހަރު ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކެއް ނޫންކަން ފާހަގަކުރެވެއެވެ. މިގޮތުން މިއަހަރު އެންމެ ގިނަ މައްސަލަތައް ކޯޓަށް ހުށަހަޅާފައިވަނީ ފަހު ތިންމަހުއެވެ.

އެގޮތުން އޮކްޓޯބަރ މަހު 241 މައްސަލައަކާއި، ނޮވެމްބަރ މަހު 140 މައްސަލައަކާއި، ޑިސެމްބަރ މަހު 210 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި މީގެ ތެރެއިން އިސްލާހްކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ކޯޓަށް ޤަބޫލްކުރެވޭތީ އިސްލާހު ކުރުމަށް އަނބުރާ ފޮނުވާލި 163 މައްސަލަ ފިޔަވާ އެހެންހުރިހާ މައްސަލައެއް މިހާރު ވަނީ ކޯޓަށް ބަލައިގަނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް