22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

އިކޮނޮމިކް މިނިސްޓްރީ

ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކުން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުއްދަ ދެނީ

  • އެ ބަދަލު ގެންނާނީ ހަރުދަނާ އުސޫލެއް ޤާއިމްކުރުމަށްފަހު
  • މި ބަދަލު ގެންނަން ސަރުކާރުން ނިންމީ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވުމުން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 2 އޭޕުރިލް 2018 | ހޯމަ 02:36 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  7. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
  8. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު


މާލޭގެ ފިހާރައަކަށް ފެން ކޭސްތަކެއް ބާލަނީ - ވިޔަފާރިކުރުމުގެ ހުއްދަ 24 ގަޑިއިރަށް ދިނުމަށް ވަނީ ނިންމާފަ -- ފޮޓޯ : މުހައްމަދު ޝަރުހާން

ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތައް ހުޅުވައި، ޚިދުމަތް ދެވޭ ގަޑިތައް 24 ގަޑިއިރަށް ބަދަލުކުރަން ނިންމައި، އެކަމުގެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. 

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކަށް 24 ގަޑިއިރު ޚިދުމަތްދޭ ތަންތަނަށް ބަދަލުކުރުމަށް ވާންޖެހޭ ތައްޔާރީތައް އެ މިނިސްޓްރީން ވަމުން އަންނަކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތައްކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ތައުފީޤް ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނާނީ ހަރުދަނާ އުސޫލެއް ޤާއިމްކުރުމަށްފަހުގައެވެ. އަދި އެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކުއްލިގޮތަކަށް މި ބަދަލު ގެންނަން ނިންމި ސަބަބާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ މި ބަދަލު ގެންނަން ސަރުކާރުން ނިންމީ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވުމުން ކަމަށެވެ. 

ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތައް ހުޅުވައި ޚިދުމަތް ދެވޭ ގަޑިތައް 24 ގަޑިއިރަށް ބަދަލުކޮށް، ވިޔަފާރިކުރުމުގެ ހުއްދަ އެންމެފަހުން ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައެވެ. އަދި އެ ބަދަލު ވެގެންގޮސްފައިވަނީ ދިވެހިންގެ ތެރެއިން ގިނަ ބަޔެއްގެ ދިރިއުޅުމަށް ބޮޑު ފަސޭހައެއް ގެނައި ބަދަލަކަށެވެ. ނަމަވެސް އެ ހުއްދަ ނިމުމަކަށް ގެނެސްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ޝާމިލްވުމާއެކު އުފެދުނު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް