19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އިކޮނޮމިކް މިނިސްޓްރީ

ޕެޓްރޯލް ޝެޑްތައް 12 ޖަހާއިރު، ކެފޭ ރެސްޓޯރަންޓްތައް 1 ޖަހާއިރު ބަންދުކުރާގޮތަށް ބަދަލުކޮށްފި

 • މި ބަދަލަށް އަމަލުކުރަން ފަށާފައިވަނީ އޭޕްރީލް މަހުގެ އެއްވަން ދުވަހުން ފެށިގެން
 • މި ބަދަލު ގެނެސްފައިވަނީ މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލުތަކާ ގުޅިގެން
 • ޑެލިވަރީ ކުރުމަށް ދިހައެއްގެ ފަހުންވެސް ފިހާރަތައް ހުޅުވޭނެ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 2 އޭޕުރިލް 2018 | ހޯމަ 01:55 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 6. ޕްރިޔަންކާ އިނީ ބަލިވެ؟
 7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


މާލޭގެ މަގުމަތި - ކެފޭ ރެސްޓޯރަންޓްތައް ބަންދުކުރާ ގަޑިތަކަށް ވަނީ ބަދަލުގެނެސްފަ -- ފޮޓޯ : މުހައްމަދު ޝަރުހާން

ޕެޓްރޯލް ޝެޑްތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ. 

އިކޮނޮމިކް މިނިސްޓްރީން ގެނައި މި ބަދަލުގެ ދަށުން ޕެޓްރޯލް ޝެޑްތައް 12 ޖަހަންދެން ހުޅުވާފައިބެހެއްޓޭނެއެވެ. އަދި ކެފޭ ރެސްޓޯރަންޓްތައް 1 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެއެވެ. މި ބަދަލަށް އަމަލުކުރަން ފަށާފައިވަނީ އޭޕްރީލް މަހުގެ އެއްވަން ދުވަހުން ފެށިގެންނެވެ. 

މީގެކުރިން ޕެޓްރޯލް ޝެޑްތައް 10 ޖަހާއިރު ބަންދުކުރަންޖެހެއެވެ. އަދި ކެފޭ ރެސްޓޯރެންޓުތައް 12 ޖަހާއިރު ބަންދުކުރަންޖެހެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މި ބަދަލު ގެނެސްފައިވަނީ މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާއި ގުޅިގެނެވެ. ދައުލަތުގެ މީޑިއާ، ޓީވީއެމްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢާދަމް ތަޢުފީޤް ވިދާޅުވީ ރޭގަނޑު 10 ޖަހާއިރު ފިހާރަތައް މިހާރު ބަންދުކުރިނަމަވެސް ވިޔަފާރިވެރިން ބޭނުންނަމަ ޑެލިވަރީ ކުރުމަށް ދިހައެއްގެ ފަހުންވެސް ފިހާރަތައް ހުޅުވޭނެ ކަމަށެވެ. 

މާލެތެރޭގައި ޕިކަޕް/ލޮރީތަކުގައި މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާއި ގުޅިގެން ވިޔަފާރިވެރިން އަންނަނީ ގިނަ ޝަކުވާތަކެއް ކުރަމުންނެވެ. އަދި ގެނައި ބަދަލުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެގެންދާނެކަމުގެ އިންޒާރުވެސް ވިޔަފާރިވެރިން ވަނީ ދީފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް