20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

އުރީދޫ މޯލްޑިވްސް

ފަސް ލައްކަ ރުފިޔާގެ އަގުހުރި އިނާމްތަކާއެކު އުރީދޫގެ 'ފުޓްބޯޅަ ފޯރި' ތައާރަފްކޮށްފި

  • މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 29 ޖުލައިގެ ނިޔަލަށް
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 1 އޭޕުރިލް 2018 | އާދީއްތަ 18:53 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  5. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  8. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!


އުރީދޫއިން އަންނަނީ ގިނަ ޕްރޮމޯޝަންތަކެއް ހިންގަމުން -- އުރީދޫ

ފަސް ލައްކަ ރުފިޔާގެ އަގުހުރި އިނާމްތަކާއެކު އުރީދޫއިން  "ފުޓްބޯޅަ ފޯރި" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނެފައިވަނީ މި ޕްރޮމޯޝަނަކީ އެސްއެމްއެސް މެދުވެރިކޮށް ކުރިޔަށްގެންދާ ހާއްސަ ޕްރޮމޯޝަންތަކަށް ކަސްޓަމަރުންގެ ސަބަބުން ލިބޭ ތަރުހީބުގެ ސަބަބުން ތައާރަފްކުރި ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 29 ޖުލައިގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ އިނާމްތަކުގެ ގޮތުގައި ފަސް ލައްކަ ރުފިޔާގެ އަގުހުރި އިނާމްތަކެއް ކަނޑައެޅިފައިވާ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. އެގޮތުން ކޮންމެ ހަފްތާއަކު އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ބައިވެރިޔަކަށް އައިފޯން 10 އެއް ލިބޭއިރު ކޮންމެ މަހަކު އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ބައިވެރިޔަކަށް ޕީއެސް 4 ޕްރޯއާއެކު 55 އިންޗީގެ ސެމްސަންގ ކާރވްޑް ފުލް އެޗްޑީ ޓީވީއެއް ލިބޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން "ގޯ" ޖެއްސެވުމަށް ފަހު 4242 އަކަށް އެސްމެއެސް ކުރެއްވުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ކޮންމެ ބައިވެރިއަކަށް ވެސް އަކުރުތަކެއް އެކުލެވޭ އެސްއެމްއެސްއެއް ލިބިގެންދާއިރު މި އަކުރުތައް ބޭނުންކޮށްގެން ބަސް ހެދުމަށް ފަހު 4242 އަކަށް އެސްއެމްއެސް ކުރައްވަން ޖެހެއެވެ. ތިން އަކުރުގެ ނުވަތަ އެއަށް ވުރެ ދިގު، ސައްހަ ބަހެއްކަމުގައި ވާނަމަ، އެބަހުގައި ހިމެނޭ ކޮންމެ އަކުރަކަށް 100 ޕޮއިންޓް ލިބޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. ހަމައެހެންމެ ލިބިފައިވާ އަކުރުތައް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އުރީދޫއިން ބުނެފައިވެއެވެ.

މި ޕްރޮމޯޝަންގެ އިތުރު މައުލޫމާތު ހޯއްދެވުމަށް 4242 އަކަށް 'ހެލްޕް' ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރުމުން އަދި އެ ކުންފުނީގެ ވެބްސައިޓްއިން ވެސް ލިބޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް