17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

މައުމޫން

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

ސަހުބާން ފަހުމީ | sahubaan

| 6 ޖެނުއަރީ 2017 | ހުކުރު 23:00 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

2015 ވަނަ އަހަރާ އަޅައިބަލާއިރު 2016 ވަނަ އަހަރު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާކަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ތަފާސްހިސާބްތަކުން ދައްކައިފިއެވެ.

ޑީޖޭއޭގެ ތަފާސްހިސާބްތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރުގައި ދަށުކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދަށްވުރެ 13.6 ޕަސެންޓް ވަނީ އިތުރުވެފައެވެ.

އެގޮތުން 2015 ވަނަ އަހަރުގައި 17712 މައްސަލަ ދަށު ކޯޓުތަކަށް ހުށަހެޅިފައިވާއިރު، 2016 ވަނަ އަހަރުގައި ދަށުކޯޓުތަކަށް 20116 މައްސަލަ ހުށަހެޅިފައިވެއެވެ. މިއީ 2015 ވަނަ އަހަރާ އަޅައިބަލާއިރު 2404 މައްސަލައިގެ އިތުރުވުމެކެވެ.

ޑީޖޭއޭގެ ތަފާސްހިސާބްތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު ދަށުކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގައި ނިންމި މައްސަލަ އަދަދަށްވުރެ 6.6 ޕަސެންޓް މައްސަލަ އިތުރުވެފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރުގެ ތެރޭގައި 19372 މައްސަލަ ދަށު ކޯޓުތަކަށް ހުށަހެޅިފައިވާއިރު، 2016 ވަނަ އަހަރުގައި ދަށުކޯޓުތަކުން 20678 މައްސަލަ ވަނީ ނިންމާފައެވެ. މިއީ 2015 ވަނަ އަހަރާ އަޅައިބަލާއިރު 1306 މައްސަލައިގެ އިތުރުވުމެކެވެ.

ހަމައެހެންމެ 2016 ވަނަ އަހަރު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކަށްވުރެ ކޯޓުތަކުން ނިންމި މައްސަލަތަކުގެ ޢަދަދު ވަނީ އިތުރުވެފައެވެ. މިގޮތުން 2016 ވަނަ އަހަރުގައި ކޯޓުތަކުގެ ކޭސް ކްލިއަރެންސް ރޭޓު ހުރީ 103 ޕަސެންޓުގައެވެ. 2015 ވަނަ އަހަރެކޭވެސް އެއްގޮތަށް 2016 ވަނަ އަހަރުގައި ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން ނިންމި މައްސަލަތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

ޑީޖޭއޭގެ ހިސާބްތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދަށް ވުރެ 2016 ވަނަ އަހަރުގެ ނިޔަލަށް ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ވަނީ 7.8 ޕަސެންޓް ދަށްކުރެވިފައެވެ. އެގޮތުން 2015 ވަނަ އަހަރުގައި 7178 މައްސަލަ ދަށު ކޯޓުތަކުގައި ނުނިމި ހުރިއިރު، 2016 ވަނަ އަހަރުގެ ނިޔަލަށް ކޯޓުތަކުގައި ނުނިމި ހުރީ 6616 މައްސަލައެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 562 މައްސަލައިގެ ދަށްވުމެއްކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން 2015 ވަނަ އަހަރުގެ ނިޔަލަށް ދަށުކޯޓުތަކުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ 27 ޕަސެންޓް މައްސަލަ ހުރިއިރު، 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މައްސަލަތައް ހުރީ 12 ޕަސެންޓް ގައެވެ.

އެގޮތުން 2015 ވަނަ އަހަރު ގައި ދަށު ކޯޓުތަކުގައި އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާ 1948 މައްސަލަ ހުރިއިރު، 2016 ވަނަ އަހަރުގެ ނިޔަލަށް ދަށުކޯޓުތަކުގައި ހުރީ އެއް އަހަރަށް ވުރެގިނަ ދުވަސްވެފައިވާ 798 މައްސަލައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް