13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ސަލާމަތީ މަޖިލިސް

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

  • ރާއްޖޭގެ ޚާރިޖީ ސިޔާސަތު ސިފަކުރަނީ "ލާހޫރޭ ސިޔާސަތެއް"ގެ ގޮތުގައި
  • ސަރުކާރުން ގެންދަނީ އެފްރިކާ އަދި އިރުމަތީ ޔޫރަޕްގެ ސަފީރުން ރާއްޖެއަށް ގެންނަމުން
މިއުވާން މުހައްމަދު | @Miuvaan

| 1 އޭޕުރިލް 2018 | އާދީއްތަ 16:58 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


ރާއްޖެ ވަޑައިގެންނެވި ޒެމްބިއާގެ ސަފީރާއިއެކު ރާއްޖޭގެ ސަފީރު (ކ) އަލީ ނަސީރު. ދެޤައުމުން ވަނީ ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައި. -- ފޮރިން މިނިސްޓްރީ

އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާން އެންމެ ފުރަތަމަ ނިންމީ ރައީސް މައުމޫންގެ ވެރިކަމުގައެވެ. އޭރު ރާއްޖެއަކީ ވަކި ފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް ގެންގުޅެމުން އައި، ބޭރުގެ ޤައުމުތަކާއި ގުޅުން ރަނގަޅު ޤައުމެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖެއަށް އައި ސިޔާސީ ހަލަބޮލިކަމުގައި ވެސް، ރާއްޖެއިން ދިޔައީ ބޭރުގެ ޤައުމުތަކާއިއެކު އޮންނަ ގުޅުން ދަމަހައްޓައި، ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ނަން ހިފަހައްޓަމުންނެވެ.

1 ޖެނުއަރީ 2019ގައި ފެށޭ ސަލާމަތީ މަޖިލީހުގެ ދައުރުގައި، އެމަޖިލީހުގެ ދާއިމީ ނޫން 10 ޤައުމުގެ ތެރޭގައި ހިމެނުމަށް ރާއްޖެއިން މަސައްކަތްކުރަމުން އަންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އެހެން ނަމަވެސް މިއަހަރު މެދުތެރޭގައި ނިއުޔޯކްގައި އޮންނަ އދގެ އާއްމު މަޖިލީހުގެ 72ވަނަ ޖަލްސާގައި ސަލާމަތީ މަޖިލީހުގެ ގޮނޑިތަކަށް މެމްބަރުން ހޮވާއިރު، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ ކިހިނެއްތޯއެވެ؟ ފުރަތަމަ ކަމަކަށް އާއްމު މަޖިލީހުގެ ޖަލްސާއަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގަތްފަހުން ހާޒިރެއް ނުވެއެވެ. މިއަހަރު ވަޑައިގެން މިރާއްޖެއަށް ވޯޓެއް ދެއްވާށޭ ދެންނެވިޔަސް ޤައުމުތަކުން ޖަވާބަކަށް އަރުވާނީ "މިއީ ކާކުހޭ" ނޫންތޯއެވެ؟

އެކަމަށް ސަރުކާރުން އެވަނީ ހައްލެއް ހޯދާފައެވެ. ދުނިޔޭގެ ކުދި، ފަޤީރު އަދި ކޮރަޕްޓް ޤައުމުތަކަށް ދިވެހިރާއްޖެއަކީ ކޮންތަނެއްކަން ކިޔައިދިނުމަށް ސަރުކާރުން އެއޮތީ ފޫގަޅާފައެވެ. ޚާރިޖީ ސިޔާސަތު ކޮންތާކުން ކިޔަވައިވިދާޅުވެގެން ވަޑައިގެންނެވި ބޭފުޅަކު ދެއްވި ޚިޔާލެއް ބާވައޭ ހިތަށް އަރައެވެ. ސަރުކާރުން އެކަމުގައިވެސް ނެގީ އެންމެ ކަތި ފިޔަވަޅެވެ. ޤައުމުތަކުގެ ޚާރިޖީ ދާއިރާގެ އިސް ބޭފުޅުންނާއި ބައްދަލުކޮށް، ވާހަކަ ދައްކައިގެން ތާޢީދެއް ނުލިބުމުން، ދެން ފެށީ ނިއުޔޯކުގައި ތިއްބަވާ، އެކި ޤައުމުތަކުން އދއަށް ކަނޑައަޅާފައިވާ މަންދޫބުންނާއި ބައްދަލު ކުރުމަށެވެ. އެކަން ވެސް ކުރަން ފެށީ އެންމެ ޚަރަދު ބޮޑުކޮށެވެ. ރާއްޖެއިން ވަފުދެއް ނިއުޔޯކަށް ވަޑައިގެން އެބޭފުޅުންނާއި ބައްދަަލުކުރެއްވުމުގެ ބަދަލުގައި، ސަފީރުން ރާއްޖެ ގެންނަވައި، އަގު ބޮޑެތި ރިސޯޓުތަކުގައި އެބޭފުޅުން ބައިތިއްބަވައިގެން ޚަރަދުކުރައްވަނީ ސަރުކާރުގައި ފައިސާ ގިނަވެގެންތޯއެވެ؟ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން އެފްރިކާގެ ޑިކްޓޭޓަރުން ތަމްސީލްކުރައްވާ ސަފީރުން ވެސް ހިމެނޭ ގޮތަށް ބޭބޭފުޅުން ބޮޑު ޚަރަދުކޮށްގެން ޓިކެޓް ދީގެން ގެންނަނީ ކޮން މޮޅެއްވާނެ ކަމަށްތޯއެވެ؟

އދ ގައި ތިއްބަވާ ސަފީރުން ބަނޑޮހަށް ގެނެސްގެން ސަރުކާރުން އެކުރައްވާ ކަމެއް ކުރައްވަނީ ވަރަށް ވެސް ސިއްރިޔާތުގައެވެ. ރާއްޖެ ވަޑައިގެންނެވީ ކޮންކޮން ޤައުމުތަކެއްގެ ސަފީރުންތަކެއްކަން ވެސް ހާމަކުރަން ޚާރިޖިއްޔާއިން ބޭނުމެއް ނުވިއެވެ. އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި ރާއްޖެ ވަޑައިގެންނެވި ސަފީރުންނަކީ އަލްބޭނިއާ، ބޮސްނިއާ ހަޒްގޮވީނާ، ރިޕަބްލިކް އޮފް ކޮންގޯ، ގެމްބިއާ، މޮޒަމްބީކް، ނައިޖީރިއާ، ސޯމާލިއާ، ޒެމްބިއާ، އެރިޓްރިއާ، މެސަޑޯނިއާ، އިކުއިޓޯރިއަލް ގިނީ އަދި ޒިމްބާބްވޭގެ ސަފީރުންނެވެ. އިރުމަތީ ޔޫރަޕް އަދި އެފްރިކާގެ ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސް، ރާއްޖޭގެ ގޮނޑޮދޮށްތައް ދައްކާލައި، މަތީފަންތީގެ ރިސޯޓްތަކުގައި ހަފްތާއެއްގާ ދުވަހު ގެންގުޅެލެވުނީމާ ސަރުކާރުން ބޭނުންވާހާ ކަމެއް ވާނެ ކަމަށް ހީކުރަނީތޯއެވެ؟ 

ފާހަގަ ކޮށްލެވޭ ހެއްވާ އަނެއްކަމަކީ މިބޭބޭފުޅުން ގެންނަވަން ރާއްޖެއިން ދެއްކި ހުއްޖަތެވެ. މާމޮޅު ވޯކްޝޮޕެއް ހިންގަނީޔޯލައެވެ. ތަރައްޤީގެ ވާހަކަޔާއި، މަސްވެރިކަމުގެ ވާހަކަ ސަފީރުންނަށް ކިޔައިދެނީ ކަމަށް އަޑުތައް އިވެއެވެ. ރާއްޖެ ވަޑައިގެންނެވި ބައެއް ސަފީރުންގެ ޤައުމުތަކަކީ ފެންނަ ހިސާބެއްގައި ކަނޑު އޮތް ޤައުމުތަކެއް ނޫނެވެ. ދެން އެބޭފުޅުންނަށް ކިޔައިދޭން މިއުޅެނީ ކޮން މަސްވެރިކަމެއްތޯއެވެ؟

ކިތަންމެ ވަރަކަށް ސަފީރުން ގެނެސް، ރާއްޖޭގެ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ސިއްރުން ހޭދަކުރިޔަސް، ދުނިޔޭގެ ޤައުމުތަކުން ވިސްނާނެ ކަންކަން ހުންނާނެއެވެ. ރާއްޖެއާއިއެކު އޭޝިއާ ޕެސިފިކްގެ ގޮނޑިއަށް ވާދަކުރާ ޤައުމަކީ އިންޑޮނީޝިއާއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކާއި ގާތް ގުޅުމެއް އޮންނަ އިންޑޮނީޝިއާއިން ވެސް ގެންދަނީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވަރުގަދައަށް ކެމްޕޭން ކުރަމުންނެވެ. އދގެ މެމްބަރު ޤައުމުތަކާއި، މެމްބަރު ޤައުމުތައް ނިސްބަތްވާ އެހެން ޖަމާޢަތްތަކާއި އޮންނަ ގުޅުމަށް ބަލާއިރު، އިންޑޮނީޝިއާ އޮތީ ރާއްޖެއަށް ވުރެ މާ ފަސޭހަކޮށް ގޮނޑި ކާމިޔާބުކުރަން ތައްޔާރަށެވެ. ޗައިނާއިން ބޭނުންހާ ގޮތެއް ހަދަން ސަލާމަތީ މަޖިލީހަށް ވަންނާނެ ޤައުމަކަށް ފުރުސަތުދޭން ސަލާމަތީ މަޖިލީހުގެ ދާއިމީ އަނެއް 4 މެމްބަރުން ތިބޭނެތޯ ވެސް ސުވާލުކޮށްލަން ޖެހެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އޮރެންޖްބެރީ

7 މަސް ކުރިން

ސާއިދު ޓްރެއިންން ހަދަނީ ޖެމެއިކާގަ. ދެން ވެސް އެހެން އެތުލީތުން ޓްރެއިނިން ހަދަނީ މޮރޮކޯގައާ ބޮޓްސްވާނާގަ. މިއީ ހަމައެކަނި ކުޅިވަރުން ނެގި މިސާލުތަކެއް. ފަގީރު ގައުމަކަސް ނަސްލީ އިމްތިޔާޒު ނުވެ ގައުމުތަކާ ގުޅުން ބަދަހިކުރުމުން ފައިދާ އޮތީ ދިވެހިރާއްޖެއަށް. ދިވެހިން ތިގޮތަށް ދެކެންޏާ އެގަުމުގެ މީހުންނަށްވެސް ބުނެވެން އޮންނާނެ ކޮން ބޭނުމެއްހޭ އޮތީ ދުނިޔޭގެ ޗާޓަށްވެސް ގިނަ ފަހަރަށް ލައްވާނުލާ ދެތިން މީހުން އުޅޭ ކުޑަކުޑަ ގައުމަކާ ގުޅުން ބަދަހިކުރުމަކުން. މަމިބުނަނި ރާއްޖޭގަ އުޅެނީ ދެތިން މީހުންނެކޭ ނޫން. މިބުނަނީ އެމީހުންނަށްވެސް ތިގޮތަށް ނެގެޓިވްކޮށް އެކްސަޖަރޭޓްކުރުމުގެ ފުރުސަތު އެބައޮތޭ. އެކަމު އެމީހުން އެގޮތަކަށް ނުހަދައޭ. އޭގަ ބަދަލުގައި އެމީހުން ދިވެހިރާއްޖެއަށް ކުރީ އިހްތިރާމޭ. އެ ފަދަ އިހްތިރާމަކީ މިއަދު ދިވެހިންގެ . ތެރޭވަރަށް ނެތް އެއްޗެއް. އަަހަރެންނަކީ އެފްރިކާގެ ގައުމެއްގައި 3އަހަރު އުޅުނު ދިވެއްސެއް. އެގައުމު އޮންނަނީ ޒެމްބިއާއާ ޖެހިގެން. ދިވެހި ސަރުކާރުތަކުން އެކި ޒަމާންތަކުގައި ގުޅުން ބަދަހިކޮށްފައިވާތީ އެފެްރިކާގެ ގިނަ ގައުމުތަކަށް އޮން އެރައިވަލް ވިސާ ދިވެހިންނަށް ދޭ. އަދި ދިވެހިންނަށް ބައެއް ދާއިރާތަކުން ކުރު ކޯސްތައްވެސް ދޭ. މިވަގުތު އަހަރެން މިހިރީ އޭޝިއާގެ 2ވަނައަށް އެންމެ މުއްސަދި ގައުމުގައި. މިގައުމުގައިވެސް 2އަހަރު ވެއްޖެ. އެހެން ނަމަވެސް އެފްރިކާގެ ފަގީރު ގައުމުތަކުން އަހަރެންނަށް ފެނުނު ހިތްހެޔޮކަމާ އިންސާނީ އަހުވަންތަކަމެއް މި މުއްސަދި ގައުމަކުން ނުފެނޭ. .

1
1
އަބްދުބެ

7 މަސް ކުރިން

ޗައިނާ ބޭނުން ހާގޮތެއް ހަދަން އިތުރުގައުމެއް ބޭނުމެއް ނުވޭ.. ވީޓޯކުރެވޭ ގައުމެއް އެއީ އެމެރިކާ ފަދަ.. ދިރާސާކުރުން ރަނގަޅު

0
1
ހުޖަނަނ

7 މަސް ކުރިން

ބަލަގަ އޭރު ތިބިކަހަލަ ސްޕޯކްސް ޕަރސަން އިންނެއް މިހާރަކު ނެތެވެ! މިހާރު ތިބީ އެކަމުގައިވެސް ކިރުބޯ ޅަކުދިންނެވެ. އޭރު ތިބިމީހުން ނުވެސް ދަންނަކަމަށް ހަދާވަރުގެ ފެނިފަތިބި ޅަނދޮޅު ކުދިންނެވެ. ދެން ވާނެ ހައެތި މިވަނީއެވެ.

4
1