22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

މުދާ އުފުލުމަށް ގެނައި ބަދަލު

މުދާ އުފުލުމަށް ގެނައި ބަދަލާއި އެކު، ތަކެތީގެ އަގު ބޮޑުވެދާނެކަމުގެ އިންޒާރު!

  • މުދަލާއި ޚިދުމަތްތަކުގެ އަގު އަރައިގެން ހިނގައިދާނެކަމުގެ ބިރު އޮތްކަމަށް ވިޔަފާރިވެރިން ދެކޭ
  • މުދާ އުފުލުމަށް ގެނައި ބަދަލު ވިޔަފާރިވެރިންނަށް ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައި
އަމިނަތް ނުޒުހާ | nuzu8121

| 1 އޭޕުރިލް 2018 | އާދީއްތަ 16:08 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  7. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
  8. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު


ބޯޓަކަށް މުދާ ބަރުކުރަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން، ބައެއް ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، އޭގެ ސަބަބުން މުދަލުގެ އަގު ބޮޑުވާނެ ކަމަށް ބޮޑެތި ބައެއް ވިޔަފާރިތަކުން ބުނެފި އެވެ.

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުގެ މަގުސަދުގައި ކަމަށް ބުނެ އަމަލްކުރަން ފެށި އުސޫލުގެ ސަބަބުން ހޯލްސޭލް ވިޔަފާރިތަކަށް ވަރަށް ނުބައި އަސަރެއް ކުރާނެ ކަމަށް، އެ ވިޔަފާރިވެރިން ބުނެ އެވެ. މުދާ ޑެލިވަރީ ނުކުރެވޭތީ ގިނަ ކުންފުނިތަކުގެ ލޭބަރުން މިއަދު ތިބީ މަސައްކަތެއް ނެތިފަ އެވެ.

ރާއްޖެއެމްވީއާއި ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ބުނިގޮތުގައި މި ބަދަލުގެ ސަބަބުން ވާނެ އެއްވެސް ފައިދާއެއްނެތެވެ. އަދި ނުވިތާކަށް މުދަލާއި ޚިދުމަތްތަކުގެ އަގު އަރައިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތެވެ.

"އަސްލު މި ބަދަލުން އަޅުގަނޑުމެންގެ ވިޔަފާރިއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ، އަޅުގަނޑުމެންނަކީ ހޯލްސޭލް ކުރާ ބައެއް. ކުދި ވިޔަފާރިތަކަށް ކުރިން މުދާ އުފުލަމުން އައީ، ވިޔަފާރި ކުރާ ރަސްމީ ގަޑީގައި، އެއީ ހެނދުނު 8 އިން ރޭގަނޑު 6 އަށް. އެކަމަކު މިހާރު މި އައި ބަދަލާއި އެކު ރޭގަނޑަށް މި ބަދަލުވީ، އޭރުން މި ޖެހެނީ އިތުރު ތަކުލީފެއް. އިތުރު މުއައްޒަފުންނާއި، ވެހިކަލް އަދި ގުދަން ކުރުން ބޭނުންވާނެ. އޭގެ ސަބަބުން މުދަލުގެ އަގު ނުއުފުލާ ނުވާނެ" ބާޒާރު މަތީ ވިޔަފާރި ވެރިއަކު ބުންޏެވެ.

އޭނާ ބުނީ، ރޭގަނޑު ހޭލާ ތިބެގެން ކަސްޓަމުން މުދާ ނެރުމުގެ އަގާއި މުދާ އުފުލާ ވެހިކަލުތަކުގެ ފީ ވެސް ބޮޑުވާނެ ކަމަށެވެ. އަދި ހޭލާ ތިބެގެން މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު އެލަވަންސް ވެސް ދޭން ޖެހޭނެ ކަމަށެވެ. އަދި އެ ކަންކަމާއި ހުރެ މުދަލުގެ އަގު އުފުލަން މަޖުބޫރު ވާނެ ކަމަށެވެ. ބައެއް ވިޔަފާރިވެރިން ފާހަގަ ކުރި ގޮތުގައި، ރަށްރަށުގެ ދޯނިފަހަރަށް ރޭގަނޑު މުދާ ބަރުކުރަން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެގޮތުން ބާޒާރުމަތީ ފިހާރަތައް ކުދި ކަމުން އަބަދުވެސް ގެނެސް ބަހައްޓާފައި ހުންނަނީ މަދު މުދާކޮޅެއް ކަމަށް ބުންޏެވެ.

ވިޔަފާރިވެރިން ބުނި ގޮތުގައި  ޓްރެފިކް މައްސަލަ ހައްލުކުރަން ކަމަށް ބުނެ، ގެނައި މި ބަދަލުން އެއްބަޔަކަށް ލިބުނު ގެއްލުމުގެ އަސަރު އާއްމު ވިޔަފާރިތަކާއި އަދި ހިދުމަތް ހޯދާ އާންމު ރައްޔިތުންނަށް ވެސް ކުރާނެކަމަށެވެ.

"މި ނޫން އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އަދި މިއަދު އަމަލްކުރަން ފެށި ގަވާއިދު އެހެން ބައެއް ގަވާއިދުތަކާ ފުށުއެރުންތައް ހުރި. އެކަން ހައްލުކުރަން ވިޔަފާރިވެރިން މިނިސްޓަރާއި ވެސް ބައްދަލުކުރިން. ކަންބޮޑުވުންތައް ހިއްސާކުރިން. އެކަން ކަމަށް ބެލުމެއް ނެތި އުސޫލަށް އަމަލުކުރި އަސް އަދި ކަމަކު ނުދާނެ" ވިޔަފާރިވެރިއަކު ބުންޏެވެ.

ބާޒާރުމަތީ ބޮޑު ފިހާރައެއްގެ އިސް ސޭޓަކު ބުނިގޮތުގައި، އެ ފިހާރަތަކުން މުދާ ޑެލިވަރީ ކުރާ ކުދި ފިހާރަތައް ރޭގަނޑު 10 ޖަހާއިރު ބަންދުކުރާއިރު، މިޙާރު އޮތް ގޮތުން މުދާ އުފުލަން ޖެހެނީ ދަންވަރު ކަމަށް ވުމުން ދަންވަރު ފިހާރަތައް ހުޅުވައިގެން މަސައްކަތް ކުރަން ޖެހި، 24 ގަޑިއިރު އެކަމުގެ ތެރޭގައި އުޅެން ޖެހިދާނެއެވެ. އަދި އެކަމަކީ ވެސް އިންތިހާއަށް އުނދަގޫކަމަކަށް ވާނެކަމަށް އެފަރާތުން ބުންޏެވެ.

ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން ބާޒާރުމަތީ ފިހާރަތަކުން މުދާ ގަނެގެން ރަށުތެރޭގެ ފިހާރަތަކަށާއި ހޮޓާ، ރެސްޓޯރަންޓް، ކެފޭ ފަދަ އެއްވެސް ތަނަކަށް، އާދީއްތަ ދުވަހުން ފެށިގެން، މުދާ ނުގެންދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

އޭޕްރީލް އެއްވަނަ ދުވަހުން ފެށިގެން ފިހާރަތަކަށް މުދާ އުފުލޭނީ އިރުއޮއްސި 6 ން ފެށިގެންނެވެ. ނަމަވެސް ކުރިން ހަމަޖައްސާފައިވަނީ މުދާ އުފުލޭނީ ރޭގަނޑު 10ން ފެށިގެން ކަމަށެވެ. ފަހުން ބަދަލުކޮށްފައިވަނީ ވިޔަފާރިވެރިން ޝަކުވާކޮށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއެކު ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ.

މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުން ކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫން ވެސް ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލަންވާނީ އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށް ކަމަށެވެ.

. މި އުސޫލާއިއެކު، ކައްކާ ގޭސް އުފުލޭނީ ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އާ ދެމެދެވެ. މިބަދަލު ގެނެސްފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީން ޤަވާއިދަށް ގެނައި ބަދަލަކުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް