11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

މައުމޫން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ސަހުބާން ފަހުމީ | sahubaan

| 6 ޖެނުއަރީ 2017 | ހުކުރު 21:32 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ފުވައްމުލަކު ގޮނޑުދޮށަށް ހިލަ ލައްގާފައި -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

މިދިޔަ އަހަރުގެ އޯގަސްޓް މަހު ފުވައްމުލަކު ފަރަށް އެރި ވިއެޓްނާމްގެ ބޯޓު ފުންކުރަން އެ ރަށު ފަރުމައްޗަށް އުކާލުމުން ގޮނޑުދޮށަށް ލެއްގި ހިލަތައް އަދި ނަގާ ނުނިމޭ ކަމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހާމަ ކޮށްފިއެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހީމް ނައީމް ވިދާޅުވީ ފުވައްމުލަކު ފަރު މައްޗަށް ލައްގާފައިވާ ހިލަ ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލު ކޮށްފައި ވަނީ އަމިއްލަ ކުންފުންޏަކާ ކަމަށެވެ. އަދި އެ ކުންފުނިން އެ މަސައްކަތް ކުރަމުންދާ ކަމަށް ނައީމް ވިދާޅުވިއެވެ.

 

ނައީމް ވިދާޅުވީ ހިލަތައް ނަގާ ނިމޭނެ މުއްދަތެއް ސީދާ ދަންނަވަން ނެނގޭ ކަމަށާއި ނަަމަވެސް މަސައްކަތް ކުރަމުން ދަނީ ވީހާ ވެސް އަވަހަކަށް މަސައްކަތް ނިންމުމަށް ކަމަށް ނައީމް ވިދާޅުވިއެވެ.

 

ހިލަތައް ނަގަން ހަވާލުލޮށްފައި ވަނީ ފުވައްމުލަކަށް ނިސްބަތްވާ ފަހި ބިޒް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. އެ މަސައްކަތް ކުރިޔަށް ގެންދާނީ އެ ރަށުގެ ތިމާވެއްޓަށް އިތުރު ގެއްލުމެއް ނުވާނެ ގޮތަށް ބަލައިގެންނެވެ.

 

ފުވައްމުލަކުގެ ފެނާއި ނަރުދަމާ މަޝްރޫއު ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސިއެރާ ކުންފުނީގެ އޯޑަރަށް ގެނައި މުދާ ހިފައިގެން ދިޔަ "އެމްވީއެންޖީއޯސީ ސަން" ފަރަށް އެރުމުން ލިބުނު ގެއްލުމުގެ އަގު 633.7 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

 

ނަމަވެސް ބޯޓުގެ ވެރިފަރާތުން އެންގީ ބަދަލުގެ ގޮތުގައި ދެވޭނީ 1.8 މިލިއަން ޑޮލަރު (27.7 މިލިއަން ރުފިޔާ) ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ސަމާހު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް