16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޗައިނާގެ އިޤްތިޞާދު

ޗައިނާގެ އުފެއްދުންތެރިކަން ލަފާކުރި ވަރަށް ވުރެ މާޗް މަހު ރަނގަޅު

  • ޚިދުމަތުގެ ދާއިރާވެސް ވަނީ ކުރިއަރާފައި
މިއުވާން މުހައްމަދު | @Miuvaan

| 31 މާރޗް 2018 | ހޮނިހިރު 18:25 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ޗައިނާގެ ޑާލިއާންގައި ހުރި އެކަތަ ފެކްޓަރީއެއްގައި މުވައްޒަފަކު މަސައްކަތްކުރަނީ -- ރޮއިޓަރސް

ޗައިނާގެ އުފެއްދުންތެރިކަމުގެ ސިނާޢަތް މާޗް މަހު، ކުރިން ލަފާކުރި މިންވަރަށްވުރެ ރަނގަޅަށް ކުރިއަރާފައިވާ ކަމަށް މުހައްލިލުން ބުނެފިއެވެ.

މުހައްލިލުން ބުނާ ގޮތުގައި މާޗް މަހު އުފެއްދުންތެރިކަމުގެ ސިނާޢަތްތައް ކުރި އެރީ ޢިމާރާތްކުރުމުގެ ސިނާއަތް ކުރިއަރައި، އެކަތަ އުފައްދާ ކާރުޚާނާތަކުގެ މަސައްކަތް އިތުރުވުމުގެ ސަބަބުންނާއި، ބައެއް ޤާނޫނުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. 

ޕާޗޭސިންގ މެނޭޖަރސް އިންޑެކްސްއިން ދައްކާ ގޮތުގައި ޗައިނާގެ އުފެއްދުންތެރިކަމުގެ ސިނާޢަތް ވަނީ 51.5 އަށް އަރާފައެވެ. ފެބުރުއަރީ މަހު މި އިންޑެކްސް ހުރީ 50.3 ގައެވެ. ކުރިން އަންދާޒާކުރެވުނު ގޮތުގައި ފެބުރުއަރީ މަހުން، މާޗު މަހުގެ ނިޔަލަށް ޕާޗޭސިންގ މެނޭޖަރސް އިންޑެކްސް މައްޗަށްދާނެ ކަމަށް ބެލެވުނީ 50.5 އަށެވެ. 

ޗައިނާ ލޮޖިސްޓިކްސް އިންފޮމޭޝަން ސެންޓަރުން ބުނީ އަހަރުގެ ފުރަތަމަ ކުއާޓަރގައި އިޤްތިޞާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 6.8 އިންސައްތައެވެ. އެހެން ނަމަވެސް މިއަހަރު ކުރީކޮޅު ރޮއިޓަރސްއިން ހެދި ސަރވޭއެއްގައި މުހައްލިލުން ބުނީ ޗައިނާގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 6.6 އިންސައްތަކަމަށެވެ. 

ޗައިނާގެ ބޮޑެތި ކުންފުނިތަކަށް ވެސް ފުރަތަމަ ކުއާޓަރގައި ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ލިބުނުއިރު، ފެބުރުއަރީ މަހު ފައިދާ ދަށަށް ދިޔަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް މާޗް މަހު އެވްރެޖްކޮށް ލިބުނު ފައިދާ ކޮންމެވެސް ވަރަކަށް ވަނީ އިތުރު ވެފައެވެ.

މިއަހަރުގެ ފުރަތަމަ 2 މަސް ދުވަހު ޗައިނާއިން އެކްސްޕޯޓްކުރި ޓެކްނޮލޮޖީއާއި ގުޅުން ހުރި މުދަލުގެ ނިސްބަތް ވެސް ވަނީ ކުރިން ހީކުރި މިންވަރަށް ވުރެ އިތުރުވެފައެވެ. ޗައިނާގެ އުފެއްދުންތެރިކަމުގެ ދާއިރާގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ޓެކްނޮލޮޖީއާއި ގުޅުން ހުރި އުފެއްދުންތަކެވެ. 

އިޤްތިޞާދު ކުރިއެރި ނަމަވެސް، ޗައިނާ އާއި އެމެރިކާއާއި ދެެމެދު އޮންނަ ވިޔަފާރީގެ ވާދަވެރިކަން އިތުރުވެގެންދާއިރު، ޗައިނާގެ 'މުސްކުޅި' ސިނާޢަތްތަކާއި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ސިނާޢަތްތަކަށް އެކަމުގެ އަސަރު ކުރުމުގެ ބިރު އެބައޮތެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެޤައުމަށް އެތެރެކުރާ އެކަތައާއި އެލުމިނިއަމްއިން ނަގާ ޓެކްސް ބޮޑުކުރުމަށް ނިންމަވާފައިވާއިރު، ސީދާ ޗައިނާއިން އެތެރެކުރާ މުދަލަށް އިތުރު ޓެކްސްތަކެއް ތަޢާރަފް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އެކަތައަކީ ޗައިނާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ މައުދަންތަކުގެ ތެރެއިން އެންމެ ފައިދާބޮޑު އެއް މައުދަނެވެ.

އެހެން ނަމަވެސް ޗައިނާގެ މައުދަންތަކާއި ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި އެމެރިކާއިން ޓެކްސް ބޮޑުކުރި ނަމަވެސް، ޗައިނާގެ އެތެރޭގެ މާކެޓަށާއި އެޤައުމުން އެކަތަ އެކްސްޕޯޓްކުރާ އެހެން މާކެޓްތަކަށް ބޭނުންވާ މިންވަރަށް އެކަތަ ބޭރުކުރެވޭނަމަ އެޤައުމަށް ދިމާވާނެ މައްސަލަތައް ކުޑަވާނެއެވެ. އަދި ސީދާ ޗައިނާއިން އެމެރިކާއަށް އެކަތަ އެކްސްޕޯޓްކުރުން މަދުވި ނަމަވެސް، ނުސީދާކޮށް ޗައިނާގެ އެކަތައާއި އެކަތައިގެ ބާވަތްތައް އެމެރިކާއަށް އެތެރެވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރަށް ލާހިކެއް ނޫނެވެ. 

ޗައިނާގެ އުފެއްދުންތެރިކަމުގެ ސިނާޢަތްތަކުގެ އިތުރުން ޚިދުމަތުގެ ސިނާޢަތްތައް ވެސް މާޗް މަހު ވަނީ ކުރިއަރާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް