25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

މަގޭ ރިޕޯޓް

އިބޫ އާއި ޝިފާޒު ވިދާޅުވި ވައްކަމުގެ ބިނާ ދެކިބަލަ!

  • 25 ބުރީގެ އިމާރާތަކީ ވައްކަމުގެ ބިނާއެއް ކަމަށް ވިދާޅުވި
  • ދައުލަތަށް 1.3 ބިލިއަން ރުފިޔާގެ ގެއްލުންވި
  • ގެއްލިގެންދިޔައީ 15 އެއާޕޯޓެއް އެޅިދާނެ ފައިސާ
ޙުސައިން ޙަސަން | hucenhassan

| 31 މާރޗް 2018 | ހޮނިހިރު 18:06 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


އިބޫ އަދި ޝިފާޒު: އައިޖީއެމްއެޗްގެ އާ އިމާރާތް ވައްކަމުގެ ބިނާއަކަށް ސިފަ ކުރެއްވި -- ޓްވިޓަރ

ގާދޫކޮލުގެ ކޮޅުން ފެންނަން އޮތް ކުޑަކުޑަ މާލެ ދެކިބަލާށެވެ. ދަގަނޑާއި ބަންނަ ނަރު ވަށައިގެން، ކޮންކްރީޓު އަޅައި، އަރިހުރަހަށް އުފުލާފައިވާ އިމާރާތްތައް ދެކިބަލާށެވެ. އަޑިގުޑަށް ފަރުބަދަތަކެއްހެން ކަތިކައްޗަށް އަތުރާލާފައިވާ މަގުތައް ދެކިބަލާށެވެ. މަސްނުވީ ސޯބުތަކުން ދުން އަރުވަމުން އެދާ މޮޓަރުތައް ދެކިބަލާށެވެ. ފޫޓަކަށް ދުއްވާލިޔަސް ދުންމާރީގެ އަޑަށް ފުމެމުންދާ، ބަރުގޮނުގެ އަޑުން ގުގުމާލާފައިވާ މާލެއަށް ބަލާ ބަލާށެވެ. ގަސްކަރަ މަތިން އެ ފެންނަނީ ތަރައްގީއެވެ. އެންމެ އުހަށް ފެންނަން އެ ހުރީ ކޯޓޭގައި ނަގާފައިވާ ބޮޑު ދިދައެއް ނޫނެވެ. ރަތް ދަޅަ އަޅަމުންދާ، އިސްލާމީ މަރުކަޒުގެ ރަން ގުއްބެއް ވެސް ނޫނެވެ. މާލޭގެ މަލަމަތިން އެ ފެންނަނީ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީއެއް ނޫންތޯއެވެ. ދިވެހި ތާރީހުގައި ވެސް މިހާތަނަށް އެންމެ އުހަށް އުފުލާފައިވާ އިމާރާތެއް ނޫންތޯއެވެ؟ އެއީ އައީޖީއެމްއެޗްގެ 25 ބުރީގެ އިމާރާތެވެ. އެބުނާ ގޮތުން ނަމަ، އެއީ ރައީސް ޔާމީންގެ ތަރައްގީގެ ރަމްޒެވެ.

އެކަމަކު އިނގޭ ހެއްޔެވެ؟ ތަރައްގީގެ އެ ރަމްޒު ދިވެހިންނަށް ފެންނަނީ އެގޮތަށް ހެއްޔެވެ؟ ދިވެހިންގެ މުދަލުން، ދިވެހިންގެ މާލިއްޔާއިން ހަރަދުކޮށްގެން ފައްކާ ކުރަމުންދާ އެ އިމާރާތުގެ ހަގީގަތް ތިލަ ކޮށްދެއްވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. ޝިފާޒު ބަންޑުންކޮށްލި ވާހަކަ އަމުނާލާނަމެވެ.

"މާފަންނު ކޮޅަށް އަޅުގަނޑުމެން ނަޒަރު ހިންގާލީމަ ފެންނާނެ، ވަރަށް އުސް ބިނާއެއް. ސީދާ ވައްކަމުގެ ރަމްޒީ ބިނާއެއް. ކުރެއްވި ވައްކަމުގެ އެންމެ ބޮޑު ރަމްޒެއްގެ ގޮތުގައި ވަރަށް އުސްކޮށް އެ ބިނާ ތައްޔާރު ކުރައްވަނީ. ތާ އަބަދަށް ދިވެހި ރައްޔިތުންނަށް ވައްކަމެއް ސިފަވާނެ ގޮތަށް،" ގުޅިފައިވާ ޕާޓީތަކުން މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު އެ ވިދާޅުވީ ތެދެއް ހެއްޔެވެ؟ އެ ވިދާޅުވި ރަމްޒީ ބިނާއަކީ އައިޖީއެމްއެޗްގެ އާ އިމާރާތްތޯއެވެ. ނޭނގެއެވެ. އެކަން އެނގޭނީ ޝިފާޒަށެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ނައިބު ރައީސް އެ ވިދާޅުވީ ކޮން ފަދަ ވާހަކައެއް ހެއްޔެވެ؟ ބުނަން ހެޔޮވާވަރުގެ ވާހަކައެއްތޯއެވެ؟ އެފަދަ ބަދު ބަހެއް، ރައްދު ކުރެއްވީ ކީއްވެގެންތޯ އެވެ؟

ޝިފާޒު ވިދާޅުވި ވާހަކައިގެ ހަގީގަތް، ފުރޮޅާލަ ދެއްވާނީ ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އަޑު އައްސަވާށެވެ. އިބޫ ވިދާޅުވާ ހިސާބުތައް، އަދަދުތަކަށް، ކަނުލައި އަޑު އައްސަވާށެވެ.

"އަޅުގަނޑަކީ މާލިއްޔަތު ކޮމެޓީގައި އެ ލިޔުންތައް ބަލަމުންދާ މީހެއް. އެތަނަށް އެބައޮތޭ 53 މިލިއަން ޑޮލަރު ޕްރޮޕޯސަލެއް ހުށަހަޅާފަ. އަޅުގަނޑު ސުވާލަކީ އެއަށް ބެލުމެއް ނެތި، 142 މިލިއަން ޑޮލަރަށް  އިމާރާތް ކުރާ ފަރާތަކަށް ހަވާލުކުރީ ކީއްވެގެންތޯއޭ،" ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި އިބޫ ވިދާޅުވިއެވެ.

އިބޫ ތިލަކޮށްދެއްވި އެ ވާހަކަތަކުން ތަރައްގީގެ ނަމުގައި ކެޔޮކޭވަރު އެ އޮތީ ފެންނާށެވެ. ފުރޮޅާލެއްވި ބިތުފަންގިން އެނގެން އޮތީ، ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި ކަނޑައެޅިގެން ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމެވެ. ހަގީގަތަށް އެނބުރިލަމާ ހިނގާށެވެ. ދައުލަތަށް ގެއްލުން ނުވާނެ ގޮތަށް 53 މިލިއަން ޑޮލަރަށް އައިޖީއެމްއެޗްގެ އާ އިމާރާތުގެ ހުރިހާ މަސައްކަތެއް، ކޮށްދޭން ބަޔަކު ހުށަހަޅާފައި ވަނިކޮށް، އެ އަގަށް ވުރެ 89 މިލިއަން ޑޮލަރު ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް ހަވާލު ކުރީ އެވެ. 89 މިލިއަން ޑޮލަރު ދައުލަތަށް ގެއްލުނީނެވެ. ދިވެހި ފައިސާއިންނަމަ 1.3 ބިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔާއިން ގެއްލުނީނެވެ. ދިވެހިން ގުދާރު ބިންދައިގެން، ހޯދާ އާމްދަނީން ދައުލަތަށް ދެއްކި ޓެކްސުން ބިލިއަނަކަށް ވުރެ ރުފިޔާ ގެއްލުނީއެވެ. ދިވެހިން ހަވާލުކުރި އަމާނާތަށް، ހިޔާނާތްތެރިވީއެވެ.

ނުއަގުގައި އައިޖީއެމްއެޗުގެ އިމާރާތް ބަޔަކާ ހަވާލު ކުރުމުން ދައުލަތަށް ގެއްލުންވި ފައިސާއަކީ މަދު އަދަދެއް ނޫނެވެ. ގެއްލިގެންދިޔަ އެ 1.3 ބިލިއަން ރުފިޔާއަކީ 15 އެއާޕޯޓު އެޅޭނެ ފައިސާއެވެ. އެއީ ހުޅުމާލެ ފަދަ ބިން ބޮޑު، ތިން ރަށް ހިއްކާލެވޭނެ ފައިސާއެވެ. އަދި 14،000 ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ފުލެޓު އަޅާލެވިދާނެ ފައިސާއެވެ. ގެއްލިގެން ދިޔަ އެ ފައިސާއަކީ ކުޅުދުއްފުށީ ފަދަ ބޮޑު، 22 ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކޮށް، ތާރު އަޅާލެވޭނެ ފައިސާއެވެ. ބޮޑު ހިލަ ޖަހައިގެން 34 ރަށުގެ ބަނދަރު ހަދާލެވޭނެ ފައިސާއެވެ.

ބިލިއަން ރުފިޔާގެ އެ ފައިސާއަށް ހިޔާނާތްތެރިވެފައި ވަނީ ދުރާލައި، ރާވައިގެންނެވެ. ރޭވުންތެރިކަމާއެކީގައި މަރުހަލާތައް ފުރިހަމަ ކުރަންވީ ގޮތް އޮތީ މާ ކުރިން އޮތީ ރޭވިފައެވެ. އިބޫ ވަނީ އެ ވާހަކަތައް ތަފްސީލު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބިޑިން ޕްރޮސެސްއަށް ހުޅުވާލިއިރު، މާކުރިން އެ ޕްރޮޖެކްޓު އޮތީ ބަޔަކަށް ދީ ނިންމާފައެވެ. ދަޅަ ދެއްކުމުގެ ގޮތުން އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔައީ ހަމައެކަނި ނަމަކަށެވެ.

"އައިޖީއެމްއެޗުން އެ ޕްރޮޖެޓްދީފައި މި އޮތީ 31 ޖެނުއަރީ 2016 ވަނަ ދުވަހު. އޭގެ ދެ ދުވަސް ފަހުން 2 ފެބްރުއަރީގައި މި ބުނަނީ އެ ކުންފުންޏަށް ދޭށޭ. އޭރު ދީ ނިމިފަ މިއޮތީ. މިކަން އިވެލުއޭޓް ކުރާ ކޮމެޓީއެއް އެބަ އޮވޭ، ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އެ ކުންފުންޏަށް ދޭން ނިންމައިފީމޭ،" އިބޫ ވިދާޅުވިއެވެ.

އިބޫ ފެންމަތި ކުރެއްވި އެ ވާހަކަތަކުން މާލޭގެ ގަސްކަރަ މަތިން އެ ފަންނަ އުސް އިމާރާތުގެ ތަރައްގީގެ ހަގީގަތް އެބަ ހާމަވެއެވެ. ދިގު މުއްދަތަކަށް މާލޭގެ މަލަމަތިން ފެންނަން އެ ހުރީ ރައީސް ޔާމީން ރައްޔިތުންގެ ފައިސާއަށް ހަރަދު ކުރެއްވި ގޮތުގެ ލާމަސީލު ނަމޫނާއެވެ! އަމާނާތްތެރިކަމުގެ މިސާލެއް ނޫންތޯއެވެ؟ ވަލިއްޔުލް އަމްރުގެ ވަފާތެރިކަމެއް ނޫންތޯއެވެ؟ ހާކިމާގެ އިހްލާސްތެރިކަމެއް ނޫންތޯއެވެ؟ ސަރުކާރުން އެ ބުނާ ތަރައްގީއަކީ އެއީ ނޫންތޯއެވެ؟ ރައީސް ވިދާޅުވާ ހަ ފަރާތުން ވެސް އެ ފެންނަނީ ނަޒާހަތްތެރިކަމެއް ނޫންތޯއެވެ؟ އެ ނޫން ތަރައްގީއެއް އެމަނިކުފާނު ރައްޔިތުންނަށް ނުދައްކަވައެވެ؟

އެމަނިކުފާނު އެ ދައްކަވާ މަގުން ގޮސް، އެއް ލާރި ހަރަދުކުރެވެން އޮތް ތަނަކަށް ހަ ލާރި ހަރަދުކުރަން ވެއްޖެނަމަ މި ގައުމެއް ނޯންނާނެއެވެ. ބަނގުރޫޓުވެ، ދައުލަތް ލޫޓުވިގެން ދިއުން ފިޔަވައި އިތުރު ގޮތެއް ނުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

6 މަސް ކުރިން

މިއަހަރުގެ ޖަނަވަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް 625.9 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް އެމްއެމްއެ އިން ވިދާޅުވެއްޖެއެވެ!؟

0
0
ހ މ ޒ

6 މަސް ކުރިން

އެމްއެމްއޭ އިން މިމަހު ނެރުނު އިޤުތިޞާދީ ރިވިއުގައި ބުނާ ގޮތުން ރަސްމީ ރިޒާވަށް އައިސްފައިވާ ކުރިއެރުމަކީ އަހަރުން އަހަރަށް ބަލާއިރު 31 އިންސައްތަ އިތުރު އަދަދެކެވެ!؟

0
0
ކުނިބެ

6 މަސް ކުރިން

ތެދުވާހަކައެއް ޢެގްރީމަންޓްގަ ސޮއިކުރުމުގެ ކުރިން ފާޑެއްގެ ހޮލިތަކެއް ސައިކަލްދުއްވަން ދަސްކުރާތަނުގަ ހުރިތަން ފެންނާނެ ކަމަށް ހީކުރަން

0
0