25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

މައުމޫން

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

ލީވާން އަލީ | MrLeevaan

| 6 ޖެނުއަރީ 2017 | ހުކުރު 18:05 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


މުހައްމަދު އާރިފް (ކ) އިސްމާއިލް އީސަ (ވ) ހަސަން އަދުހަމް (މ) -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

އިސްމާއިލް އީސަ (މެސީ)، މުހައްމަދު އާރިފް (ބަކާ) އަދި ހަސަން އަދުހަމް (ސަޑޭ) ވިކްޓްރީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިކަން ރާއްޖެއެމްވީ އަށް އެނގިއްޖެ އެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި މި ތިން ކުޅުންތެރިން ވިކްޓްރީ އަށް ސޮއިކޮށްފައިވާއިރު، އަންނަ ހަފްތާ ތެރޭގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި މިކަން އިއުލާންކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި އިސްމާއިލް އީސަ ވިކްޓްރީ އަށް ސޮއިކުރީ އެޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. އެގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އިސްމާއިލް އީސަ ބުނީ ވިކްޓްރީ އަށް ބަދަލުވާން ވަކި ގޮތެއް އަދި އޭނާ ނިންމާފައިނުވާ ކަމަށާއި، އެހެން ނަމަވެސް މާޒިޔާ ދޫކޮށްލިކަން ކަށަވަރުކޮށްދޭ ކަމަށެވެ. އީސަ މާޒިޔާ ދޫކޮށްލިކަން އެޓީމުން ވެސް ވަނީ ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދީފައެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި ވިކްޓްރީން ވަނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީގެ ގޯލުކީޕަރު ވެސް ގެނެސްފައެވެ. އެގޮތުން އެޓީމުން އަންނަ ހަފްތާގައި ބާއްވާ ރަސްމިއްޔާތުގައި މިކަން ވެސް ހާމަކުރާނެއެވެ.

ފާއިތުވެދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި ނުފެންނަ ވަރުގެ ވަރުގަދަ ސްކޮޑެއް މިހިނގާ 2017 ވަނަ އަހަރު ވިކްޓްރީން ފެނިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކްލަބުގެ ޗެއާޕާސަން ކަމަށް އިންތިހާބުވެ ވަޑައިގެންނެވި އިބްރާހިމް ނަޒީމް ވިދާޅުވެފައިވާއިރު، ވިކްޓްރީން ވަނީ މިދިޔަ އަހަރު ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް އާކޮށްފަ އެވެ.

ނަޒީމް ވިދާޅުވީ ޓީމުން ފެންނާނެ ބިދޭސީ ކުޅުންތެރިންނަކީ ރާއްޖޭގައި ރަނގަޅަށް ޕާފޯމް ކޮށް އެކުޅުންތެރިންގެ ފެންވަރު އެނގޭ ކުޅުންތެރިން ކަމަށެވެ. އަދި ސަޕޯޓަރުން ހިތްހަމަޖެހޭވަރުގެ ސްކޮޑެއް އެކުލަވާލައި ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ކުޅުންތެރިން ތައާރަފްކޮށް، ޓީމާ ދުރުގައި މާޔުސްވެފައި ތިބި ސަޕޯޓަރުން އަލުން ޓީމާ ގުޅުވާލައި ދޭނެ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް