21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ލީވާން އަލީ | MrLeevaan

| 6 ޖެނުއަރީ 2017 | ހުކުރު 18:05 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ޑެލެއަލީ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ގޫގުލް

ޕްރިމިއާ ލީގުގައި ޑެލެއަލީ ކާމިޔާބުކޮށްދިން ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި އެވެ.

 

ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗު ޗެލްސީއާ ވާދަކޮށް ޓޮޓެންހަމް އިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޗެލްސީ މޮޅުވި ނަމަ ބަލިނުވެ އެޓީމަށް 13 މެޗު ހަމަކުރެވުމުގެ އިތުރުން ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 8 ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ.

 

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ޗެލްސީންނެވެ. އެގޮތުން އެޓީމުން ވަނީ ޓޮޓެންހަމްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ވެސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

 

އެގޮތުން ޗެލްސީގެ ޑިއެގޯ ކޯސްޓާ އަށް ވަނީ ފުރަތަމަ ހާފްގައި ލީޑު ނެގުމަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައެވެ. 36 ވަނަ މިނެޓުގައި މުޅިން ހުސްކޮށް ކޯސްޓާ އަށް ލިބުނު ބޯޅަ އޭނަ ފޮނުވާލީ ގޯލު ދަނޑިމަތިންނެވެ.

 

ޗެލްސީން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ޓޮޓެންހަމް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އެޓީމަށް ލަނޑު ޖަހައިދިނީ ކްރިސްޓިއަން އެރިކްސަންގެ އެހީތެރިކަމާ އެކު ޑެލެއަލީއެވެ.

 

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޗެލްސީގެ މައްޗަށް ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

 

ދެވަނަ ހާފް ފެށިގެން ޓޮޓެންހަމް އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އެގޮތުން 54 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ވެސް ޓޮޓެންހަމް އަށް ކާމިޔާބުކޮށްދިނީ އެރިކްސަންގެ އެހީތެރިކަމާއެކު ކޯސްޓާ އެވެ.

 

މި ލަނޑުތަކާއެކު ޗެލްސީން ވަނީ އެޓީމުގެ ޑިފެންސް ވަރުގަދަކޮށް ކައުންޓާ އަށް ވިސްނައިގެން ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ ފަހު 20 މިނެޓު ތެރޭގައި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް އެޓީމުން ވަނީ ތަނަވަސްކޮށްފަ އެވެ.

 

މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ކުޅުނު 20 މެޗުން 42 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ޗެލްސީ އޮތީ ކުޅުނު 20 މެޗުން ލިބުނު 49 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް