21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ފުޓުބޯޅަ

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

ލީވާން އަލީ | MrLeevaan

| 6 ޖެނުއަރީ 2017 | ހުކުރު 18:00 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ސ.ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީ (ވ) -- ގޫގުލް

މިނިވަން 50 ޗެމްޕިއަންޝިޕްގައި ސ.ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީ (އިއްބެ) ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އިއްބެ ޓީސީ އަށް ސޮއިކޮށްފައިވާ ކަމަށާއި، އޭނާ ސްކޮޑާ ގުޅުމުން ޓީމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

 

ނިޒާމްބެ ބުނީ އިއްބެ ހޯދަން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން މަސައްކަތްކުރަމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާ ފުރަތަމަ ޑިވިޝަނަށް އަލަށް އައި ނަމަވެސް ކުޅުމާ މެދު ޝައްކުނުކުރާ ކަމަށާއި، އެއީ ހުނަރުވެރި މޮޅު ކުޅުންތެރިޔެއް ކަމަށެވެ.

 

މިނިވަން 50 ޗެމްޕިއަންޝިޕްގައި ސ.ފޭދޫ ޗެމްޕިއަންކަން ހޯދިއިރު، ފައިނަލް މެޗުގައި ފެނިގެންދިޔަ ހިތްގައިމު ލަނޑު ކާމިޔާބުކުރީ އިއްބެ އެވެ. އެގޮތުން އޭނާ އެ މެޗުގައި ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ލިބިފައެވެ.

 

މިދިޔަ ސީޒަނުގެ މިނިވަން ޗެމްޕިއަންޝިޕްގައި ވެސް ފޭދޫ ޓީމަށް އިއްބެ މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ ގައުމީ މުބާރާތުގައި މާޒިޔާ އަދި ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ ގައުމީ މުބާރާތުގައި މާޒިޔާ ކޮޅަށް ލަނޑު ވެސް ޖަހާފައެވެ.

 

އިއްބެ އަކީ ޓީސީ އަށް އަންނަ ސީޒަނަށް ގެނައި ދެވަނަ ކުޅުންތެރިޔާއެވެ. އެޓީމަށް އަންނަ ސީޒަނަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އަކީ ނޭޕާލް ގައުމީ ޓީމުގެ ގޯލު ކީޕަރު އެވެ. މީގެއިތުރުންވެސް އެޓީމުން އަންނަނީ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް