22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ފުޓުބޯޅަ

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

ލީވާން އަލީ | MrLeevaan

| 6 ޖެނުއަރީ 2017 | ހުކުރު 17:59 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ހަމޭސް ރޮޑްރިގޭޒް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ -- ގޫގުލް

ޖެނުއަރީ ޓްރާންސްފާގައި ރެއާލް މެޑްރިޑް ދޫކޮށްނުލާނެ ކަމަށް އެ ކްލަބުގެ ކޮލަމްބިއާ މިޑްފިލްޑަރު ހަމޭސް ރޮޑްރިގޭޒް ބުނެފި އެވެ.

 

ބެއިން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ހަމޭސް ބުނީ ކޮންމެ ކުޅުންތެރިޔެއް ވެސް އެ ކުޅުންތެރިޔެއްގެ ޓީމަށް ކުޅެން ބޭނުންވާ ކަމަށާއި، ދަތިކަންތަކާ ވެސް ދިމާވާ ކަމަށެވެ.

 

އެހެން ނަމަވެސް ހަމޭސް ބުނީ އާ އަހަރާއެކު އޭނާ ބޭނުންވާ އިތުރު ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ. އެގޮތުން އޭނާ ރެއާލް ދޫކޮށްނުލާން ނިންމާފައިވާ ކަމަށާއި، އެހެން ކްލަބަކަށް ޖެނުއަރީ ޓްރާންސްފާގައި ބަދަލުނުވާނެ ކަމަށެވެ.

 

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި ޗެލްސީންވެސް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ހަމޭސް ހޯދުމަށް އިޓަލީގެ ޔުވަންޓަސް އިން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

 

މިފަހަރުގެ ސީޒަނުގެ ކުރީކޮޅު ރެއާލްގެ ފުރަތަމަ 11 ގައި ހިމެނިގެން ހަމޭސް ކުޅުނު ކަމުގައިވީ ނަމަވެސް ފަހަކައް އައިސް އޭނާއަށް ވަނީ ރެއާލްގެ ފުރަތަމަ 11 އިން ޖާގަ ލިބޭ ގޮތް ނުވެފައެވެ.

 

ރެއާލް މެޑްރިޑާއި 2014 ވަނަ އަހަރު ގުޅުނު ހަމޭސް ރޮޑްރިގޭޒް ވަނީ މިހާތަނަށް ރެއާލް މެޑްރިޑަށް 94 މެޗު ކުޅެދީ 27 ގޯލް ކާމިޔާބު ކޮށްދީފައެވެ. މީގެއިތުރުން އޭނާ ވަނީ ރެއާލްއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާ ކަޕް ދެފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް