21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

އަހުމަދު މަހުލޫފު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

  • ކުޑަ ވަގުތުކޮޅަކަށް ވެސް މަހުލޫފު ކުރެއްވީ އިހްތިޖާޖެއް
  • މަހުލޫފުގެ އަޑުދަށުން، ސަޕޯޓަރުން ޔާމީންގެ އިސްތިއުފާއަށް ގޮވާލި
  • ފުރުމުގެ ކުރިން އަނބިކަނބަލުންގެ ގައިގައި ބައްދާލި
ޙުސައިން ޙަސަން | hucenhassan

| 30 މާރޗް 2018 | ހުކުރު 18:56 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ތޮއްޑޫގައި ފުރަތަމަ ފަހަރަށް މޫނު ބުރުގާ އެޅި މީހަކަށް ވަޒީފާ ހަމަޖައްސައިދީފި
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


މަހުލޫފު މާލެއިން ފުރަމުން ފަހު ފިޔަވަޅުމަތީގައި ވެސް ގޮވާލެއްވީ ރައީސް ޔާމީންގެ އިސްތިއުފާއަށް -- ޓްވިޓަރ

އެއްވެފައި ތިބި މީހުން މަހުލޫފުގެ ހިތްވަރަށް ސާބަސް ދިނެވެ. އޭނާގެ އަޒުމަށް ތައުރީފުގެ ބަސްތައް ރައްދު ކުރި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކުރި ކުރިތާ 36 ދުވަސް ފަހުން އަނެއްކާ ވެސް، އިތުރު ފަސް ދުވަހަށް ބަންދަށް ގެންދާތީ މަހުލޫފުގެ މޫނުމަތިން ފެނުނީ މޮޅިވެރިކަމެއް ނޫނެވެ. މާޔޫސް ކަމެއް ނޫނެވެ. އޭނާއަށް ހިތްވަރަށް ސާބަސް ދެމުން ދަނިކޮށް، ކުއްލިއަކަށް މަހުލޫފު އަޑުގެ ކޮޅަށް އަޑު އުފުއްލަވަން ފެއްޓެވި އެވެ. ތޮށިގަނޑާ ކައިރިކޮށްފައިވާ ފުލުހުންގެ ލޯންޗަށް އަރައިވަޑައިގެން، ފަހު ފިޔަވަޅުމަތީގައި ވެސް "ޔާމީނޭ" ވިދާޅުވެ، އަޑު އުފުއްލަވަން ފެއްޓެވި އެވެ. ތޮށިމަތީގައި އެއްވެފައި ތިބި މީހުން ރައްދުގައި "އިސްތިއުފާ" އަށް ގޮވަން ފެށިއެވެ. އެއަށްފަހު ރައީސް ޔާމީންގެ އިސްތިއުފާގެ އަޑު އެ ސަރަހައްދުގައި ގުގުމާލިއެވެ.

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން ކުރިމަތީގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އިހްތިޖާޖެއް ފެއްޓެވީ މަހުލޫފެވެ. ލީޑު ކުރެއްވީ ވެސް އޭނާއެވެ. ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓަރީ ގްރޫޕުގެ ބައެއް މެމްބަރުންނާއެކު، ގްރީން ޒޯނުގައި އެ ގޮވާލެއްވީ ރައީސް ޔާމީންގެ އިސްތިއުފާއަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި، ވަށައިގެން ފޯރިމަރަން ތިބި ފުލުހުންގެ އަޅާފާނެ ފިޔަވަޅަކަށް ފަރުވާލެއް ނެތިއެވެ. މަހުލޫފުގެ ތަފާތަކީ އެއީ އެވެ. 

އޭނާ ކުރަން ބޭނުންވާ ކަމެއް، ފަސް ޖެހުމެއްނެތި ކުރާނެއެވެ. މުޒާހަރާތަކުގެ ޖަޑިބަކަކަށް މަހުލޫފު ވަނީ އެހެންވެގެންނެވެ. އޭނާ ލީޑުކުރައްވާ މުޒާހަރާތަކުން ނަތީޖާ ނުކުންނަ ސަބަބަކީ އެއީއެވެ. މުޒާހަރާތައް ވަރުގަދެވެ، މީހުންގެ އުތުރިއަރުން އިތުރުވެ، ފުލުހުންގެ ކުރަންޖެހޭ މަސައްކަތް ބުރަވެގެންދަނީ އެހެން ވެގެންނެވެ. މަހުލޫފު ހައްޔަރަށް ގެންގޮސް، ބަންދުކޮށްފައި އެވަނީ އެ ސަބަބާ ހުރެކަން ޔަގީނެވެ.

މަހުލޫފުގެ ހިތްވަރުން ސާބިތުކަން ލިބިގެން، އިސްލާހީ މަސައްކަތުގައި އޭނާއަށް ހިތްވަރުގެ ދިނުމުގެ ކުރީ ސަފުގައި އެ ހުންނެވީ މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ)އެވެ. ހުކުރު ދުވަހު މަހުލޫފުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު، މާލެއިން ފުރުމުގެ ކުރިން އިދިކޮޅު ސަޕޯޓަރުންނާއެކު އޭނާގެ އަންހެނުން ވެސް އެ ސަރަހައްދުގައި މަޑުކޮށްލައިގެން ހުއްޓެވެ. މަހުލޫފު ލޯންޗަށް އެރުވުމަށް ފުލުހުންގެ ވެހިކަލުން ބޭލުމާއެކު ނަޒޫ، މަހުލޫފުގެ ގައިގައި ބައްދާލިއެވެ. ނަޒޫއަށް ހިތްވަރުގެ ބަސްތައް ރައްދު ކުރުމަށްފަހު، ފަހު ފިޔަވަޅު މަތީގައި ސަޕޯޓަރުންނަށް ހިތްވަރު ދެެއްވި އެވެ. ފަހުފިޔަވަޅު މަތީގައި މަހްލޫފު ރައީސް ޔާމީންގެ އިސްތިއުފާ އަށް ގޮވަން ގިނަ ފުރުސަތެއް ނުދީ، ފުލުހުންގެ ލޯންޗް ދޫނިދުއަށް ފުރިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް