17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ކެތޭ ޕެސިފިކް

ކެތޭ ޕެސިފިކްގެ ކެބިން ކްރޫ ޔުނިފޯމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ!

  • ކެތޭ ޕެސިފިކް 1946ވަނަ އަހަރު އުފެދުނީއްސުރެ އެކުންފުނީގެ އަންހެން ކްރޫއިން ލާން ޖެހެނީ ސްކަރޓް
  • އެޤަވާޢިދަށް ބަދަލު ގެންނަން ޖެހުނީ ޔޫނިއަންތަކުގެ ފިއްތުންތަކާއި ހެދި
މިއުވާން މުހައްމަދު | @Miuvaan

| 30 މާރޗް 2018 | ހުކުރު 18:55 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް


ކެތޭ ޕެސިފިކްގެ ކްރޫއިންތަކެއް -- ގެޓީ އިމޭޖާސް

އޭޝިއާގެ އެންމެ ބޮޑު އެއް އެއަރލައިންކަމަށްވާ ހޮންކޮންގްގެ ކެތޭ ޕެސިފިކްގެ ޔުނިފޯމަށް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެންނާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ކެތޭ ޕެސިިފިކްއިން މިހާރު ބޭނުންކުރާ ޔުނިފޯމް ބަދަލުކުރަން ތިން އަހަރު ނަގާނެކަމަށް ބެލެވޭއިރު، ޔުނިފޯމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ އަންހެން ކެބިން ކްރޫއިންނަށް ސްކަރޓްގެ އިތުރުން ފަޓުލޫނުވެސް ލުމުގެ ފުރުސަތު ލިބޭނެތީއެވެ. 1946ވަނަ އަހަރު ކެތޭ ޕެސިފިކް އެއަރލައިން އުފެދުނު ފަހުން މިއަދާއި ހަމަޔަށް އެކުންފުނީގެ އަންހެން ކެބިން ކްރޫއިންނަށް ލެވެނީ ހަމައެކަނި ސްކަރޓެވެ. 

ސްކަރޓްގެ ބަދަލުގައި ފަޓުލޫނު ލާން ބޭނުންވާ އަންހެން ކެބިން ކްރޫއިންނަށް ފަޓުލޫނު ލެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ކެތޭ ޕެސިފިކްގެ ކްރޫއިން 2014 ވަނަ އަހަރު ޔުނިފޯން ރީޑިޒައިންކުރި އިރުވެސް އެދުނެވެ. ކްރޫއިން ބުނީ ސްކަރޓް ލުމުން ޖިންސީ ފުރައްސާރަކުރުން އިތުރުވާކަމަށާއި، ޕެސެންޖަރުންނަށް ޚިދުމަތް ދިނުމަށްވެސް އުނދަގޫވާކަމަށެވެ.

ކެތޭ ޕެސިފިކްގެ ޒަމާންވީ ޤަވާޢިދަކަށް ބަދަލު ގެނައުމަށް އެކުންފުނިން ނިންމީ ކްރޫއިންގެ ޔޫނިއަނުން ޕްރެޝަރ ބޮޑުކުރުމުގެ ސަބަބުންނެވެ. 

ކެތޭ ޕެސިފިކްގެ ތަރުޖަމާނަކު ބުނީ ކުންފުނީގެ ޚިދުމަތް ހޯދާ ޕަސެންޖަރުންނަށް ފަސޭހަވާނެ ގޮތްތަކަށް ކުންފުނިން ވިސްނާ ފަދައިން، މުވައްޒަފުންނާއި މެދުވެސް ކުންފުނިން ވިސްނާކަމަށެވެ. 

ޔުނިފޯމަށް ބަދަލު އަންނައިރު ކެތޭ ޕެސިފިކްގެ އިތުރުން އެކުންފުނީގެ ދަށުން ހިންގާ ކެތޭ ޑްރެގަން އެއަރލައިންގެ ޔުނިފޯމަށްވެސް މިބަދަލުތައް އަންނާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް