24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

އެފްއޭއެމް

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

ލީވާން އަލީ | MrLeevaan

| 6 ޖެނުއަރީ 2017 | ހުކުރު 17:51 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ


އެފްއޭއެމްގެ ސީނިއާ ނައިބްރައީސް އަހުމަދު ޝަކީބު (ޑޮކް) -- އަވަސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ސީނިއާ ނައިބު ރައީސް ކަމުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ޑޮކް)ގެ ބަދަލުގައި ގައުމީ ޓީމުގެ ފިޒީޝަން އަދި އެފްއޭއެމް ކުރީގެ ކޮންގްރެސްގެ މެމްބަރު އަހުމަދު ޝަކީބު އައްޔަންކޮށްފި އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމްގެ ސީނިއާ ނައިބު ރައީސްކަމަށް ޑޮކް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން މުހައްމަދު ލަތީފު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

 

އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެފްއޭއެމްގެ ރައީސްގެ މަގާމަށް ބައްސާމް އަދީލް ޖަލީލު އިންތިހާބުވެވަޑައިގަތްތާ ހަފްތާއެއްހާ ދުވަސް ފަހުންކަން ވެސް ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ.

 

އެފްއޭއެމްގެ ސީނިއާ ނައިބު ރައީސްކަމާ ޑޮކް ރަސްމީކޮށް ހަވާލުވާނީ އަންނަ މަހު އޮންނަ ކޮންގްރެސްއަށް ފަހުއެވެ. އެގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ މަހު އޮންނަ އެފްއޭއެމް ކޮންގްރެސްގެ ކުރިން އަދި ސިޔާސީ އެއް ބޭފުޅަކު އިސްތިއުފާ ދެއްވާނެ އެވެ. އެގޮތުން އެ ހުސްވާ މަގާމަށް ލާނީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރު ކަމަށް ވެސް ވަނީ ބެލެވިފައެވެ.

 

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އެ އެސޯސިއޭޝަންގެ އިންތިހާބު ކާމިޔާބުކުރެއްވި އިރު، ބައްސާމްގެ ޓީމުގައި އިސްދައުރެއް އަދާކުރެއްވި މެންބަރުންގެ ތެރޭގައި ހުސައިން ހިމެނިވަޑައިގެންނަވަ އެވެ.

 

އިންތިހާބުގެ ކުރިން ބައްސާމްގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބު ކާމިޔާބުވުމުން އެ ޓީމުގައި ހިމެނިވަޑައިގަންނަވާ "ސިޔާސީ" މެންބަރުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

 

އިންތިހާބު ކާމިޔާބު ކުރެއްވި ބައްސާމްގެ ޓީމުގައި ސިޔާސީ ފަރާތްތަކުގެ ގޮތުގައި ސިފަނުވަނީ އެންމެ ދެ ބޭފުޅުންނެވެ. އެއީ ބައްސާމާއި އޭނާގެ ނައިބު ރައީސާ އައިޝަތު ނާޒިމާ އެވެ. މީގެ އިތުރުން މިހާރު ޑޮކްވެސް އޭގެ ތެރޭގައި ހިމެނޭނެއެވެ.

 

ބައްސާމްގެ އެކްސްކޯގައި މެންބަރުންގެ ގޮތުގައި ތިއްބެވީ މޯލްޑިވްސް ގޭސް ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއު އާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ އަހުމަދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް