19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

ރަޝިއާ

އަލިފާން ރޯވި ރަޝިއާގެ ޝޮޕިން މޯލަކީ ހުއްދަ ނުހޯދާ އިމާރާތްކޮށްފައިވާ ތަނެއް!

  • މިހާދިސާގައި 64 މީހުން މަރުވި
އަހުމަދު އަނޫޝު | IamAhmedAnoosh

| 30 މާރޗް 2018 | ހުކުރު 17:05 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. ކްރައިސްޓްޗާޗް ހަމަލާ؛ މަރާލި މީހުންގެ ތެރޭގައި ނިއުޒިލޭންޑްގެ ގައުމީ ކީޕަރެއް
  3. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  4. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  5. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


އެންމެ ފުރަތަމަ އަލިފާން ހިފާފައިވަނީ އިމާރާތުގެ އެންމެ މަތީ ބުރީގައި -- އައިޓީވީ ނިއުސް

ރަޝިއާގެ ބައެއްގެ ގޮތުގައި ބަލާ ސައިބީރިޔާގެ ބޯޓްދެލި ނަގާ ސަރަހައްދެއް ކަމަށްވާ ކެމެރޯވޯ އަލިފާން ރޯވެ 64 މީހުން މަރުވި ހާދިސާ ހިނގި ޝޮޕިން މޯލަކީ ހުއްދަ ނުހޯދާ އިމާރާތްކޮށްފައިވާ ތަނެއް ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން ބުނެފިއެވެ. 

ހާދިސާ ތަހުގީގު ކުރާ "ރަޝިއަން އިންވެސްޓިގެޓިވް ކޮމިޓީ" އިން ހުކުރު ދުވަހު ބުނީ އަލިފާން ރޯވި ވިންޓަރ ޗެރީ ޝޮޕިން މޯލަކީ ހުއްދަ ނުހޯދާ އިމާރާތްކޮށްފައިވާ ތަނެއް ކަމަށެވެ.  

ރަޝިއަން ނިއުސް އެޖެންސީން ރިޕޯޓުކޮށްފައި ވަނީ، ކެމެރޯވޯ ސަރަހައްދުގެ އިމާރާތްކުރުމުގެ ކަންކަން ވިލަރެސްކުރާ ފަރާތުގެ ޗީފް އިންސްޕެކްޓަރުގެ މައްޗަށް، ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. މިއީ މިހާދިސާގެ ތުހުމަތުގައި ހައްޔަރު ކުރި ހަތްވަނަ މިހާ އެވެ.

މި މޯލްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނޭއިރު އަލިފާން ނިއްވުމަށް 17 ގަޑިއިރު ހޭދަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.  

ވިންޓަރ ޗެރީ ޝޮޕިން މޯލްގައި ހިނގި ހާދިސާގައި މަރުވި ގިނަ މީހުންނަކީ ސިނަމާގައި ތިބި މީހުންނެވެ. ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާނުން ސަލާމަތްވުމަށް ކުޑަދޮރުތަކުން މީހުން ފުންމާލަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް