19 ސެޕްޓެންބަރ 2018 | ބުދަ | 14 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

ތެލުގެ އަގު

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

އަލީ ޔޫސުފް | AliYooosuf

| 6 ޖެނުއަރީ 2017 | ހުކުރު 17:46 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


އެފްއެސްއެމްގެ ޕެޓްރޯލް ޝެޑް: ތެލުގެ އަގު ވަނީ ބޮޑުކޮށްފައި - ފައިލް ފޮޓޯ -- ސަން

ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

 

އެސްޓީއޯ އިން މި ފަހަރު ބޮޑުކޮށްފައި ވަނީ ޕެޓްރޯލްގެ އަގު އެކަންޏެވެ. އެ ގޮތުން ލީޓަރަކުން 30ލާރި ވަނީ ބޮޑުކޮށްފައެވެ. މި ބަދަލާ އެކު އެސްޓީއޯގެ ތެޔޮ ވިއްކާ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑްތަކުން ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 9.35ރ. އަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 9.05ލ. އަށެވެ.

 

އެސްޓީއޯ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ތެލުގެ އަގު ބޮޑުކޮށްފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ވެއްޓުމާ ގުޅިގެން އަގު ހިފެހެއްޓުމަށްޓަކައި ސަޕްލައި އެއްވަރެއްގައި ކޮންޓްރޯލްކުރަން އޯގަނައިޒޭޝަން ފޯ ޕެޓްރޯލިއަމް އެކްޕޯޓިން ކަންޓްރީސް (އޯޕެކް) އިން އެއްބަސްވުމާ ގުޅިގެން ތެލުގެ އަގު މިހާރު ވަނީ އުފުލެން ފަށައިފައެވެ.

 

ތެލުގެ އަގު ބޮޑުކުރަން އެސްޓީއޯ އިން ނިންމި އިރު އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑުވާ މިންވަރެއްގެ މައްޗަށް ބިނާކޮށް ކަރަންޓް ބިލު ބޮޑުކުރުމުގެ އުސޫލެއް ސްޓެލްކޯ އިން ގެންގުޅެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް