16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ކުރެހުން

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

  • ކޮންމެ ކުރެހުމެއް ކުރަހަން ވެސް އެއްގަނޑިއިރު ހޭދަވި
  • ކުރެހުންތަކުގެ މަސައްކަތް ނިންމާލެވުނީ 25 ދުވަހުގެ ތެރޭގައި
ސިމާހާ ނަސީމް | sim_kamana

| 29 މާރޗް 2018 | ބުރާސްފަތި 21:37 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


މޫދު އަޑީގައި އިއްފަ ކުރަހަނީ -- ފޮޓޯ : ސިމާހާ ނަސީމް

ކުރެހުންތެރިންނަކީ ތަފާތު ހުނަރެއް ލިބިގެންވާ ބައެކެވެ. ކޮންމެ ކުރެހުންތެރިއަކީ ވެސް އަނެކާ އަށް ވުރެ ތަފާތު ގޮތަކަށް އެމީހުންގެ ހުނަރު ދައްކާލުމަށްޓަކައި މަސައްކަތްކުރާ ބައެކެވެ. އެގޮތުން ރާއްޖޭގައި ވެސް މޮޅެތި ކުރެހުންތެރިން އެބަ އުޅުއެވެ. މީގެ ތެރޭގައި ހިމެނޭ އެއް ކުރެހުންތެރިއެއް ކަމަށްވާ ހުސެއިން އިހްފާލް އަހްމަދު (އިއްފަ) ވަނީ އޭނާގެ ކުރެހުން ތަފާތު ގޮތަކަށް ދައްކާލާފައެވެ. އިއްފަގެ ކުރެހުމުގެ ހުނަރު މި ފަހަރު ފެނިގެންދިޔައީ ކަނޑުއަޑީގައި ކުރަހާލި ކުރެހުންތަކުގެ ޒަރިއްޔާއިންނެވެ.

އިއްފަ ވަނީ ވ. އަތޮޅުގެ ކަނޑުއަޑީގެ އަށް ކުރެހުމެއް ކުރަހާފައެވެ. އޭނާ ބުނި ގޮތުގައި ކޮންމެ ކުރެހުމެއް ކުރަހަން ވެސް އެއްގަނޑިއިރު ހޭދަވި ކަމަށާއި މި ކުރެހުންތަކުގެ މަސައްކަތް ނިންމާލެވުނީ 25 ދުވަހުގެ ތެރޭގައި ކަމަށެވެ.

"މި ކުރެހުންތައް ކުރެހުމުގެ މަޤްސަދަކީ ރާއްޖޭގެ ރީތިކަމާއި، މޫސުމީ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑުގެ އަންނަ ބަދަލުތައް ދައްކުވައި ދިނުން. ވަރަށް އުނދަގޫވި ކަނޑުއަޑީގައި ކުރެހުންތައް ކުރަހަންވީމަ. މީހާގެ މޫވްމަންޓްސްތަކާއި އެއްޗެހި ސްލޯވެގެންދިޔަ. އޮއިވަރާ އެއްޗެހި ހުރި ގޮތުން ބައެއް ފަހަރު ލޮކޭޝަންތައް ވެސް ޖެހުނު ބަދަލުކުރަން. ސެޓަޕް ހަދަން ވެސް ބައެއް ފަހަރު އުނދަގޫތަކާއި ދިމާވި" އިއްފަ ބުންޏެވެ.

އިއްފަ ކުރެހި ކުރެހުންތަކުގެ ތަފްސީލް:

  1. ޑިސްއެމްބިޖުއޭޝަން

މި ކުރެހުމަކީ ރާއްޖޭގެ މޫސުމީ ބަދަލުތަކަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން މުރަކަތަކަށް ކުރާ އަސަރު ދައްކުވައިދޭ ކުރެހުމެކެވެ. މި ކުރެހުން ކުރަހާފައި ވަނީ 2.5 މީޓަރު އަޑީގައެވެ.

  1. އިނަރޝިއަ

މި ކުރެހުމަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ރަށްތަކަށް ކުރާ އަސަރު ދައްކުވައިދޭ ކުރެހުމެކެވެ. އަދި މި ކުރެހުމުގައިވާ އުއްބައްތި އަންގައިދެނީ ފެހި ތިމާވެއްޓެއް ޤާއިމުކުރުމުގެ މުހިންމު ކަމެވެ. މި ކުރެހުން ކުރަހާފައި ވަނީ މޫދުގެ 5.3 މީޓަރު އަޑީގައެވެ.

  1. ސުނާމީ

މި ކުރެހުމަކީ 2004 ވަނަ އަހަރު އިންޑިއާ ކަނޑަށް އެރި ސުނާމީގެ ސަބަބުން ރާއްޖޭގެ ރަށްތަކަށާއި މުދާތަކަށާއި މީހުންގެ ދިރިއުޅުމަށް އައި ބަދަލު ދައްކުވައިދޭ ކުރެހުމެކެވެ. މި ކުރެހުން ކުރަހާފައި ވަނީ ހަތަރު މީޓަރު އަޑީގައެވެ.

  1. ސީ ލެވަލް ރައިސް

މި ކުރެހުމަކީ ރާއްޖޭގެ ރަށްތަކަށް ކަނޑުގެ ލޮނުގަނޑުގެ އަންނަ ބަދަލުތައް ދައްކުވައިދޭ ކުރެހުމެކެވެ. މި ކުރެހުން ކުރަހާފައި ވަނީ ހަތަރު މީޓަރު އަޑީގައެވެ.

  1. ނޯޓިލަސް ޝެލް 

މި ކުރެހުމަކީ ވަރަށް މަދުން ނޫނީ ނުފެންނަށް ޝެލްއެއް ދައްކުވައިދޭ ކުރެހުމެކެވެ. އަދި މި ޝެލް ބައެއް ޤައުމުތަކުގައި ވަނީ ހިމާޔަތް ކުރެވިފައެވެ. މި ކުރެހުން ކުރަހާފައި ވަނީ 4.2 މީޓަރު އަޑީގައެވެ.

  1. ލަޔަން ފިޝް

މި ކުރެހުމުން ފެނިގެންދަނީ މޫދުގައި ދިރިއުޅޭ އެންމެ ރީތި މަސްތަކުގައި ތެރޭގައި ހިމެނޭ ފަންހާ މަހެކެވެ. މިއީ ވަށައިގެން ވިހަގަދަ ކަށިތަކެއް ހިމެނޭ ނަމަވެސް އެކި ކުލަތަކުން ޖަރީވެފައިވާ ނުހަނު ރީތި މަހެކެވެ. މިއީ ކަނޑުގެ ރީތިކަން ފެނިގެންދާ ކުރެހުމެކެވެ. މި ކުރެހުން ކުރަހާފައި ވަނީ 2.5 މީޓަރު އަޑީގައެވެ.

  1. ސަން ރައިޒް

މި ކުރެހުމަކީ އިރުއޮއްސޭ މަންޒަރު ދައްކުވައިދޭ ކުރެހުމެކެވެ. މި ކުރެހުން ކުރަހާފައި ވަނީ 5.2 މީޓަރު އަޑީގައެވެ.

  1. ބްލޫ ހޮރައިޒަން ޑައިވް ސެންޓަރ (ލޯގޯ)

މިއީ ބްލޫ ހޮރައިޒަން ކުންފުނީގެ ލޯގޯ ދައްކުވައިދޭ ކުރެހުމެކެވެ. މި ކުރެހުން ކުރަހާފައިވަނީ 3.5 މީޓަރު އަޑީގައެވެ.

އިއްފަ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އޭނާގެ ފަރާތުން މި ކަހަލަ ތަފާތު ކުރެހުންތަކެއް ފެނިގެންދާނެ ކަމަށާއި އުންމީދަކީ ރާއްޖޭގައި ކުރެހުންތެރިން ކުރާ މަސައްކަތުގެ އަގުވަޒަންކުރެވި ކުރެހުންތެރިންނަށް މިއަށްވުރެ ބޮޑު ޕްލެޓްފޯމެއްގައި ކުރެހުންތެރިންގެ މަސައްކަތް ފެނިގެންދިޔުން ކަމަށެވެ. އަދި އޭނާގެ ކުރެހުންތަކުން އާންމުންނަށް މުހިންމު މެސެޖްތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އިއްފަ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް