14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
ފަތިސް 04:45
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:16

އެމްޕީއެލް

އެމްޕީއެލްއިން ކަނޑާލީ އެތައް އަހަރެއްގެ ތަޖުރިބާހުރި ތަޢުލީމީ މީހުން، ބިކަ ކޮށްލީ އެތައް އާއިލާއެއް!

  • 4 މުވައްޒަފަކު ކަނޑާލާފައިވަނީ އެއްވެސް ކުށެއް ނެތި
މިއުވާން މުހައްމަދު | @Miuvaan

| 28 މާރޗް 2018 | ބުދަ 18:24 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް


މާލޭ ކޮމާޝަލް ހާބަރ -- ފޮޓޯ : މުހައްމަދު ޝަރުހާން

ނިމިގެން މިދާ ހަފްތާގައި ރާއްޖޭގެ ވިޔަފާރީގެ މައި ދޮރާށިކަމަށްވާ މާލޭ ވިޔަފާރި ބަނދަރު ބަހަލައްޓާ އެމްޕީއެލްގެ އިސް 4 މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ވެެގެންދިޔައީ އެކުންފުނީގައި މަސަައްކަތްކުރާ މުވައްޒަފުންނަށް ލިބުނު ސިހުމަކަށެވެ. ވަޒީފާއަށް ގިނަ އަދަދެއްގެ ސިޔާސީ އެކްޓިވިސްޓުން ވައްދާފައިވާ އޮފީހަކުން އެންމެންވެސް ހީކޮށްގެން ތިބެނީ ވަކިކުރިޔަސް ވަކިކުރާނީ މަޤާމަށް ކުފޫހަމަނުވާ، ސިޔާސީ މީހުންކަމަށެވެ. ކިޔަވައިގެން ތިބި، ތަޖުރިބާކާރު، ސިޔާސީ ކަންކަމުގައި އިސްކޮށް ނޫޅޭ ބަޔަކު ކަނޑާލަފާނެކަމަށް ބަޔަކު ހީނުކުރެެއެވެ.

ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް ބަލާއިރު، ޖެނެރަލް މެނޭޖަރ އިބްރާހިމް ރަޝީދަކީ ކާގޯ އޮޕަރޭޝަންސްގެ ޑިވިޝަން ހެޑެވެ. ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ހާޞިލްކޮށްފައިވާ އިބްރާހިމް ރަޝީދަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި މަސައްކަތްކުރާތާ 8 އަހަރު ވެފައިވާ މުވައްޒަފެކެވެ. 

ނޯތު ހާބަރުގެ އިސްވެރިޔަކަށް ހުންނެވި ޗީފް މެނޭޖަރ މުޖާހިދު އަނީސްއަކީ އެމްޕީއެލްގައި މަސައްކަތްކުރާތާ 20 އަހަރުވެފައިވާ މުވައްޒަފެކެވެ. 

ކާގޯ އޮޕަރޭޝަންސްގެ ޗީފް މެނޭޖަރ އިބްރާހިމް ވަހީދަކީ އެމްޕީއެލްގައި މަސައްކަތްކުރާތާ 24 އަހަރުވެފައިވާ މުވައްޒަފެކެވެ. ވަހީދު މަޤާމުން ވަކިކުރެއްވިއިރު ހުންނެވީވެސް ޗުއްޓީއެއްގައެވެ.

ޓާރމިނަލް ވެހިކަލް ޔުނިޓްގެ ވެރިޔާ، އެސިސްޓަންޓް ޖެނެރަލް މެނޭޖަރ މުހައްމަދު މަސީހަކީ އެމްޕީއެލްގައި މަސައްކަތްކުރާތާ 23 އަހަރުވެފައިވާ، އަދި މެރިޓައިމް ދާއިރާއިން މާސްޓަރސް ހައްދަވާފައިވާ ބޭފުޅެކެވެ. 

މިބޭބޭފުޅުން މަޤާމުން ވަކިކުރީ އެއިން ބޭފުޅެއްގެ އެއްވެސް މައްސަލައެއް އޮވެގެނެއް ނޫނެވެ. އަޚުލާޤީ މައްސަލައެއް ޖެހިގެނެއް ނޫނެވެ. އެމްޕީއެލްގެ އެޗްއޯޑީގެ އަދަދު މަދުކުރުމަށް ރިޑަންޑަންސީ ޕޮލިސީއެއްގެ ދަށުންކަމަށް ބުނެއެވެ. އެހެންނަމަވެސް އެފަދަ ޕޮލިސީއެއް މީގެ ކުރިން ހަދާފައިނުވާއިރު، މަޤާމުން ވަކިކުރެވުނު ބޭފުޅުންގެ ބަދަލުގައި އެހެން ބޭފުޅުން އެމަޤާމުތަކަށް ލާފައިވާކަމަށްވެސް އަޑުތައް ފެތުރެއެވެ. އަދި މީގެ އިތުރުން ތަޢުލީމީ، ތަޖުރިބާކާރު މުވައްޒަފުން މަޤާމުން ވަކިކުރުމަށްފަހު، ތަޖުރިބާ މަދު ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާކަން ވަނީ އެނގިފައެވެ. އެގޮތުން ޕްރޮމޯޝަން ދިން އެއް މުވައްޒަފަކީ ކުރީގެ ބޯޑުގެ ހުއްދަ ނެތި ވަޒީފާދިން ފަރާތެއްކަމަށް އެނގިފައިވެއެވެ.

އެމްޕީއެލްގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުނީގެ ހިންގުމާއި މިހާރުގެ މެނޭޖްމަންޓް ހަވާލުވިފަހުން، އެކުންފުނީގެ 200 އެއްހާ މުވައްޒަފުން ވަކިކޮށްފައިވެއެވެ. އަދި މުވައްޒަފުން ވަކިކުރާއިރު އާއްމުކޮށް އެކަންކުރަނީ "ރައީސް އަންގަވައިގެން،" ނުވަތަ " މެޑަމް އަންގަވައިގެން"ކަމަށް ބުނާކަމަށް ވެއެވެ. އެހެން ނަމަވެސް މިފަހަރު އިސް މުވައްޒަފުންތަކެއް ވަކިކޮށްފައިވަނީ ރައީސް ޔާމީން އަންގަވައިގެން ނޫންކަމަށާއި، އެކަން ކުރައްވާފައިވަނީ މިހާރު ކުންފުނީގައި އިސްކޮށް ތިއްބެވި ބޭފުޅުން ޕީޕީއެމްގެ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށްކަމަށް އެމްޕީއެލްގެ މުވައްޒަފަކު މައުލޫމާތު ދިނެވެ.

ވެރިންގެ ލެވެލްގައި މުވައްޒަފުން މަދުކުރުމަށްކަމަށް ބުނެ، ޒިންމާދާރުކަމާއިއެކު ވަޒީފާ އަދާކުރަމުންދިޔަ، ކުންފުނީގައި ގިނަ ދުވަސްތަކެއްވީ މުވައްޒަފުންތަކެއް ވަކިކުރިއިރު، އެމުވައްޒަފުންގެ އާއިލާތަކަށް އެކަމުގެ ސަބަބުން މާޔޫސްކަން ވަނީ ކުރިމަތިވެފައެވެ. އަދި އެމްޕީއެލްގައި މަސައްކަތްކުރާ މުވައްޒަފުންގެ ހިތުތެރޭގައިވެސް ބިރުވެރިކަމެއް އުފެދިފައިވާއިރު، ވަޒީފާއިން ވަކިކޮށްލާނީ ކޮން އުޒުރެއް ދައްކާފައިކަން ނޭނގޭ ޙާލަތަށް ކުންފުނި ވެއްޓިފައިވާކަމަށް ގިނަ ފަަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

އެމްޕީއެލްގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަންގެ ގިނަ ކަންތައްތަކެއްވެސް މިމައްސަލައިގައި ވަނީ ފެންމަތިވެފައެވެ. އެގޮތުން ކުންފުނީގެ މުވައްޒަފުން އަމިއްލަ ބޭނުމަށް ކުންފުނީގެ މުދާ ބޭނުންކުރާ މައްސަލަތަކާއި، ކުންފުނީގެ މުވައްޒަފުން ލައްވާ އައު މެނޭޖްމަންޓުގެ ވެރިންގެ އަމިއްލަ މަސައްކަތްތައް ކުރުވާ ކަންވެސް ވަނީ ހާމަވެފައެވެ. ދާދިފަހުންވެސް ރައީސް ޔާމީންގެ އަނބިކަނބަލުން ހިންގަވާ އަމިއްލަ ޖަމްއިއްޔާއެއްގެ މަސައްކަތްތަކެއް އެމްޕީއެލްގެ މުވައްޒަފުން ލައްވާ އެކުންފުނީގެ ވޯކްޝޮޕްތެރޭގައި ކޮށްފައިވާކަން ވަނީ ފަޅާއަރާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް