19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

މައުމޫން

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

ލީވާން އަލީ | MrLeevaan

| 5 ޖެނުއަރީ 2017 | ބުރާސްފަތި 03:39 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


އެތުލެޓިކްސް އެސޯސިއޭޝަން އާއި އައްޑޫ ސީޓީ ކައުންސިލް ބައްދަލުކުރުން -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫ ސިޓީގައި ބާއްވަން ނިންމައިފި އެވެ.

 

މި މުބާރާތް އައްޑޫގައި ބާއްވަން ނިންމާފައިވާއިރު، މުބާރާތާ ބެހޭ ކަންކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލާ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ މަޝްވަރާކޮށްފައެވެ.

 

މި މުބާރާތުގައި އައްޑޫ، ފުވައްމުލަކުގެ ސްކޫލްތަކުން ވާދަކުރާއިރު، ހުވަދޫގެ ސްކޫލްތައްވެސް ހިމެނިގެންދާނެ އެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހު ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ.

 

މުބާރާތަށް ތައްޔާރުވުމަށް ކޮންމެ ސްކޫލަކަށް ވެސް ދެ މަހެއްހާ ދުވަސް ލިބިފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތަށް އެތުލެޓިކްސް އެސޯސިއޭޝަންގެ އިސް ބޭފުޅުން ހިމެނޭ ޓީމެއް ވަނީ އައްޑޫ ސިޓީ އަށް ވަޑައިގެންފައެވެ. 

 

ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ ހއ. ކުޅުދުއްފުށީގައެވެ. އެގޮތުން މިދިޔަ ފަހަރުވެސް ކުޅުދުއްފުށީގައި ބޭއްވި އެ މުބާރާތް ބާއްވާ ނިންމާލީ ވަރަށް ކާމިޔާބުކަމާއެކުގައެވެ.

 

އެފަހަރު ރާއްޖޭގެ އުތުރާއި ދެކުނުން ތިން ކްލަބާއި 11 ސްކޫލަކުން ތިން އުމުރުފުރާގެ ދެ ޖިންސްގައި 33 ޓީމް ވަނީ ވާދަކޮށްފައެވެ. މީގެއިތުރުން އެ މުބާރާތުގައި ޖުމްލަ 275 އެތުލީޓުން ވަނީ ވާދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް