
| 5 ޖެނުއަރީ 2017 | ބުރާސްފަތި 03:38 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
މެންޗެސްޓާ ސިޓީ އޮތީ މެންޗެސްޓާ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޑެއިލީ މިރާ އަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނީ ސިޓީން އަންނަނީ ޔުނައިޓެޑާ ދެމެދު އޮތް ފަރަގު ކުޑަކުރަމުން ކަމަށާއި، އެހެންނަމަވެސް އަދިވެސް ދެ ޓީމު ދެމެދުގައި 10 އަހަރުގެ ފަރަގެއް އޮތް ކަމަށް އޭނާ އަށް ގަބޫލުކުރެވޭ ކަމަށެވެ.
ގާޑިއޯލާ ބުނީ ސިޓީ އަށް ތާރީހުގެ ތެރެއަށް އަދި ނުވަދެވޭ ކަމަށާއި، ބާސެލޯނާ، ޔުވެންޓަސް، ބަޔާން މިއުނިކް އަދި މެންޗެސްޓާ ޔުނައިޓެޑް ފަދަ ޓީމުތަކާ އެއްވަރަށް ތަށިތަކެއްވެސް ކާމިޔާބުނުކުރެވޭ ކަމަށެވެ.
އެގޮތުން އޭނާ ބުނީ ތާރީހުގެ ތެރެއަށް ވަނުމަށް ވަރަށް ބުރަ މަސައްކަތްކުރަން ސިޓީން ކުރަން ޖެހޭ ކަމަށާއި، އެންމެ މުހިންމުކަމަކަށް ވީހާވެސް ގިނަ ތަށިތައް ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުވެސް ކޮންމެ އަހަރަކު ކާމިޔާބުކުރަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މީގެއިތުރުން ގާޑިއޯލާ ބުނީ ސިޓީ އަކީ ފެންވަރު ރަނގަޅު ކްލަބެއް ކަން ސަޕޯޓަރުން ހިމެނޭ ގޮތަށް އާންމުންނަށް ދައްކުވައިދޭން ޖެހޭ ކަމަށާއި، އެގޮތުން ރަނގަޅު ކުޅުންތެރިން އަދި ރަނގަޅު މެނޭޖްމަންޓެއް އޮތް ސިޓީއަށް އެކަން ހާސިލްކުރެވޭނެ ކަމަށެވެ.
މި ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޖާގަ ހޯދާފައިވާ ސިޓީ އޮތީ ޕްރިމިއާ ލީގުގައި އެޓީމު ކުޅުނު 20 މެޗުން ހޯދި 42 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް