14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

އާމިރާއި ވިސާމް

އާމިރާއި ވިސާމް ޖަލުގައި ހޭދަކުރި ހިތްދަތި 11 ދުވަސް

 • ވިސާމް އާއި އާމިރު ބޭއްވީ ކުޑަ ގޮޅިއެއްގައި
 • އެގޮޅީގައި ފަންކަހާއެއް އަލިކަމެއް ނުހުރޭ
 • ހިނގަން ބޭރަށް ނެރެނީ ވެސް ފަހަތަށް ބިޑިއަޅުވާފައި
އަހުމަދު މުހުސިނު | dhonbandaara

| 27 މާރޗް 2018 | އަންގާރަ 20:03 | |

މަގުބޫލް

 1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
 5. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


އާމިރާއި ވިސާމް ދޫކޮށްލުމުން ރާއްޖެ ޓީވީގެ ޓީމާއެކު -- ފޮޓޯ : މުހައްމަދު ޝަރުހާން

ރަނގަޅަށް ބޯވަމަސް ކާލައިގެން ގެއިން ބޭރަށް ފައި އެޅުނު ކަމެއް ނޭނގުނެވެ. ވަށާލީ އެސްއޯ ފުލުހުންގެ ފައުޖެކެވެ. ބާރު ގޮތަކަށް ބުނެލީ ތިޔަހުރީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. "މިއޮތީ ކޯޓު އަމުރެވެ." ލަހެއް ފަހެއް ނެތި އެރުވީ ފުލުހުންގެ ވެހިކަލަށެވެ. އޮފީހަށް ދާން ގެއިން ނުކުން ވިސާމް ހައްޔަރު ކުރި ގޮތް ކިޔައިދިނެވެ.

އާމިރު ހައްޔަރު ކުރީ ދުވާލުގެ މަސައްކަތް ނިމުނު ނަމަވެސް އަނެއް ދުވަހަށް ކުރާން ހުރި ކަންކަން ބަލާލުމަށް އައިސް އޮފީހަށް ވަނުމުގެ ކުރިން ބޭރުގައި މަޑުކޮށްލައިގެން ހުއްޓައެވެ. ހަމަ ކޯޓު އަމުރެއްގެ ދަށުންނެވެ.

ގެންދިޔަ ގޮތަށް ގެންގޮސް ކޮއްޕާލީ އެކަހެރި ކުޑަގޮޅިއަކަށެވެ. އެކަނިމާ އެކަންޏެވެ. ފަންކަހާއެއް ބޮތްކެއް އެތާކު ނެތެވެ. ގޮޅިއަށް ކިރިޔާ ވެސް އަލިކަމެއް ވަނީ ފޫޓެއްހާ ވަރުގެ ކުޑަކުޑަ ފެންލައިޓެއްހާ ތަންކޮޅަކުންނެވެ. އެ އަލިކަން ފޭދިފައި ހުންނާތީ ރޭދުވާ ވަކިވި ނަމަވެސް އެތަނެކޭ ފާރޮށި ފިހާ އަވަނެކޭ އެއްވަރެވެ. އެގޮތުގައި ހައްޔަރު ކުރެވުނު ސަބަބާ މެދު ހޭވެސް އަހާނުލައި ބަރާބަރު 7 ދުވަސް ފަހުން އުޑު ފެންނަ ހިސާބަށް އެނެރެލީ ފަހަތަށް ބާރުކޮށް އަޅުވާފައިވާ ބިޑިއާ އެކުގައެވެ. ޖެއްސުން ކުރާ ގޮތަކަށް ހަމައެކަނި ދާގަނޑެއްގެ ބޭރުން މާލެ ފެންނަ ސަރަހައްދަކަށެވެ. ކުޑަކުޑަ ތަންކޮޅެއްގައި ތިރީހަކަށް މިނެޓު އެގޮތަށް ހިންގުވާފައި އަނެއްކާ ވެސް ވެއްދީ އެއްކަލަ ގޮޅިއަށެވެ.

އެގޮތުގައި އޮންނަން ޖެހުނުއިރު ހިސާބަކަށް ބަލިވި ނަމަވެސް އެ އަށް ވުރެ ހިތްވަރު ގަދައެވެ. ނަމަވެސް އެއަށްވުރެ ހައިރާންވެ ކަންބޮޑުވީ އެކޮށްލި ވަރުގަދަ ތުހުމަތުންނެވެ. ނުވެސް ދެނެހުއްޓާ ބޮލުގައި އެޅުވި ބޮޑު އިލްޒާމުންނެވެ. ފުލުހުންގެ ނަމުގައި ސަރުކާރަށް އިންޒާރުދޭ ވީޑިއޯއެއް ހެދީޔޯލައެވެ. އެކަމުގެ މުއާމަލާތް ހިންގި ކަމަށް ބުނެ ފޯނު އަތުލައި ލޮކްކޯޑު ވެސް ހޯދައިފިއެވެ. ހޯދާނެ ގޮތަކަށް ހޯދާށޭ، ތިޔަކުން އަހަރެމެން ތިޔަ ކަމެއް ކުރިކަމުގެ ހަޤީގީ އެއްވެސް އެއްޗެއް ނުހުންނާނެޔޭ، ހަދައިގެން އެއްޗެއް އެޅުވިއަސް ނުކުރާ ކަމަކަށް ފަރުވާލެއް ނެތޭ ބުނެ ފުރަތަމަ ވެސް ފުލުހުންނަށް އެއްބާރުލުން ދިނެވެ. އެވެރިންގެ އަޑުއަހަން ނުކެރޭވަރުގެ ބަހުރުވަޔާއި، ކުރާ ޖެއްސުމަށް އަޅާ ވެސް ނުލައެވެ.

ބަންދު ކުރުމަށް ފަހު ޖެހި މުއްދަތާ އެކު 11 ދުވަހު އެގޮޅީގައި އެ ބޭއްވީ އެހާލުގައެވެ. ﷲ ތަޢާލާގެ ރޭވުން މާ ބޮޑެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ވިސާމާއި އާމިރު ހައްޔަރުކުރީ އެއްވެސް އަސްލެއް ނެތް ކަމެއްގައި، ފުލުހުން އަމިއްލަ އަށް އުފެއްދި ތުހްމަތެއްގައި ކަން ހާމަވެ އެއްވެސް ހެއްކެއް ނެތިގެން އެވަނީ ދޫކޮށްލާފައެވެ. ވިސާމާއި އާމިރު 11 ދުވަސްވަންދެން ޖަލުގައި ބޭއްވީ ރާއްޖެ ޓީވީގެ މުވައްޒަފަކަށް ވީތީއެވެ. ނަމަވެސް އެއީ ނުހައްގުން އަދަބު ދޭންޖެހޭ ސަބަބެއް ނޫނެވެ. ހިފައި ހައްޔަރުކުރަންޖެހޭ ސަބަބެއް ނޫނެވެ.

ވިސާމާއި އާމިރު ހައްޔަރުކޮށްގެން ގެންގުޅުނީ ރާއްޖެ ޓީވީގެ މަސައްކަތަށް ހުރަސް އަޅައި އެހެން މުވައްޒަފުންނަށް ބިރު ދައްކައި، އަދި ނުހައްގު ތުހްމަތެއްކޮށް، ރާއްޖެ ޓީވީ ބަންދުކުރަން އެދޭ ބަޔަކު ރުއްސުމަށާއި ރާއްޖެ ޓީވީގެ ނަން ކިލަނބުކޮށްލުމުގެ ބޭނުމުގައެވެ. އެއަނިޔާ އާމިރުއަށާއި ވިސާމަށް ބޭއިންސާފުން ލިބިއްޖެއެވެ. މިއަދު ވެސް ރާއްޖެ ޓީވީން ގޮވާލަނީ ހަމަ އެންމެ ކަމަކަށެވެ. އެއްވެސް ހެއްކެއް ނެތި މިފަދަ ނާތަހުޒީބު އަމަލުތައް ދައުލަތުގެ މުއައްސަސާތަކުން ކުރުން ހުއްޓާލައި، އިންސާފުގެ މަގު ހިޔާރުކޮށް ޖިނާއީ އިޖުރާއަތުގެ ހަމަތާއި އުސޫލްތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށާއި، މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ގާއިމުކޮށް ދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލަމެވެ. އަދި ނޫސްވެރިންނަށާއި ދިވެހި ހުރިހާ ރައްޔިތުންނަށް، ދިވެހި މުޖުތަމައުއަކީ ރައްކާތެރިކަން އިހްސާސުކުރެވޭ ތަނަކަށް ސަލާމަތީ ހިދުމަތްތައް ހެދުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް