19 ސެޕްޓެންބަރ 2018 | ބުދަ | 14 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

ކުރީގެ ރައީސް މައުމޫން

ރައީސް މައުމޫން ޖަލުގެ ކުޑަގޮޅީގައި 50 ދުވަސް

  • އެމަނިކުފާނު ވިދާޅުވަނީ އެކަނި ވިޔަސް އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް
  • މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެފައި
  • އެމަނިކުފާނު ހައްޔަރު ކުރީ ދަންވަރު
އަހުމަދު މުހުސިނު | dhonbandaara

| 27 މާރޗް 2018 | އަންގާރަ 18:52 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ރައީސް މައުމޫން: ޖަލުގައި އޮންނަވާތާ 50 ދުވަސް ވަނީ ވެފައި -- މިހާރު

"އެކަނި ނަމަވެސް އިސްލާހީ މަސައްކަތުގައި ދެމި ހުންނާނަން،" މިއީ މިއަދު ޖަލުގެ ބިރުވެރި ކުޑަގޮޅީގައި އޮންނަވާތާ 50 ދުވަހުގެ ދިގުމުއްދަތެއް ވެފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ބަސްފުޅެވެ. އެމަނިކުފާނުގެ ވާހަކަ އައްސަވާ އެންމެހާ ބޭފުޅުންނަށް ދެއްވާ މެސެޖެވެ. ރަހުމެއް ހަމްދަރުދީއެއް، އާއިލީ ކުލުނު އަމުދުން ނެތި އެމަނިކުފާނަށް އެހާލު ޖެއްސެވި، މިއަދު ވެރިކަމުގައި ހުންނެވި އެއްބަފާ ކޮއްކޯފުޅު ރައީސް ޔާމީނަށް ދެއްވާ ވަރުގަދަ އިންޒާރެވެ.

ރައީސް މައުމޫނަކީ ދިވެހިރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ޚިދުމަތްތެރިއެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގިނަ ކަންތައްތަކެއްވެސް ވަނީ ކޮށްދެއްވާފައެވެ. ބައެއް ބޭފުޅުން ވިދަޅުވާ ގޮތުންނަމަ އެމަނިކުފާނަކީ ދިވެހި ޤައުމުގެ ބައްޕައެވެ. ތަރައްޤީގެ ބާނީއެވެ. ގިނަ ބައެއްގެ މަޤްބޫލުކަން ލިބިވަޑައިގެން ހުންނެވި ޑީއާރުޕީއާއި ޕީޕީއެމްގެ ޒައީމެވެ.

އެމަނިކުފާނަށް ބައްލަވާއިރު އެމަނިކުފާނަކީ މިއަދު އަބުރުވެރި ރީތި އުފާވެރި ދިރިއުޅުމެއް އުޅުއްވޭނޭ ބޭފުޅެކެވެ. ހަމައެކަނި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އިނާޔަތާއި ރައްކާތެރިކަމުގެ ސަބަބަކުން އެކަންޏެއް ނޫނެވެ. ދަރިން ތިއްބެވީ ބޮޑެތިވެ، ތައުލީމީ ކުދިބައެއްގެ ގޮތުގައެވެ. ދިރިއުޅުމާމެދު ވިސްނަވަން ޖެހޭނޭ އެހެން ކަމެއް ނެތެވެ.

އެކަމަކު އެމަނިކުފާނުގެ ވާހަކަފުޅަކީ މިއަދު ގިނަ ދިވެހިން މިދައްކާ ވާހަކައެވެ. ސިޔާސީ ޕާޓީތަކުގެ ޖަގަހަ ތަކުގައެވެ. މަސްއޮޑި އަތިރީގައެވެ. ރަށްރަށުގެ ހޮޅުއަށިތަކުގައެވެ. މަތީ ތައުލީމަށް ކިޔަވާ ކުދިންގެ އިލްމީ ބަހުސްތަކުގައެވެ. ގަންނާ ކުރައްވާ ބިރުން ފާޅުގައި ދައްކާން ނުކެރިގެން ގޭގެ ހަތަރުފާރު ތެރޭގައި ސިއްރުންވެސް ދައްކާ ވާހަކައެވެ. އެއީ މިޤައުމު މިއަދު މިއޮތް ހާލަތުގެ ވާހަކައެވެ. ޤައުމު ވެއްޓިފައިވާ އަނދަވަޅުގެ ވާހަކައެވެ. ހަމައެއް ލަމައެއް ނެތް އިންސާފުގެ ވާހަކައެވެ. މުޅި ޤައުމު ބަނޑަށް ޖެހޭވަރަށް ޤައުމުގެ ދަރަނި ބޮޑުވި ވާހަކައެވެ. އަމިއްލަ ވަތްގަނޑުންވެސް ވައްކަން ކުރާހާ ކޮރަޕްޝަނާ ފަސާދައާއި ވައްކަން އިތުރުވި ވާހަކައެވެ. ހަށިފުރާނައިގެ ޔަޤީންކަމެއްނެތި ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކައެވެ.

ރައީސް މައުމޫން ނިކުންނެވީ އެވާހަކަތަކައިގެންނެވެ. ރައްޔިތުންނަށް ރަނގަޅު މެނިފެސްޓޯއަކާއެކު އިންތިޚާބު ކާމިޔާބުކޮށްދެއްވާ ވެރިކަމަށް ލެއްވި ކޮއްކޯފުޅަށް ސިޓީ ބިޓީ މެދުވެރިކޮށް އެކަންކަމުގެ ވާހަކަ ދެއްކެވުމަށް ފަހުގައެވެ. އިސްލާހުވުމަށް ނަސޭހަތްދީ އެއަޑު ނޭއްސެވުމުގެ ސަބަބުންނެވެ. ދެންވާ ފަސްމުގޫ ދޫވެ މީގެ އެތައް އަހަރެއްގެ ފަހަތަށް ޤައުމު ސޮއްސާލަފާނެތީ ނިކުންނަވާ އިސްލާހީ މަސައްކަތާ ގުޅިވަޑައިގެންނެވިއެވެ. ރައީސް ޔާމީންގެ ގޮތް ދޫނުކުރެއްވުމާއެކު އެމަނިކުފާނަށް ކުރެއްވި ތާއީދު ހިތާދެކޮޅަށް އަނބުރާ ގެންނެވީ ރައްޔިތުންނަށްޓަކައިވި ވައުދުގައި ކޮޅުފައިން ޖައްސަވާ ބޭފުޅަކަށް ނުވުމަށްޓަކައި އެނޫން ގޮތެއް ނެތިގެންނެވެ.

ރައީސް ޔާމީނަކަށް އެކަން ހަޖަމެއް ނުވިއެވެ. އެހާހިސާބުން މަސައްކަތް ފެއްޓެވީ ރައީސް މައުމޫނުގެ ނަން މިޤައުމުން ފުހެލުމަށެވެ. މާކުރީ ޒަމާނުގެ ވާހަކަތައް ނަގަން ފެށިއެވެ. ޚުދު އެމަނިކުފާނުވެސް ރައީސް މައުމޫންގެ ކެބިނެޓްގައި އުޅުއްވި ސަރުކާރުގައި ހިނގާފައިވާ ކަންކަން ތަހުގީގު ކުރަން ފެއްޓެވިއެވެ. އޮޑިޓް ރިޕޯޓަތައް ހާވަން ފެށިއެވެ. އޭސީީސީ ތެރެއިންނާއި ކޯޓުތައް މެދުވެރިކޮށް އެމަނިކުފާނު ހަންމަތަ ކުރެވޭތޯ ލައްކަ މަސައްކަތް ކުރެއްވިއެވެ. އެކަމަށް އަޅާ ބާރެއްގެ ގޮތުގައި ބޮޑުބޭބެ ވިދާޅުވާ ކޮއްކޮ އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ޖަލަށް ލައްވައިގެން އަހުވަ ދައްކަން ފެށިއެވެ.

ދެންވާ އެކަންކަމުންވެސް ލިބުނު ކުރިއެރުމެއް ނެތުމުގެ ނަތީޖާއަކަށްވީ ޤާނޫން އަސާސީއާ ޚިލާފަށް ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވިއެވެ. ބަސްބުނި ހިނދުން ފުލުހުންނާ ސިފައިންގެން ރައީސް މައުމޫން ޖަހައިގަނެގެން ގެންދިޔައީ މީހުން ނިދާފައި ތިއްބާ ފުރަ މެންދަމުގައެވެ.

މިއަދު ރައީސް މައުމޫން ތަހައްމަލް ކުރަމުން އެދަނީ އުމުރުން ދުވަސްވީ ދުވަހު އެއަނިޔާއެވެ. އަނބިދަރިންނާ ވަކިން އެކަނިމާ އެކަންޏެވެ. ކުޑަކުޑަ ގޮޅިއެއްގެ ތެރޭގައެވެ. ވައިބޭރު ނުވާ ރަނގަޅަށް އަވި ނުވަންނަ ޖަލެއްގެ ތެރޭގައެވެ. އޮންނަަން އެޖެހިވަޑައިގަތީ ގާ އައްޓެއްގައެވެ. ގަލާހާޖާކޮށް ގައިންތާހިރުވާން އެޖެހިވަޑައިގަތީ މާބޮޑު ނިވާކަމެއްނެތް ތަނެއްގައެވެ. ހިއްޕަވަން އެޖެހިވަޑައިގަތީ ހަމަ ތާހިރުވާން ފާޚާނާއަށް ދޫކޮށްފައި ހުންނަ އިސްކުރުފެނެވެ. ޖެހިގެން ހުރި ގޮޅީގައި ކަހަލަ ގޮތަކަށް ހަމަ އެވޭނުގައި ދަރިކަލުން ފާރިސް މައުމޫނެވެ. މާދުރުނޫން ގޮޅިއެއްގައި ދަނބިދަރިކަލުން ނަދީމެވެ. އަނބިކަނބަލުން ނަސްރީނާއާ ދަރިކަނބަލުން ޔުމްނާ މޮޅިން ހަލާކުވާވަރުވެފައެވެ. ދަރިކަނބަލުން ދުންޔާ އާއި ދަރިކަލުން ޣައްސާން އެވަނީ މުޅިން އެހެން ހާލެއްގައެވެ. އެހީތެރިކަމުގެ ގޮތުން ފިރުމާލެވޭ ވަރަށްވުރެވެ ދުރުގައެވެ.

ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާ އެހާލުގައި އުޅުއްވާއިރު ލަދުގެ ކަންފުޅެއްވެސް ނެތް ބަޔަކު އެބަތިއްބެވެ. ވެރިކަމާހެދި ކޮންމެ ކަމެއްވެސް ކުރައްވާން އަރުވާ ޖައްސަވައިގެން ހުންނެވި ރައީސް ޔާމީންގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. އެއްވެސް ބައެއް ކަމަށް މީހުން ޤަބޫލް ނުކުރާ އަދުރޭއާ ނިހާންމެންގެ ވާހަކަވެސް ދޫކޮށްލާނަމެވެ. މަޤާމާ ޖާހާ މަންސަބަށްޓަކައި އެނޫން ގޮތެއް އެމީހުންނަށް ނެތްކަން އަމަލާ ބަހުން ބުނަމުންދާތީއެވެ. އޭގެ އިތުރުން އެމަނިކުފާނުގެ ވެރިކަމުގައި ގާތުގައި އުޅުނު މީހުންނެވެ. އިސްމީހުންނެވެ. ވަޒީރުންނެވެ. އެއިން މީހެއްގެ ހިލަމެއްނެތެވެ. އެދުވަހު ކުރުނީސްކޮށްކޮށް އުޅުނު މީހުން ލޮލުބޭހަކަށްވެސް ފެންނާކަށް ނެތެވެ. މިއަދު އެމަނިކުފާނަށް ހެޔޮބަހެއް ބުނެލާން ކެރެނީ ހަމައެކަނި އެއްކަލަ އެމްޑީޕީ މީހުންނަށެވެ. އެތައް ގަޑިއިރެއްވަންދެން ކޯޓުގައި ބޭންދިއިރު އެހިސާބަށް ބުރާލާނެ މީހަކުވެސް ނުފެނުނެވެ. ޖަލުން ގެންނާތީ އެތަނަށްވެސް އެއްވީ ހަމަ މުޅިން އެހެން ބައެކެވެ. ހިތެއް ނެތް ބަޔަކަށް ކިތަންމެ ވަރަކަށް ފިތިއަސް ނުކުންނާނެ އެއްޗެއް ނުހުންނާނެތީ އެވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތެވެ.

އެކަމަކު ލާމަސީލު މިސާލެއްގެ ވާހަކަވެސް ބުނެލާނަމެވެ. ރައީސް މައުމޫންގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމްގެ ވާހަކައެވެ. އެކަމަނާގެ ހިތްވަރެވެ. ރައީސް މައުމޫނަށްޓަކައި ދުވަހަކުވެސް ނުކުރައްވާ ކަމެއް އެކަމަނާ އެވަނީ ކުރައްވާފައެވެ.

ރައީސް މައުމޫނަށް ލިބޭ އެންމެބޮޑު އެއް ހިތްވަރަކީ އެއީއެވެ. ކޮންމެ ކާމިޔާބު ފިރިއެއްގެ ފަހަތުގައި ކާމިޔާބު އަތްބަކު ހުންނާނޭ ބީދައިން މެޑަމް ނަސްރީނާގެ ސާބިތު ކަމުގެ ސަބަބުންނެވެ. އެސަބަބަށްޓަކައި އެމަނިކުފާނު އެހުންނެވީ ގަދަކޮށްނެވެ. މީގެ އެތައް އަހަރެއްގެ ކުރިން އެންދެރިމާގޭގައި ސިޔާސީ ވާހަކަ ދައްކަވާތީ އެކަހެރިކޮށް އޮންނަ މާމަކުނުދޫއަށް އަރުވާލި އަރުވާލި އިރު ހުންނެވި ޖޯޝާއި ހިތްވަރު އެމަނިކުފާނަށް އެވަނީ ލިބިފައެވެ. އެއީ ޒުވާން ކަމުގައެވެ. މިއަދު އުމުރުން 82 އަހަރުގައެވެ. މިއަދުވެސް އެވިދާޅުވަނީ ހަމަ އެހެންނެވެ. ފަހަށް ޖެހެވެން ނެތްވާހަކައެވެ. ގިނަކަންޏާވިއަސް ހުންނަވާނެ ކަމުގެ ވާހަކައެވެ. ކިތައްމެ އަހުވައެއް ދެއްކެވިއަސް ފަރުވާލެއް ނެތްކަމަށެވެ. އަތު އަނދަގޮނޑިއާއި ފައި އަނދަގޮނޑި ޖަހާފައި ބޭއްވިއަސް ދެމިހުންނާނީ އިސްލާހީ މަސައްކަތުގައި ކަމެވެ. އަދި އެމަސައްކަތް ކާމިޔާބުވެސް ކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް