26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ކުއްލި ނުރައްކަލުގެ ޙާލަތު

ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!

  • ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވި ކަމަށް އެއްބަސްވީ އަމިއްލައަށް
  • އަދިވެސް ހަމައިސްކޮޅަށް ނުތެދުވެވޭ
  • ތެދުވަން އުޅެފިނަމަ ވެއްޓިދާނެ
މިއުވާން މުހައްމަދު | @Miuvaan

| 27 މާރޗް 2018 | އަންގާރަ 16:35 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ރައީސް ޔާމީނާއި ސަރުކާރުގެ ބައެއް އިސްވެރިން -- ފޮޓޯ : ހުސެން ފިޔާޒް

ކަންކަން ހަމަމަގަށް އަޅުވައި، ކަންކަން އިސްލާހުކުރަން ދުސްތޫރީ ކޯޓުން އަމުރެއް ނެރުމުން ދިވެހި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވިއެވެ. އެކަމަށް އަމިއްލައަށް އިޢުތިރާފު ވެވަޑައިގަތީ ޚުދު ރައީސުލްޖުމްހޫރިއްޔާއެވެ. ވިސްނައިފި މީހަކަށް ރައީސް ޔާމީން އެވިދާޅުވި އެއްޗަކުން، ސަރުކާރު އެހާތަނަށް ހަމައިސްކޮޅަށް ތެދުވެ އޮވެ ހިންގަމުން އައީ ޤާނޫނާއި ހަމަތަކުގެ މަތިން ނޫންކަން ސާފުވާނެއެވެ.

ކޮންމެއަކަސް، ސަރުކާރުން މިހާރު ދައްކަން ބޭނުންވާ މަންޒަރަކީ ސަރުކާރު އޮތީ ހަމައިސްކޮޅަށް ތެދުވެ ކަމެވެ. އެހެން ނަމަވެސް، ކަން އޮތީ އެހެންތޯއެވެ؟

ހަމައިސްކޮޅަށް ތެދުވެ، ގަޓުގައި ސަރުކާރު ހިންގޭ ތަނެއް ނުފެނެއެވެ. ފެންނަނީ އަބަދު ސިހިސިހި ތިބޭތަނެވެ. ހެނދުނު ހޭލައި، އެންމެ ފުރަތަމަ ވެސް ކުރެވޭ ސުވާލަކީ އަމުރެއް އޮތްތޯއެވެ؟ ސަރުކާރު އޮތްތޯއެވެ؟ މަގޭ މަޤާމު އެބައޮތްތޯއެވެ؟

ޙާކިމާ އޮފީހަށް ވަޑައިގަން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ މިއަދު ކަނޑާލަން ޖެހޭނީ ކޮން ބައެއްތޯ ބެއްލެވުމެވެ. މިއަދު ގޮޅިއަށް ވައްދަން ޖެހެނީ ކޮންބައެއްތޯ ބެއްލެވުމެވެ. ސަރުކާރު ހިންގަމުގެ ދުރުރާސްތާ ޕްލޭނަކަށް ވުރެ ބޮޑަށް މިހާރު ފެންނަނީ ކޮންމެ ދުވަހަކަށް ބޭނުންވާ ޕްލޭނެއް އެދުވަހު 'އޮން ދަ ގޯ' ގައި ހަދާތަނެވެ. އެހާ ވެސް ޔަޤީންކަން ކުޑައެވެ. 

މިސަރުކާރަށް ހަމައިސްކޮޅަށް ތެދުވެވިދާނެ ކަމަށް ނުފެންނަ ކަމަށް އެންމެ ފުރަތަމަ ޤަބޫލުކުރީ ސަރުކާރުގެ އިސް ބޭފުޅުންނެވެ. ނުރަސްމީކޮށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކާ ވާހަކަ ދައްކާލެވޭ ކޮންމެ ފަހަރަކު އެނގިގެންދާ ހަޤީގަތަކީ އެއީއެވެ. އެބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި އެބޭފުޅުންނަށް ވެސް ރައީސް ޔާމީން އިތުބާރެއް ނުކުރައްވައެވެ. އެހެންކަމުން އެކަމުގެ ސަބަބުން ލިބިގެންދާ މާޔޫސްކަމުގައި އެންމެ ފަހުން އެބޭފުޅުން ވެސް ސަރުކާރު މަތިން ފޫހިވަނީއެވެ. 

ވެރިކަމަށް ސިޔާސީ ގޮތުން ގޮންޖެހުމަކަށް ވެދާނެ ކޮންމެ މީހަކު އެހެރީ ޖަލުގައެވެ. ނުވަތަ އަނބުރާ ނާދެވޭނެ ޙާލަތެއްގައި ޤައުމުން ބޭރުގައެވެ. ސަރުކާރު ހަމައިސްކޮޅަށް ތެދުވެވުނު ނަމަ އެބޭފުޅުން ތިއްބަވާނީ ޤައުމުގައެވެ. ދިވެހި ފަސްގަނޑުގައި ސުލްހަވެރި ސިޔާސީ ޙަރަކާތް ހިންގަވާށެވެ. ސަރުކާރު އަދިވެސް ކުޑަކަކޫ މަތީގައި އޮވެ، ހަމައިސްކޮޅަށް ތެދުވެވިދާނެ ކަމަށް ހީވެެގެން އެތައް ބަޔަކު އަދިވެސް ޖަލަށްލަމުން ދެއެވެ. އެހެން ނަމަވެސް އެއީ ހަމަ އަނެއްކާ ވެސް ސަރުކާރުގެ ކޮނޑުގައި އެލުވޭ އިތުރު ބަރެކެވެ. ކޮނޑަށް ބަރުވި ވަރަކަށް ހަމައިސްކޮޅަށް ތެދުވަން ކުރާ މަސައްކަތް ވާނީ ބުރައެވެ.

ސަރުކާރުން މިއަދު ވިސްނަން ޖެހޭ ކަމަކީ ކުޑަކަކޫ މަތީގައި ހުރެ، ކޮނޑަށް ބަރު ކުރަން ވެއްޖެ ނަމަ، ތެދުވަން ގުޑިލާ ވަގުތު ވެއްޓޭނެ ކަމެވެ. ކުޑަކަކޫ މައްޗަށް ތިރިވީމައި ކުރަން ޖެހޭކަމަކީ ބައެއް ބަރުތައް އެއްލާލުމެވެ. އިތުރަށް ބަރުކުރުމެއް ނޫނެވެ. އެވަރު ވިސްނިވަޑައިނުގަންނަވާ ބޭފުޅުން ވެރިކަމުގައި ތިއްބަވާ ނަމަ ވާނީ މިހެންނެވެ. ދެމަސްވާން ގާތްވާއިރު ވެސް އަދިވެސް ހަމައިސްކޮޅަށް ނުތެދުވެވުމުން، އެއިން ޢިބުރަތް ލިބިގަންނަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް