14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

މައުމޫން

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ލީވާން އަލީ | MrLeevaan

| 4 ޖެނުއަރީ 2017 | ބުދަ 17:00 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ބޯންމައުތް ކޮޅަށް ލަނޑު ޖެހުމަށްފަހު ޖިރޫ އުފާ ފާޅުކުރަނީ -- ގޫގުލް

ޕްރިމިއާ ލީގުގައި ފަހުވަގުތު އޮލިވާ ޖިރޫ ކާމިޔާބުކުރި ލަނޑުން އާސެނަލް ސަލާމަތްވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އޭއެފްސީ ބޯންމައުތްއާ ވާދަކޮށް އާސެނަލް އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

 

ބޯންމައުތް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ދިޔައީ ބޯޅަ ކޮންޓްރޯލްކޮށް އާސެނަލްގެ ހާފަށް ބާރުބޮޑުކުރަމުންނެވެ.

 

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ބޯންމައުތުންނެވެ. މި ލަނޑު 16 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޗާލީ ޑެނިއަލްސް އެވެ. މި ލަނޑަށް ފަހު ވެސް ބޯންމައުތުން ދިޔައީ އާސެނަލްގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ.

 

ބޯންމައުތުން މެޗުގައި ލީޑު ފުޅާކުރީ 20 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކެލަމް ވިލްސަން އެވެ. ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން އާސެނަލްގެ މައްޗަށް ބޯންމައުތް ކުރީގައި އޮވެގެންނެވެ.

 

ދެވަނަ ހާފް ފެށިގެން އާސެނަލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ އެޓޭކްތައް ވަރުގަދަކޮށް ބޯންމައުތްގެ ގޯލަށް ފުލުފުލުގައި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

 

އެހެންނަމަވެސް އާސެނަލް އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ބޯންމައުތުން ވަނީ އަނެއްކާ ވެސް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަޔާން ފްރަސާ އެވެ.

 

މެޗުގެ ފަހު 20 މިނެޓު އާސެނަލްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އެޓޭކިން ފުޓުބޯޅައެކެވެ. އެގޮތުން 70 ވަނަ މިނެޓުގައި އެލެކްސަސް ސަންޗޭޒްގެ ލަނޑުން އެޓީމުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

 

މި ލަނޑާއެކު ލިބުނު އިތުރު ހިތްވަރާއެކު އާސެނަލް އިން ދިޔައީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ. އެގޮތުން 75 ވަނަ މިނެޓުގައި ލޫކަސް ޕެރޭޒް މާޓިނޭޒް ކާމިޔާބުކޮށްދިން ލަނޑުން އެޓީމުން ވަނީ ނަތީޖާގެ ފަރަގު އެއް ލަނޑަށް ކުޑަކޮށްފައެވެ.

 

މެޗުގައި އާސެނަލް އަށް ކުޅެން އިތުރަށް ފަސޭހަވެގެންދިޔައީ 82 ވަނަ މިނެޓުގައި ބޯންމައުތްގެ ސައިމޮން ފްރެންސިސް އަށް ރެފްރީ ދެއްކި ރަތްކާޑާއެކުގައެވެ. އެގޮތުން އޭގެ ފައިދާ ނަގައި އާސެނަލް އިން މެޗުގެ ނާތީޖާ ހަމަހަމަ ކުރީ އިތުރު ވަގުތުގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގްރަނިޓް ޒަކާ ނަގައިދިން ހުރަހަކުން އޮލިވާ ޖިރޫ އެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 20 މެޗުން ލިބުނު 41 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގަ އެވެ. މި މެޗުން އެއް ޕޮއިންޓް ހޯދި ކުޅުނު 20 މެޗުން ހޯދި 29 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް