24 ޖެނުއަރީ 2019 | ބުރާސްފަތި | 06 ހުވަން
18 ޖުމާދަލްއޫލާ 1440
އިޝާ 19:33
މަޣްރިބް 18:18
އަސްރު 15:42
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:04

ފުޓުބޯޅަ

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

ލީވާން އަލީ | MrLeevaan

| 4 ޖެނުއަރީ 2017 | ބުދަ 16:53 | |

މަގުބޫލް

  1. 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
  2. އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
  3. މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ
  4. މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު
  5. ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
  6. މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި
  7. ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
  8. ޓެކްސްއަށް މަކަރު ހެދިކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ


ރާއްޖޭ ގައުމީ ޓީމު ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) -- އާކައިވް

 ދެހާސް ސަތާރަ ވަނަ އަހަރު ކުޅޭނެ ކްލަބެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބުނެފި އެވެ.

 

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބަދަލުވާން ދަގަނޑޭ އުޅޭކަމަށް އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައި ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ދަގަނޑޭ ބުނީ ބަދަލުވާނެ ކްލަބެއް އަދި ނުނިންމާ ކަމަށާއި، ވަރަށް ގިނަ ކްލަބްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

 

އަޝްފާގު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ބަދަލުވާނެ ކްލަބެއް ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި އިއުލާންކުރާނެ ކަމަށެވެ.

 

ނިއު ރޭޑިއަންޓުން އަންނަނީ އެ ކްލަބް ވަރުގަދަ ކުރުމަށް ކުޅުންތެރިން ގެންނަމުންނެވެ. އެގޮތުން އިމްރާން މުހައްމަދު، އަލީ ފާސިރު އަދި އަހުމަދު އަބްދުﷲ ވެސް އެޓީމަށް ގެންގޮސްފައިވާއިރު، ބޮޑު ބަޖެޓަކާއެކު ކުޅުންތެރިން ހޯދަމުން އަންނަ ނިއު އިން ދަގަނޑޭ އެޓީމަށް ގެންނާނެ ކަމަށް ވަނީ ބެލެވިފައެވެ.

 

ވެލެންސިއާ އިން 2001 ވަނަ އަހަރު ކެރިއަރު ފެށި ދަގަނޑޭ 2014 ވަނަ އަހަރު މެލޭޝިއާގެ ޕީޑީއާރްއެމްއާ ގުޅުނީ ނިއު ރޭޑިއަންޓާއި ވީބީ ސްޕޯޓްސްއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މެލޭޝިއާ އަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި ޕީޑީއާރްއެމްއަށް މެލޭޝިއާގެ ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.

 

ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓް އެތައް ފަހަރަކު ހޯދާފައިވާ ދަގަނޑޭ ވަނީ އޭނާ ރާއްޖޭގައި ކުޅުނު ކޮންމެ ކްލަބަކާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ ރާއްޖޭގައި ކުޅުނު ފަހު ސީޒަނުގައި، 2013 ގައި ނިއު އިން ހުރިހާ މެޗަކުން މޮޅުވެ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި އެވެ. އަދި އެ ފަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ނިއު ޖާގަ ހޯދިއިރު ބޮޑު ހިއްސާއެއްވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް