20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ފުޓުބޯޅަ

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

ލީވާން އަލީ | MrLeevaan

| 4 ޖެނުއަރީ 2017 | ބުދަ 16:51 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ


ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން -- ގޫގުލް

ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ބަލިވެ، ރާއްޖެ އަށް މުބާރާތުގެ ފައިނަލުގެ ފުރުސަތު ގެއްލިއްޖެ އެވެ.

 

ހޯމަ ދުވަހު ހަވީރު ކުޅުނު މެޗު ބަންގްލަދޭޝްއާ ވާދަކޮށް ރާއްޖެ ބަލިވީ 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

 

އިންޑިއާގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ފެށިގެން 13 ވަނަ މިނެޓުގައި ބަންގަލަދޭޝް އިން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސިރާޓް ސްވާޕްނާ އެވެ.

 

މި ލަނޑަށްފަހުވެސް ބަންގްލަދޭޝް އިން ދިޔައީ ރާއްޖޭގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެގޮތުން 24 ވަނަ މިނެޓުގައި ސިރާޓް ކާމިޔާބުކޮށްދިން ލަނޑުން ބަންގްލަދޭޝް އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފަ އެވެ.

 

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއަކުން ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

 

ދެވަނަ ހާފް ފެށިގެން ހަތަރު ވަނަ މިނެޓުގައި ބަންގްލަދޭޝް އިން ލީޑު އިތުރަށް ފުޅާކުރިއިރު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސަބީނާ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ސަބީނާ ވަނީ ބަންގްލަދޭޝް އިން މެޗުގައި ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު ޖަހާފަ އެވެ.

 

މި ލަނޑުތަކަށްފަހުވެސް ބަންގްލަދޭޝް އިން ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން 58 ވަނަ މިނެޓުގައި ސަބީނާ ވަނީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ބަންގްލަދޭޝްގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މެޗުގައި ބަންގްލަދޭޝް އިން ކާމިޔާބުކުރި ހަވަނަ ލަނޑުވެސް އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އޭނާ އެވެ.

 

މި ނަތީޖާއާއެކު މުބާރާތުގެ ފައިނަލަށް ބަންގްލަދޭޝް ވަނީ ދަތުރުކޮށްފައެވެ. ފައިނަލުގައި ބަންގްލަދޭޝް ބައްދަލުކުރާނީ ސެމީގައި ނޭޕާލް އަތުން 1-3 ގެ ނަތީޖާއިން މޮޅުވި އިންޑިއާއާ އެވެ.

 

މި މުބާރާތުގައި ރާއްޖެ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފައެވެ. އެއީ ބޫޓާން އަދި ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ ބަލިވީ ނޭޕާލް އަތުންނެވެ. މިއީ މި މުބާރާތުގެ ސެމީ އަށް ރާއްޖެ ދަތުރުކުރުން މިއީ އަންހެންޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް