21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ފުޓުބޯޅަ

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

ލީވާން އަލީ | MrLeevaan

| 4 ޖެނުއަރީ 2017 | ބުދަ 16:47 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ބެގް، ބޮރޯ އޯރ ސްޓީލް


ވިކްޓަރީގެ ޗެއާޕާސަން ނަޒީމް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާޕާސަންގެ މަގާމަށް ހައުސިން މިނިސްޓަރުގެ ނައިބް އިބްރާހިމް ނަޒީމް އިންތިހާބުކޮށްފި އެވެ.

 

ސޯޝަލް ސެންޓަރުގައި ބޭއްވި ވިކްޓްރީގެ އިންތިހާބު ނަޒީމް ކާމިޔާބުކުރެއްވީ، ހާޒިރުވި އެންމެންގެ އިއްތިފާގުންނެވެ. މި ވޯޓް ނެގީ އަތްއުފުލައިގެންނެވެ.

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމް ހުސްވީ އެންމެ ފަހުން ބޭއްވި އިންތިހާބީ ޖަލްސާ ހޯމް މިނިސްޓްރީން ބާތިލްކުރުމުންނެވެ. އެ ފަހަރު ވިކްޓްރީގެ ޗެއާޕާސަންއަކަށް އިންތިހާބުކުރީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއެވެ. މުހައްމަދު އިސްމާއިލް އެ މަގާމަށް އިންތިހާބުކުރީ، ކުރިން އެ މަގާމް ފުރުއްވި ރައްޔިތުންގެ މަޖިލީގުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު އިސްތިއުފާ ދެއްވުމުންނެވެ.

 

ވިކްޓްރީގެ ޗެއާމަނަކަށް ނަޒީމް އިންތިހާބުކުރިއިރު، ވިކްޓްރީގެ ބޯޑުން ހުސްވެފައިވާ އިތުރު ދެ މަގާމަށް ވެސް މެމްބަރުން އިންތިހާބު ކުރި އެވެ. އެގޮތުން މެމްބަރުކަމަށް އިންތިހާބުކޮށްފައިވަނީ ވިކްޓްރީގެ ކުރީގެ ދެ ކުޅުންތެރިންކަމަށްވާ އަހުމަދު އަރީޝް އަދި އިބްރާހިމް އާދަމް މަނިކު އެވެ.

 

ނަޒީމް ކުރިން ހުންނެވީ ބޯޑުގެ މެމްބަރަކަށެވެ. އެހެންވެ. އޭނާ ޗެއާޕާސަންއަކަށް އިންތިހާބުކުރުމާއެކު ވިކްޓްރީގެ ބޯޑަށް އިތުރު މެމްބަރަކު އިންތިހާބު ކުރަންޖެހޭނެ އެވެ. އެގޮތުން އަންނަ މަހު ބާއްވާ އެ ކްލަބުގެ އަހަރީ އާންމު ޖަލްސާގައި ބޯޑުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ވަނީ ނިންމާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް