22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އެމްޑީޕީ

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

ލީވާން އަލީ | MrLeevaan

| 4 ޖެނުއަރީ 2017 | ބުދަ 16:45 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް


އެމްޑީޕީ ޖަލްސާއެއްގައި ޝިފާ ވާހަކަދައްކަވަނީ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

މާލޭ ސަރަހަދަށް ބަދަލުވުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލަމުންދާއިރު، ދިރިއުޅުމުގެ ހަރަދު ބޮޑުވެ، މާލޭގައި ދިރިނޫޅެވިގެން ވަރަށް ގިނަ އާއިލާތައް އަނބުރާ އުފަން ރަށަށް ބަދަލުވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވި ގޮތުގައި މާލޭގައި ކިޔަވަމުންދާ ކުދިން ސްކޫލުން ވަކިކޮށްގެން ބައެއް އާއިލާތައް އަނބުރާ ރަށަށް ބަދަލުވަމުން ދަނީ ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވެގެންނެވެ. ގިނަވެ ދިރިނޫޅެވިގެން ކަމަށެވެ. ޝިފާ ވިދާޅުވީ މާލެ ދޫކޮށްލުމަށް ފަހު، ރަށަށް ބަދަލުވި ނަމަވެސް، ގިނަ ރަށްރަށުގެ ތައުލީމީ ހާލަތު ރަނގަޅެއް ނޫން ކަމަށެވެ.

 

ޝިފާ ވިދާޅުވީ މި ސަރުކާރުން ޕްރައިވަޓައިޒޭޝަން ސިޔާސަތުގެ ދަށުން އަތޮޅުތެރެއަށް، ސަރުކާރުގެ އެހީތެރިކަމާއެކު ކޮލެޖްތަކަށް ޖާގަލިބި މަތީ ތައުލީމު ފެތުރިގެންދާނެ ކަމަށް ބައެއް މީހުން އުންމީދުކުރި ކަމަށެވެ. އެހެންނަމަވެސް އެކަންތައް އެގޮތަށް ނުހިނގާކަން ފާހަގަކުރައްވަމުން ޝިފާ ވިދާޅުވީ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބާރުގެ ބޭނުން ކުރައްވައިގެން ބޭނުންވާ ކޯހެއް އެ މަޖިލިސް މެމްބަރެއްގެ ދާއިރާއެއްގައި ހިންގަމުން އަންނަ ކަމަށެވެ.

މީގެ ސަބަބުން ރައްޔަތު މީހާ އަށް އޭނާގެ ދަރިން ގެންދަން ބޭނުންވާ އަމާޒެއް އެއްވެސް ގޮތެއްގައި އެނގިގެން ނުދާ ކަމަށާއި، ކުރިމަގު ބައްޓަން ކުރުމަށް އަޅަންޖެހޭ ގޯޅިއެއްވެސް ނޭނގޭ ކަމަށް ޝިފާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް