18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

އިސްލާމްދީން ފެތުރުނު

ކަނޑީގެ ބާރުން އިސްލާމްދީން ފެތުރުނު ކަމަށް ބުނަނީ ކީއްވެ؟

  • ދިރާސާތަކުން ރަސޫލާގެ ނިޔަނެތިކަން ދަނީ ހާމަވަމުން
އަހްމަދުﷲ ޖަމީލް | adjameel

| 26 މާރޗް 2018 | ހޯމަ 13:52 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


މާލޭގެ މަގެއްގެ މަތީގައި ބަޔަކު ނަމާދުކުރަނީ -- ނިއުޔޯކް ޓައިމްސް

ފެބްރުއަރީ 28، 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ 

ހަމަ އެފަދައިން ޔޫރަޕުގެ ޤައުތައް ކަމުގައިވާ އިނގިރޭސި ވިލާތާއި، ޖަރުމަނާއި، ފްރާންސް ފަދަ އެހެނިހެން ބައެއް ޤައުމުތަކުގައި އިސްލާމް ދީން ޤަބޫލުކުރާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް ގިނަވަމުންދާ ދިޔުމަށް އެޤައުމުތަކުގައި ނުވަތަ އިސްލާމްދީނަށް ނަފުރަތުކުރާ އަދި އެދީން ކުރިއަރަމުންދާ ދިއުމަށް ޙަސަދަވެރިވާ މީހުން ގަންނަނީއަކީ އަވަށަކު ބިރެއް ނޫނެވެ. މިހެންވެ އެބައިމީހުން ދޮގު ބުހުތާން ވާހަކަތައް ފަތުރަމުން ގެންދިއުމުގެ އިތުރުން އިސްލާމްދީނާއި، އެދީން ޤަބޫލުކުރާ މީހުންނަކީ، ނުބައި ނުލަފާ ބައެއްކަމާއި، އިންސަނިއްޔަތާ ޚިލާފު ކަންކަން ކުރާ ބަޔަކު އުޅޭ ދީނެއް ކަމަށް ދެއްކުމުގެ ގޮތުން ގިނަގުނަ ކަންތައްތަކެއް ކުރަމުން، އަދި ކުރުވަމުން ގެންދެއެވެ. ހިތާމައަކީ މިދަލުގައި މުސްލިމުންގެ ތެރެއިން މަދު ބަޔަކު ނަމަވެސް ޖެހެމުންދާ ކަމެވެ. އިންސާނީ ޙައްޤުތަކުގެ ނަމުގައެވެ. ނުވަތަ އެހެން ކޮށްމެވެސް ނަމެއްގައެވެ. މިބައި މީހުންލައްވައި މި ކުރުވާކަންކަމުގެ ޙަޤީޤަތަކީ ކޮބައިކަމާއި، އެކަމުގެ ފަހަތުގައި ފޮރުވިފައި ވަނީ ކޮންކަމެއް، ނުވަތަ ކޯޗެއްކަމާ މެދު ވިސްނާ ނުލާތީއެވެ.

ޝައްކެއް ނެތެވެ. މިޤައުމުތަކުގައްޔާއި، އެހެނިހެން ޤައުމުތަކުގައި އިސްލާމްދީން ޤަބޫލުކުރާ މީހުންނަށް ކުރިމަތި ކުރުވަނީ ފަހެ ކޮން މަޖުބޫރު ކަމެއްތޯއެވެ؟ އިސްލަމް ދީނަށް ނުވަތަ އެދީނުގެ އަހުލުވެރިންނަށް ޔޫރަޕުގެ ޤައުމުތަކުގެ ރައްޔިތުންނަށް ނުވަތަ އެމެރިކާގެ ރައްޔިތުންނަށް، ކަނޑީގެ ބާރުން ބިރު ދެއްކޭނޭ ހަމަ އެއްވެސް ގޮތެއް އޮތްތޯ ވިސްނުން ހިނގާ ސިކުނޑިއަކަށް ވިސްނޭނޭ ގޮތެއް ނޯންނާ ކަމުގައި ޤަބޫލުކުރެވެއެވެ.

މިހެން މިކަން އޮތްއިރު އަޅާ ކިޔުމުގެ ނަޒަރަކުން ބަލާއިރު، އެ ޤައުމުތަކުގައި މުސްލިމުންނާއި އެ ޤައުމުތަކުގެ އަހުލުވެރީންނާއި ދެމެދު ކުރިން ހަނގުރާމަ ހިނގާފައިވާ ޤައުމުތައް ކަމުގައިވާ ސޫރިޔާ، ޢިރާޤް، ފަދަ ޤައުމުތަކުގެ މުސްލިމުންގެ ޢަދަދު ނިސްބަތުން މަދެވެ. އެ ޤައުމުތަކުގައި މުސްލިމުންގެ ޢަދަދު 10 މިލިއަނަށްވުރެ މަދެވެ. އަދި މުސްލިމުންނާއި އެކީގައި އެ ޤައުމުތަކުގައި އެބަޔަކު އިޚްތިޔާރުކުރާ ދީނެއްގައި އުޅޭ މީހުންވެސް އެބައުޅެއެވެ. އެގޮތުން ނަޞާރާއިންނާއި ޔަހޫދީންނާއި ބުދަށް އަޅުކަން ކުރާ މީހުންވެސް އެބައުޅެއެވެ. އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރުންނަމަ ފަތަޙަ ކުރެވޭނީ ބިންތަކެވެ. ހިތްތަކެއް ފަތަޙައެއް ނުކުރެވޭނެއެވެ. ކަނޑީގެ ބާރަށް މީހުންގެ ހިތްތަކާއި، ސިކުނޑި ފަތަޙައެއް ނުކުރެވޭނެއެވެ.

އަދި ކިޔެއްތޯއެވެ؟ އިސްމާދީނުގެ ކުރީ ކޮޅު ނުވަތަ އަޞްޙާބުންގެ ދުވަސްވަރާއި ތާބިޢީންގެ ދުވަސްވަރު ހިނގައި ދިޔަ ހަނގުރާމަތަކަށް ބަލާއިރު ފާރިސީންނާއި، ރޫމީންނާއި، ކިސްރާ ފަދަ ދައުލަތްތަކަކީ އެ ދުވަސްވަރު އިޤްތިޞާދީ ގޮތުންނާއި، މާލީގޮތުންނާއި، ހަނގުރާމައިގެ ގޮތުން މާ ބާރުގަދަ ދައުލަތްތަކެކެވެ. މިހެން އޮތްއިރު އެދައުލަތްތަކުގެ ރައްޔިތުން އިސްލާމް ދީނަށް ގަދަ ބާރުން ވެއްދުމަށް ކުރެވޭނީ ފަހެ ކޮންކަމެއްތޯއެވެ؟ އަދި ހާމަކަން ބޮޑުގޮތެއްގައި މައްކާ ފަތްޙަކުރެއްވުނު ދުވަހު ހިނގައި ގޮސްފައިވާ ކަންކަމަކީ، އިސްލާމް ދީނުގައި ސަމާޙަތްތެރިކަމާއި މަޑުމައިތިރިކަމާއި، އޯގާތެރިކަން ހާމަވެގެން ގޮސްފައިވާ ކަމެކެވެ.

ހަމަ އެފަދައިން ޣައިރު މުސްލިމުންގެ ތެރެއިން އެކިއެކި މީސްމީހުން ކުރަމުން ގެންދާ ދިރާސާތަކުން އިސްލާމްދީނުގެ ސަމާޙަތްތެރިކަމާއި، ކީރިތި ރަސޫލާގެ ނިޔަނެތިކަން ދަނީ ހާމަވަމުންނެވެ. އެގޮތުން ބަލާއިރު ރޭންކަރ ޑޮޓްކޮމް ކިޔާ ވެބްސައިޓެއްގައި ވާގޮތުން މިހާތަނަށް ދުނިޔޭގައި އުފެދުނު އިންސާނުންގެ ތެރެއިން އެއްމެ ނުފޫޒުގަދަ ހަތްވަނަ ބޭކަލަކީ ކީރިތި ރަސޫލާއެވެ. އައިޑީޔާސް ޑޯޓްކޮމް ގައި ވާގޮތުން ކީރިތި ރަސޫލާ އަކީ ދުޔޭގައި އުފެދުނު މީހުންގެ ތެރެއިން ތިން ވަނަ އަށް އެއްމެ ނުފޫޒު ގަދަ އިންސާނާއެވެ. މިލިސްޓުގައި ނުފޫޒުގަދަ މީހުންގެ ގޮތުގައި ހިޓަލަރ ނުވަތަ ފިރުޢައުނު ނުވަތަ އަބޫޖަހުލު ފަދަ މީސްމީހުންގެ ނަންތަކެއް ރޭންކްކުރެވިފައި ނުވެއެވެ. އަދި އެހެން ލިޔުމެއްގައި އެއްމެ ނުފޫޒުގަދަ ބޭފުޅަކަށް ކީރިތި ރަސޫލާ ރޭންކްކުރެވިފައި ވެއެވެ. މިހެންކަމުން މި ނުފޫޒު މާނަކުރެވެނީ ސަމާޙަތްތެރިކަމުންނެވެ. ދަބާރުން ބިރުދައްކައިގެން ހޯއްދަވާފައި ވާ ނުފޫޒެއް ނޫންނެވެ. ކިއެއްތަ! މީހުންގެ ހިތުގެ އަޑިން އެ އިންސަނާ އަކީ އެއްމެ މާތް އަދި އެއްމެ ގިނަ މީހުންގެ ހިތްތައް އެ އިންސާނަކަށް ފަތަޙަކުރެވިފައިވާ އިންސާ އެވެ. މިހެން ކަމުން އިސްލާމްދީން ފަތުރާފައިވަނީ ކަނޑިގެ ބާރުން ކަމުގައި ބުނާ މީހުން އެދައްކަނީ ބުހުތާނު ވާހަކައެއް ކަން ދޭހަވެއެވެ. އަދި ކިއެއްތަ! އިސްލާމް ދީނަކީ ސަމާޙަތުގެ ދީނެވެ.

 މިހެންކަމުން އެނގެނީ މީހުންގެ ހިތް ލަންބުވާލެވޭނީ އޯގާތެރިކަމައި ސަމާޙަތުންކަމެވެ. އިސްލާމްދީނަކީ ސިލްމިއްޔަތާއި ސަމާހަތުގެދީނެވެ. ޢިލްމުވެރިން ވިދާލުވާ ގޮތުގައި ޒުޚުރުފު ސޫރަތުގެ 89 ވަނަ އާޔަތުން އެނގެނީ އިސްލާމްދީން ބާވައިލެއްވިފައި ވަނީ ސަމާޙަތްތެރި ދީނުގެ ގޮތުގައެވެ. "ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! އަދި ވިދާޅުވާށެވެ! ސަލާމް ހުއްޓެވެ! ފަހެ، ނިކަންހުރެ އެއުރެންނަށް (އެއުރެން ދޮގުކުރިކަމުގެ ނަތީޖާ) އެނގޭނެތެވެ." މިހެންކަމުން އިސްލާމްދީނުގައި ހަނގުރާމައަށް އިސްކަން ދެއްވާފައި ނުވެއެވެ. ނަމަވެސް ކީރިތި ޤުރުއާނުން އެނގި ޘާބިތުވާ ގޮތުގައި މުސްލިމުންނަށް ހަނގުރާމަ ހުއްދަކުރެއެެވެ. ފެށިފައިވަނީ އެމީހުންނަށް މުޝްރިކުންގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކުން ސަލާމަތްވުމަށާއި އެމީހުންގެ ދީނާއި މުދަލާއި ނަފްސު ޙިމާޔަތް ކުރުމަށެވެ. އެކަން ޙައްޖު ސޫރަތުގެ  39 ވަނަ އާޔަތުން ދަލީލު ލިބެއެވެ. އެގޮތުން ﷲ އަންގަވާފައި ވަނީ "ހަނގުރާމަ ވެވެމުންދާ މީހުންނަށް، އިޒުނަ ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއުރެންނަށް އަނިޔާ ލިބުނު ކަމަށްޓަކައެވެ. ހަމަކަށަވަރުން، އެއުރެންނަށް ނަޞްރު ދެއްވުމަށް ﷲ ކުޅަދުންވަންތަކަން ކަށަވަރެވެ."

މިހެންވުމުން ޤައުމާއި، ވަޠަނުގެ ދިފާޢުގައި އާއި، އަމިއްލަ ދިފާޢުގައްޔާއި، މުދަލާއި، އަނބިދަރިންގެ ޙިމާޔަތުގައި ނިކުތުމަކީ ނުވަތަ ހަނގުރާމަކުރުމަކީ ހަރުކަށިކަން އިސްކޮށް ގަދަބާރުން ދީނަށް ވެއްދުމުގެ ބޭނުމުގައި ކުރެވުނު ކަމެއް ކަމުގައި ދެކޭ ނަމަ އެއީ ހަމަ ބުއްދިއަކުން ވިސްނާ ވިސްނުމެއް ކަމުގައި ބެލެވެން ނެތެވެ. އޭގެ ބަދަލުގައި އެއީ ޢަދާވާތްތެރި ކަމާއި، ޙަސަދވެރި ކަމުން ބުނާ ބުނުމެއްކަމުގައި ދެކެން ޖެހެއެވެ. -ނިމުނީ-

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް