23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

މައުމޫން

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

ލީވާން އަލީ | MrLeevaan

| 4 ޖެނުއަރީ 2017 | ބުދަ 16:39 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ބަންގްލަދޭޝްގައި އަވަހާރަކޮށްލި މަޖިލިސް މެމްބަރު -- ގޫގުލް

 

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ކަމަށްވާ މަންޖުރުލް އިސްލާމް ގަޔަށް ބަޑިޖަހާ އަވަހާރަކޮށްލައިފި އެވެ.

 

ބަންގްލަދޭޝް ފުލުހުންނާ ހަވާލާދީ ބީބީސީން ބުނީ ސަރުކާރު ހިމެނޭ އަވާމީ ލީގް އަށް ނިސްބަތްވާ މަންޖުރުލް އަވަހާރަކޮށްލީ ތިން މީހުންވެގެން އެތައްފަހަރެއްގެ މަތިން ބަޑިޖަހާކަމަށެވެ.

 

މީގެ އިތުރުން ފުލުހުން ބުނީ ސައިކަލެއްގެ ދިޔަ މީހުން މަންޖުރުލް އަށް ހަމަލާދިނުމުން އޭނާ އަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، އަވަހާރަވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

 

މަންޖުރުލް އަވަހާރަކޮށްލުމާ އެކު ގައިބަންދާ ޑިސްޓްރިކްޓްގައި ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖުކުރަމުންނެވެ.

 

މަންޖުރުލް ގެންދިޔަ ހޮސްޕިޓަލް ރަންގްޕޫރް މެޑިކަލް ކޮލެޖް ހޮސްޕިޓަލާ ހަވާލާދީ ބީބީސީން ބުނީ އޭނާ އަވާހަރަކޮށްލީ ފަސް ފަހަރު ބަޑިން ހަމަލާދިނުމަށް ފަހު ކަމަށެވެ. އެގޮތުން ހަމަލާދީފައިވަނީ ވަރަށް ކައިރިން ކަމަށް ލަފާކުރެވޭ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

 

މަންޖުރުލް އަކީ 2015 އަހަރުގެ އޮކްޓޫބަރު މަހު ސްކޫލް ކުއްޖަކަށް ބަޑިން ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ބޭފުޅެކެވެ. އެހެން ނަމަވެސް ބެއިލްއެއްގެ ދަށުން އޭނާ ވަނީ މިނިވަންކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް