22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ޕްރިމިއާ ލީގު

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

ލީވާން އަލީ | MrLeevaan

| 4 ޖެނުއަރީ 2017 | ބުދަ 16:31 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް


މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ -- ގޫގުލް

ޕްރިމިއާ ލީގުގެ ތަށްޓާމެދު މެންޗެސްޓާ ސިޓީ އަށް ވާހަކަ ދެއްކެން ނެތްކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

 

ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނީ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮންނަ ޓީމާ 10 ޕޮއިންޓްގެ ފަރަގެއް އޮތުމުން ދެންވެސް ވިސްނަން ޖެހޭނީ ކުރިޔަށް އޮތްނަ މެޗަށް ކަމަށާއި، އެ މެޗަށް އަބަދުވެސް ފޯކަސް ކުރަން ޖެހޭ ކަމަށެވެ.

 

އެގޮތުން އޭނާ ބުނީ ޕްރިމިއާ ލީގުގެ ތަށްޓާ ބެހޭގޮތުން ވާހަކަދެއްކެން ސިޓީ އަށް ނެތް ކަމަށާއި، ސިޓީގެ ޓާގެޓާ ބެހޭގޮތުންވެސް ސުވާލު ނުކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

 

މީގެއިތުރުން ގާޑިއޯލާ ބުނީ ކުރިޔަށް އޮތީ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅޭ މެޗު ކަމަށާއި، އެ މެޗާމެދު ވާހަކަ ދެއްކިދާނެ ކަމަށެވެ.

 

ލިވަޕޫލް އަތުން 0-1 ގެ ނަތީޖާއިން ބަލިވި މެޗަށް އަލިއަޅުވާލަމުން ގާޑިއޯލާ ބުނީ އެ މެޗު ސިޓީން ފެށީ ވަރަށް ރަނގަޅަށް ކަމަށާއި، އެހެންނަމަވެސް އިދިކޮޅު ޓީމުން ލިބުނު ފުރަތަމަ ފުރުސަތުން ގޯލު ކާމިޔާބުކުރި ކަމަށެވެ.

 

ގާޑިއޯލާ ބުނީ މެޗު ވަރަށް ހަމަހަމަ ކަމަށާއި، ލިވަޕޫލްގެ ކައުންޓާ އެޓޭކްތައް ސިޓީން ފުރަތަމަ ހާފްގައި ދިފާއުކުރި ކަމަށާއި، އެހެންނަމަވެސް ރަނގަޅު އެޓޭކެއް ނުއުފެއްދޭކަމަށެވެ. މީގެއިތުރުން އޭނާ ބުނީ ދެވަނަ ހާފްގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމަށެވެ.

 

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، ސިޓީ އޮތީ ކުޅުނު 19 މެޗުން ލިބުނު 39 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގަ އެވެ. ދެވަނައިގައި 43 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު، 49 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޗެލްސީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް