17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އާރތު އަވަރ

އާރތު އަވަރ: ހަމައެކަނި ބޮކި ނިއްވާލަައިގެން ފަރުޖެެއްސޭކަށް ނެތް!

  • ބޮކި ނިއްވާލުމުގެ އިތުރަށް ދުނިޔެއަށްޓަކައި ކުރެވިދާނެ އެހެން ގިނަ ކަންކަން އެބަހުރި
މިއުވާން މުހައްމަދު | @Miuvaan

| 24 މާރޗް 2018 | ހޮނިހިރު 15:21 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


2017 ވަނަ އަހަރުގެ އާރތު އަވަރގައި އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ބޮކިތައް ނިވާލާފައި -- ބީބީސީ

އާރތު އަވަރއަކީ އދ. ގެ ޖަމިއްޔާއެއް ކަމަށްވާ ވޯލްޑް ވައިޑް ފަންޑް ފޮރ ނޭޗަރ (ޑަބްލިޔު ޑަބްލިޔު އެފް)އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެ މާޗް މަހުގެ ފަހުކޮޅު، "ދުނިޔެއަށްޓަކައި އެއް ގަޑިއިރަށް" ކޮންމެހެން ބޭނުންކުރަން ޖެހޭ ބޮކިތައް ފިޔަވައި އެހެން ދިއްލުންތައް ނިވާލައިގެން ފާހަގަކުރާ އެއް ގަޑިއިރުގެ ވަގުތުކޮޅެކެވެ. 

އޮސްޓްރޭލިއާގެ ސިޑްނީގައި 2007 ވަނަ އަހަރު ބޭއްވި ބޮކި ނިއްވާލުމުގެ ޙަރަކާތަކުން ފެށި މި ހަރަކާތް، މިއަހަރު ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ 24 މާޗް ވަނަ ދުވަހުގެރޭ ކޮންމެ ޤައުމެއްގައި ވެސް އެޤައުމެއްގެ ގަޑިން ރޭގަނޑު 8:30 އިން ފެށިގެން 9:30 އަށެވެ. އޮސްޓްރޭލިއާގައި 2007 ވަނަ އަހަރު މާޗް މަހު މިހަރަކާތް ފެށުމުން، ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާގެ ސަންފްރެންސިސްކޯގައި ބޮކިތައް ނިވާލައިގެން 'ލައިޓްސް އައުޓް' އިވެންޓެއް ބޭއްވިއެވެ.

މި ދެޙަރަކާތުގެ ކާމިޔާބީއަށް ފަހު ޖެހިގެން އައި އަހަރު 35 ޤައުމެއްގައި އާރތު އަވަރ ފާހަގަކުރިއެވެ. އަދި އެ އަށް ފަހު ކޮންމެ އަހަރަކު މި ޙަރަކާތް ފާހަގަކުރާ ގައުމުތައް އިތުރުވެ، މިއީ މިހާރު ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އިވެންޓެކެވެ.

ދުނިޔޭގެ ހުރިހާ ބައްރެއްގައި މިހާރު އާރތު އަވަރ ފާހަގަކުރާއިރު، މިއީ މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކަށް އާއްމުން ހޭލުންތެރިކުރުމަށް ބާއްވާ ރަމްޒީ ޙަރަކާތެކެވެ. ކޮންމެ އަހަރަކު އާރތު އަވަރ ފާހަގަކުރާއިރު، ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރު ފާހަގަކޮށްލެވޭ މިންވަރަކަށް އެ އެއްގަޑިއިރު މަދުވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް މިއީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ވަރަށް ކުޑަ މިންވަރެއްކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. އެގޮތުން އާރތު އަވަރ ފާހަގަކޮށްގެން އޮސްޓްރޭލިއާގައި ސަލާމަތްކުރެވޭ ހަކަތައިން، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭ މިންވަރަކީ، އަހަރަކު 6 ކާރު މަގުތަކުން ނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވުމާއި އެއް މިންވަރެއް ކަމަށް އޮސްޓްރޭލިއާގެ ނޫސްވެރިއަކު ފާހަގަކުރިއެވެ.

އާރތު އަވަރ ފާހަގަކޮށްލަން، ބޮކިތައް ނިވާލުމަށް ފަހު ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާއަށް ލުމުން އަދި ނިމުނީކީ ނޫނެވެ. މިއަހަރު 187 ޤައުމެއްގައި އާރތު އަވަރ ރަސްމީކޮށް ފާހަގަކުރާއިރު، ޑަބްލިޔު ޑަބްލިޔު އެފްއިން ދޭން ބޭނުންވާ މެސެޖަކީ ވެސް އެއީއެވެ. އެއް ގަޑިއިރަށް ކަރަންޓް ބޭނުންކުރުން މަދުކުރުމުން، ތިމާވެށި ހިމާޔަތްކުރުމަށް އެދެވޭ އެއްބާރުލުން ކޮންމެ ދުވަހަކު މަދުވެގެން އެއްގަޑިއިރު ދޭ ނަމަ، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް އެދެވުނީ ކިހާ ބޮޑު އެހީތެރިކަމެއްތޯއެވެ؟ އަދި ދުވާލަކު ދެގަޑިއިރު ނުވަތަ ތިން ގަޑިއިރު ދީފި ނަމަ ވާނީ ކިހިނެއްތޯއެވެ؟ މިއީ ވިސްނާލަން ޖެހޭ ކަންކަމެވެ. 

ޑަބްލިޔު ޑަބްލިޔު އެފް އިން މިއަހަރަށް ގިނަ ކަންތައްތަކެއް ރާވާފައިވެއެވެ. އެގޮތުން ގަލަޕަގޯސް އައިލެންޑްސްގައި ޕްލާސްޓިކް ކޮތަޅު އެއްކޮށް މަނާކުރުމަށް ބާރު އެޅުމާއި، ކަޒަކިސްތާނުގައި 17 މިލިއަން ގަސް އިންދުމާއި، ރަޝިޔާގައި ކަނޑާއި ޖަންގަލިތައް ހިމާޔަތްކުރުމަށް ޤާނޫނުތަކެއް ހެދުމަށް ބާރު އެޅުން ހިމެނެއެވެ.

ވަކިވަކި ފަރުދުންނަށް އާރތު އަވަރ ފާހަގަކުރުމަށް ބޮކިތައް ނިވާލުމުގެ އިތުރުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި އާރތު އަވަރގައި އިންޖީނުލީ އުޅަނދު ނުދުއްވުމާއި، އެވަގުތުކޮޅުގައި ކުރާ އެއްވެސް ވިޔަފާރިއެއްގައި ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރުމާއި، އަދި ތިމާވެއްޓާ މެދު މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.

ބައެއް ފަރާތްތަކުން މިއަހަރުގެ އާރތު އަވަރ ފާހަގަކުރުމުގެ ބަދަލުގައި ފާހަގަކުރަނީ އާރތު އިވްނިންއެކެވެ. މާނައަކީ މުޅިރޭ އެއްކޮށް ދުނިޔެއަށްޓަކައި ހުރިހާ ބޮއްކެއް ނިވާލުމެވެ. 

މިއަހަރުގެ އާރތު އަވަރ ނިންމާލުމަށް ފަހު ދުނިޔެ މަތިން ހަނދާން ނައްތާނުލައްވާށެވެ. ތިމާވެއްޓަށް ދެވޭ ގެއްލުންތަކުގެ މަތިން ހަނދާން ނައްތާނުލައްވާށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް